Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާ މޫސާގެ މަރު

ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

12 ސެޕްޓެމްބަރު 2025 | ހުކުރު 18:27

ފުލުހުން މައްސަލައިގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމަށް އެންއައިސީން ބުނެ ދައުވާ ކުރުމަށް މަޝްވަރާކުރި

އަލީ ޝާހީން
އަލީ ޝާހީން | 12 ސެޕްޓެމްބަރު 2025 | ހުކުރު 18:27
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި އިހުތިޖާޖު

ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި އިހުތިޖާޖު

ނ. ހޮޅުދޫގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޮޑެތި ޒަޚަމްތަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއް ފުރުނު ނަމަވެސް، އިންސާފު ނުލިބޭތީ އެ ރަށުގެ ރައްޔިތުން މިއަދު އިހުތިޖާޖަށް ނިކުމެ، ތަހުގީގު އަވަސްކުރުމަށް ގޮވާލައިފި އެވެ.

ހޮޅުދޫގެ ރައްޔިތުން ހުކުރު ދުވަހު ކުރިއަށްގެންދިޔަ މި އިހުތިޖާޖުގައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ލިބޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދައި، ޤާތިލުން ހައްޔަރު ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

Advertisement - newsAdvertisement

އެރަށުގެ ރައްޔިތުން ދެކޭގޮތުގައި ޒަކިއްޔާ މަރުވީ އަމިއްލައަކަށް ނޫނެވެ. އެ އިހްތިޖާޖުގައިވެސް ބުނަމުން ދިޔައީ އޭނާ މަރާލީ ކަމަށެވެ. މި އިހުތިޖާޖުގައި ޒަކިއްޔާގެ މަރުގެ އިހުމާލުވި ފަރާތްތައް ހައްޔަރުކުރުމަށްވެސް އެއްވުމުގެ ބައިވެރިން ގޮވާލިއެވެ.

އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މައްސަލައިގެ ފެށުނީއްސުރެ ފުލުހުންގެ ތަހުގީގުގައި އިހުމާލު އެބަހުއްޓެވެ. އަދި މިކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ޤަބޫލުފުޅުކުރައްވާފައެވެ. މި މައްސަލައިގައި ފުލުހުންގެ ވާހަކަތައް ދިމާނުވާކަން ވެސް ރައްޔިތުން ފާހަގަކުރިއެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޤަބޫލުކުރާތީ، ފުލުހުންނާ މެދު ދަޢުވާކުރުމާ މެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މަޝްވަރާ ވެސް ކޮށްފައެވެ. އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލުތައް ހިންގުމާއި، ނުފޫޒު ބޭނުންކުރުމާއި، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.

މި މައްސަލައިގައި އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކޮށްފައިވީ ނަމަވެސް، ތަހުގީގުތަކުގެ މާ ގިނަ މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަލައިގައި އިންސާފު ޤާއިމުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޒަކިއްޔާ މޫސާނ. ހޮޅުދޫއަލީ އިޙްސާންއެންއައިސީއެފްބީއައިދިވެހި ފުލުހުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

02 ޑިސެމްބަރު 2025
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
25 ނޮވެމްބަރު 2025

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

25 ނޮވެމްބަރު 2025
ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
02 ނޮވެމްބަރު 2025

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ
02 ނޮވެމްބަރު 2025

މިޝިގަންގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި

02 ނޮވެމްބަރު 2025
މިޝިގަންގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް
25 އޮކްޓޯބަރު 2025

ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިއޮންނަށް ނިންމައި އުފާފާޅުކުރަން ފަށައިފި

25 އޮކްޓޯބަރު 2025
ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިއޮންނަށް ނިންމައި އުފާފާޅުކުރަން ފަށައިފި
25 އޮކްޓޯބަރު 2025

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އޮކްޓޯބަރު 2025
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް