Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް

ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް: ފޯރި އެފްސީ ފުރަތަމަ މެޗުން މޮޅު

ގްރޫޕް ސްޓޭޖް ފަހު މެޗުތައް ހުކުރު ދުވަހުގެރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 އެޕްރީލު 2022 | ހުކުރު 08:54
ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ހޮކޭ ނިއޯންގެ ނުހާމްއަށް މޮޅުކުޅުންތެރިޔާގެ އެވޯޑް ދެނީ

ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ހޮކޭ ނިއޯންގެ ނުހާމްއަށް މޮޅުކުޅުންތެރިޔާގެ އެވޯޑް ދެނީ

އަލިފުށީގައި ކުރިއަށްދާ ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތުގައި ފޯރި އެފްސީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ތިން ޓީމް ހިމެނޭ ގްރޫޕްގައި ފޯރި އެފްސީ ފުރަތަމަ މެޗު ކާމިޔާބުކުރީ އޭޖީ އެފްސީއާ ވާދަކޮށް 3-2 ނެވެ. މެޗުގައި ފޯރި އެފްސީގެ ތިން ލަނޑު ޖެހީ މުހައްމަދު މުއީން, ރައުޝަމް އަދި އަނޫފް އާދަމްއެވެ. އޭއީޖީ އެފްސީގެ ދެ ލަނޑު ޖެހީ އަބުދުއްސަމީއުއާއި, ބައްސާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފޯރި އެފްސީގެ މުއީންއެވެ. ތިން ޓީމް ހިމެނޭ ގްރޫޕްގައި އޭޖީ އެފްސީ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ސެމީގެ ޖާގައެއް ލިބޭ ޓީމެއް ޔަޤީންވާނީ ހުކުރު ދުވަހުގެރޭ ފޯރި އެފްސީއާއި, ބްލެކް ހޯކްސް ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ.

މުބާރާތުގެ ގްރޫޕް އޭގައި ނިއޯން ސްޕޯރޓްސް ކްލަބް ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ނިއޯން މޮޅެއް ހޯދީ ކުޑަވާ އިނގިއްޔާ ވާދަކޮށް 2-1 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ނިއޯންގެ ދެ ލަނޑުވެސް ޖެހީ ނުހާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ކުޑަވާ އިނގިލި ޓީމްގެ ހަމައެކަނި ލަނޑު ޖެހީ ފަލާހުއެވެ. އެޓީމް ކުޅުނު ތިން މެޗުންވެސް ބަލިވެ, މުބާރާތުން ވަނީ ކަޓާފައެވެ.

ގްރޫޕް ބީގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެފްސީ ލޮބްސްޓާއާއި ޔުނައިޓެޑް އޭޖީ އެފްސީ ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. ލޮބްސްޓާގެ ލަނޑު ޖަހައިދިނީ މުޙައްމަދު ނަސީމްއެވެ. ޔުނައިޓެޑް އޭޖީގެ ލަނޑު ޖަހައިދިނީ އަލީ އަބުދުاللهއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ލޮބްސްޓާގެ ހަސަން ޝާންއެވެ. ލޮބްސްޓާ ގްރޫޕް ސްޓޭޖް ނިންމާލީ ދެ މެޗުން 4 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ސެމީގެ ޖާގަ ލިބޭ ޓީމެއް ޔަޤީންވާނީ ޔުނައިޓެޑް އޭޖީއާއި އެފްސީ ވަނދުކަރާ ހުކުރު ދުވަހުގެރޭ ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު