Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތްތަކުގެ ގޯތި ތެރޭގައި ކުނި

މިސްކިތްތައް ސާފުކުރަނީ ބަޔަކާ ހަވާލުކޮށްގެން، ގޯތި ތެރޭގައި ކުނި ހުންނަ ނަމަ ދެން ސިޓީ ކައުންސިލުން ނަގާނެ: މޭޔަރު

މީގެ ފަހުން ކައުންސިލުން މިސްކިތުގެ ގޯތި ތެރޭގައި ހުންނަ ކުނި ނަގާނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 9 މެއި 2022 | ހޯމަ 10:06
މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް

މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ހަވާލު ކުރަނީ ތާޑް ޕާޓިއަކާ ކަމަށާއި ނަމަވެސް ގޯތި ތެރެ ސާފުނުކޮށް ހުންނަ ނަމަ މީގެ ފަހުން ސިޓީ ކައުންސިލުން އެތަންތަން ސާފު ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތި ތެރެ ސާފުނުކޮށް ހުރުމުން އާއްމުންނަށް ދަތިވާތީ އެކަން "ރާއްޖެ އެމްވީ" އިން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ ކައުންސިލުން ސާފު ކުރަނީ މަގުމަތި އެކަނި ކަމަށެވެ. އަދި މިސްކިތްތަކުގެ ގޯތިތެރެއާ އެެތެރެ ސާފުކުރުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ މިހާތަނަށް އެގޮތަށް ކަންކަން ކުރިއަށްދިޔަ ނަމަވެސް މީގެ ފަހުން ކައުންސިލްގެ މުވައްޒަފުން މަގުމަތި ކުނިކަހާއިރު މިސްކިތްތަކުގެ ގޯތި ތެރޭގައި ކުނި ހުންނަ ނަމަ އެ ކުނި ނަގާނެ ކަމަށެވެ.

މީގެ އިތުރުން މިސްކިތްތަކުގެ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ތަނެއް ނުވަތަ އެއްޗެއް ހަލާކުވިޔަސް ވަގުތުން އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތި ތެރޭގައި ކުނި ގިނަވާތީ އާއްމުންގެ ބަޔަކު އަމިއްލައަށް އިސްނަގައިގެން އެކަން ހައްލު ކުރުމަށް ކައުންސިލުގައި ވަނީ އެދިފައެވެ. ނަމަވެސް ކައުންސިލުން އެދެވޭ ޖަވާބެއް ނުދޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

"ރާއްޖެ އެމްވީއަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މިސްކިތްތަކުގައި ސާފުކުރަނީ ހަމައެކަނި މިސްކިތުގެ އެތެރެއެވެ. ގޯތި ތެރެ ހަފްތާއަކު އެއްފަހަރު ސާފުކުރާއިރު ޕްލާސްޓިކް ކުންޏާއި ޓިޝޫ ފަދަ ތަކެތި އަޅާފައި ހުންނަނީ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ތެރެއަށެވެ.

ކޮންމެ މިސްކިތެއްގައި ވެސް ސާފުކޮށް ބަލަހައްޓާ މީހުން ބައިތިއްބާފައި ތިބޭއިރު ބައެއް މީހުންނަށް އަދިވެސް މުސާރަ ނުލިބޭ ކަމުގެ ޝަކުވާތައް ވެސް ލިބެއެވެ. އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މުސާރަ ދިނުމުގައި ބައެއް ފަހަރު ޑިލޭތަކެއް އުޅޭ ކަމަށްވެސް މޭޔަރު މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ މުސާރައިގެ ޑިލޭތަކެއް އުޅޭ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު