Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ފަހަތަށް

4 މެއި 2022 | ބުދަ 02:18

މިއީ ފާއިތުވި ހަތަރު އަހަރު ދުވަހަށް ބަލާނަމަ މި އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މެއި 2022 | ބުދަ 02:18
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން

"ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރު އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ. މިއީ ފާއިތުވި ހަތަރު އަހަރު ދުވަހަށް ބަލާނަމަ މި އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގައެވެ. 2019 ވަނަ އަހަރު 98 ވަނައިގައި އޮތްއިރު 2020 ވަނަ އަހަރު އޮތީ 79 ވަނައިގައެވެ.

Advertisement - newsAdvertisement

އަނެއްކޮޅުން މިއީ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ބައިނަލްއަގްވާމީ މިންގަނޑުގައި ރާއްޖެ މިވެރިކަމުގައި މިހާ ބޮޑަށް ފަހަތަށް ޖެހުނު ފުރަތަމަ ފަހަރުވެސްމެއެވެ. މިސަރުކާރު އައީ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އަދި ތަކުރާރުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވާކަމަށް ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވި ހިތާބުގައި ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުކަން ފާހަގަކުރައްވައި މި ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަރުކަށި ހިފެހެއްޓުމެއްގެ ތެރޭގައި އޮތް ނޫސްވެރިކަމަށް މިހާރު ފުރިހަމަ މިނިވަންކަމެއް ލިބިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖެ ފަހަތަށް ވެއްޓުނީ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގައި ހުށަހަޅާފައި ވާތީއެވެ. އެއީ ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައި ވާތީ ކަމަށް އިންޑެކްސްގައި ބުނެފައިވެއެވެ. މީގެއިތުރުން "މިހާރު" ނޫހުގައި މިދިޔަ އަހަރު ލިޔުނު ރިޕޯޓެއްގެ މަސްދަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

އަދި ހަރުކަށި ފިކުރާއި ގޭންގުތަކުގައި އުޅޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް ބިރު ދެއްކުމާއި ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ، "މިނިވަން" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ ގާތް އެކުވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި ހާދިސާ ފާހަގަކޮށްފައިވެއެވެ. މިއިން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް އެކަމުގެ ކުށުގައި އަދަބު ދީފައިނުވާކަމަށް ބުނެފައިވެއެވެ. މިމައްސަލަތައް ބެލުމަށް 2018 ވަނަ އަހަރު ކޮމިޝަނެއް އުފެއްދިނަމަވެސް މިއަދާ ހަމައަށް އައިއިރު މިމައްސަލަތަކުގައި ލިބިފައިވާ ކުރިއެރުމެއް އެކޮމިޝަނުން ހާމަކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި އަންހެން ނޫސްވެރިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރަކުރުން މަޑުމަޑުން އިތުރުވަމުންދާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މީޑިޔާތަކަށް އިޝްތިހާރުތައް ދިނުމުގައި ދެފުށް ފެންނަ އަދި އެކަންކަން ބެލޭނެ ގޮތެއް ނޯންނަކަމަށް ފާހަގަކޮށްފައިވެއެވެ. ބައެއް މީޑިޔާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބޭއިރު އެއީ އެހާ ގިނަބަޔަކު ކިޔާ ނޫސްތަކަށް ނުވާކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިފަދަ ނޫސްތަކަށް ބޮޑެތި އަދަދުތަކުން އިޝްތިހާރުދޭކަމަށް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ބައެއް ކަހަލަ ލިޔުންތައް ނެގުމަށް އެޑިޓަރުންނަށް އަންގާކަމަށާއި އަދި ބައެއް ކަހަލަ ކަންކަން ކަވަރު ނުކުރުމަށް އަންގާކަމަށް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް