Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާ: ހެކި ލިބިއްޖެނަމަ އިތުރު މީހުންނަށްވެސް ދައުވާ ކުރާނެ

ތަޙްޤީޤުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މެއި 2022 | އަންގާރަ 04:46
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، ޓެރަރިޒަމްގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާ ގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދަޢުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. އެގޮތުން މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ޙުއްޖަތެއް ނޫންކަމަށް އެ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަޙްޤީޤުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ނުރައްކާތެރި ހަމަލާގެ މައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ޤާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ޤާނޫނުގައި ކަނޑައަޅައިފައި އޮތް އުޞޫލުތަކުގެ ތެރެއިންކަންވެސް ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ. އެގޮތުން ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލުހުންގެ ތަޙްޤީޤު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް ކޮށްގެންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިމައްސަލައިގައި ހެކި ހުރެގެން ދަޢުވާކުރި އެހެން މީހުންގެ ބައިތަކުގައިވެސް، ޕީޖީ އޮފީހުން ހުށަހެޅި ދައުވާތަކަށް ބާރުލިބޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށައެޅިފައިވާނެއެވެ. އެގޮތުން ހުށައަޅާފައިވާ ހެކީގެ ތެރޭގައި، އިޢުތިރާފު ބަޔާނުގެ އިތުރުން، ޑީ.އެން.އޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ޚަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ވުމާއެކު، މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކުގައި، އެހެކިތައް ހުށަހެޅުމުން، އެހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާއެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ވަނީ އެފުރުޞަތު ކޯޓުތަކަށް ލިބިދޭންވާނެކަމަށް ބުނެފައެވެ.

މިމައްސަލަ ހިނގައިދިޔައިރު، މިމައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ ޢައްބާސް ފާއިޒު ގެންދެވީ، ތަޙްޤީޤާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުންނެވެ. ތަޙްޤީޤާއި ދައުވާކުރުމުގެ މަރްޙަލާތަކުގައި އެމަނިކުފާނުންގެ ކަންބޮޑުވުމެއް މިވަގުތު ނެތްކަމަށް، އެމަނިކުފާނު ވިދާޅުވެފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު