Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިޔާއިން ރާއްޖޭގެ ކްރިކެޓަށް އެހީއެއް

ރާއްޖޭގެ ކްރިކެޓަށް އިންޑިޔާއިން ބޮޑު އެހީއެއް!

އިންޑިޔާގެ އެހީ ދެއަހަރެއްހާ ދުވަހު ބޭނުންކުރެވޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 މެއި 2022 | އާދީއްތަ 09:42
އިންޑިޔާއިން ރާއްޖެއަށް ކްރިކެޓް ކުޅޭ ސާމާނު ހަދިޔާ ކުރަނީ

އިންޑިޔާއިން ރާއްޖެއަށް ކްރިކެޓް ކުޅޭ ސާމާނު ހަދިޔާ ކުރަނީ

ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން އެހީވެދިނުމުގެ ގޮތުން އިންޑިޔާއިން ރާއްޖެއަށް ކްރިކެޓް ކުޅޭ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

މަތީ ފަންތީގެ ކްރިކެޓް ކުޅޭ ސާމާނު ރާއްޖެއަށް ހަދިޔާކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި, އިންޑިޔާގެ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. ރާއްޖޭގެ ޔޫތް މިނިސްޓަރުގެ އިތުން އިންޑިޔާގެ ކުޅިވަރާބެހޭ ވަޒީރު އަނޔރާގު ތާކުރު ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިޔާގެ ކުޅިވަރާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވީ ވީޑިއޯ ކޯލެއް މެދުވެރިކުރައްވައެވެ.

ކްރިކެޓް ބޯޑުން ބުނީ އިންޑިޔާއިން ހަދިޔާ ކުރި ސާމާނު ރާއްޖޭގެ ކްރިކެޓް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތަށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭނެކަމަށެވެ. އަދި އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތަށްފަހު އިންޑިޔާއާއި ރާއްޖޭގެ އިސްފަރާތްތަކުގެ މެދުގައި ޚާއްޞަ ކްރިކެޓް މެޗެއްވެސް ކުޅުނެވެ. އިންޑިޔާއިން މީގެކުރިންވެސް ވަނީ ރާއްޖޭގެ ކްރިކެޓަށް އެހީތެރިވެދީފައެވެ. އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒްއަކީ މީގެ ބައެކެވެ. ކްރެޑިޓްލައިންގެ ދަށުން އިންޑިޔާއިން ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅައިދޭން ވަނީ އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު