Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޠުރު ޒަކާތް

ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފި

މެއި 1 ވަނަ ދުވަހު ފިޠުރު ޢީދު ދުވަހަށް ނުވެއްޖެނަމަ ހެނދުނު 10:00ން މެންދުރު 12:00ށް ފިތުރު ޒަކާތް ދެއްކޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އެޕްރީލު 2022 | ހޮނިހިރު 13:51
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން

ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތަކަށް އަދި ފިތުރު ޒަކާތް ބަހާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނާނީ 30 އޭޕްރިލް 2022 (ހޮނިހިރު) ދުވަހުގެ ހެނދުނު 10:00ން ހަވީރު 5:15ށް ކަމަށެވެ. އަދި މެއި 1 ވަނަ ދުވަހު ފިޠުރު ޢީދު ދުވަހަށް ނުވެއްޖެނަމަ ހެނދުނު 10:00ން މެންދުރު 12:00ށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން ގޮވާމުން ފިޠުރު ޒަކާތް ބަހާނީ 30 އޭޕްރިލް 2022 (ހޮނިހިރު) ދުވަހުގެ ރޭގަނޑު 9:00ން ފެށިގެން 10:30ށް ކަމަށެވެ. އަދި 1 މެއި 2022 ވަނަ ދުވަސް ފިޠުރު ޢީދު ދުވަހަށް ނުވެއްޖެނަމަ ހެނދުނު 10:00ން މެންދުރު 12:00ށް ގޮވާމުން ޒަކާތް ބަހާނެ ކަމަށެވެ.

އަދި އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް މިނިސްޓްރީގެ ކައުންޓަރުން ފިޠުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 30 އޭޕްރިލް 2022 (ހޮނިހިރު) ދުވަހުގެ ހެނދުނު 10:00ން ފެށިގެން ހަވީރު 05:15 އަށެވެ. އެހެން ގަޑިއަކު ކައުންޓަރުން ފިތުރު ބަލައި ނުގަންނާނެއެވެ. އަދި 01 މެއި ފިޠުރު ޢީދު ދުވަހަށް ނުވެއްޖެނަމަ ހެނދުނު 10:00ން މެންދުރު 12:00ށް ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.

ބަނޑޭރި ޕޯޓަލް އިން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި 6 ޖަހަންދެންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު