Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާފާ ސޮކަރ ކަޕް

ދަ ސިޓީއާއި، އެފްސީ ބޭސް ސިޓީ އެއްވަރު

އެއްވަނާގައި އޮތީ 7 ޕޮއިންޓާއެކު ބޭސް ސިޓީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 7 މެއި 2022 | ހޮނިހިރު 15:00
ދަ ސިޓީއާއި ބޭސް ސިޓީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ބާފާ

ދަ ސިޓީއާއި ބޭސް ސިޓީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ބާފާ

ހޮޅޫދޫ ބާފާ ޖަމްއިއްޔާއިން އެރަށުގައި ކުރިއަށްގެންދާ ބާފާ ސޮކަރ ކަޕްގައި އެފްސީ ބޭސް ސިޓީއާއި, ދަ ސިޓީ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ދެޓީމް ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ދަ ސިޓީންނެވެ. އެޓީމަށް ކުރި ހޯދައިދިނީ ގުރެއިޝް އަބުދުއްރައްޒާޤެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އިސްމާއީލް މަހުފޫޒު އެފްސީ ބޭސް ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދަސިޓީން ދެވަނަ ފަހަރަށް ކުރިހޯދީ ހުސެއިން ޝައްފާހުގެ ލަނޑުނެވެ. އެފްސީ ބޭސް ސިޓީއަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ އިބްރާހީމް އަފްލާހުއެވެ.

މިނަތީޖާއާއެކު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ އެފްސީ ބޭސް ސިޓީއެވެ. ދަ ސިޓީ ދެވަނާގައި އޮތީ 5 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ ހުކުރު ދުވަހު މެޗުން މޮޅުވި މައި ޗޮއިސް އިސް ފުޓްބޯލްއެވެ. އެޓީމުން ވަނީ މަގޫދޫ ފުޓްބޯޅަ ޓީމާ ވާދަކޮށް 4-2 ން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި މައި ޗޮއިސް އިޒް ފުޓްބޯލްގެ ހަތަރު ގޯލްވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. މަގޫދޫ ޓީމްގެ ދެ ލަނޑު ޖެހީ މުޙައްމަދު އިހުސާންއާއި, މުޙައްމަދު އިރުޝާދުއެވެ. ދެ މެޗުންވެސް ބަލިވެ މަގޫދޫ އޮތީ ތާވަލްގެ ފުލުގައެވެ.

ނ. ހޮޅުދޫ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
12 ސެޕްޓެމްބަރު 2025

ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

12 ސެޕްޓެމްބަރު 2025
ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި
23 ޑިސެމްބަރު 2024

މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

23 ޑިސެމްބަރު 2024
މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި
23 ޖޫން 2024

ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

23 ޖޫން 2024
ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް
13 އޯގަސްޓު 2023

ހޮޅުމީދޫ ތަރައްގީކޮށް، ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހަދައިދޭނަން: ރައީސް

13 އޯގަސްޓު 2023
ހޮޅުމީދޫ ތަރައްގީކޮށް، ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހަދައިދޭނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު