Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗައިނާއިން ރާއްޖެ ކޮންޓްރޯލް ކުރުން

ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރިގަންނަން ފުރުސަތެއް ނެތް - ރައީސް ނަޝީދު

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންވަނީ ރާއްޖޭގެ ގިނަ ކަންތައްތަކެއް ޗައިނާގެ އަތްމައްޗަށް ދޫކޮށްލާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 29 އެޕްރީލު 2022 | ހުކުރު 00:05
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން ދެއްވި ލެކްޗަރެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ގެންގުޅޭނީ "އިންޑިއާ ފަސްޓް" ޕޮލިސީ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ބިންތައް "ފޭރުމުގެ" ފުރުސަތު ނުދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި، އެއީ ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން ވިދާޅުވާ ވާހަކަފުޅެއް ނޫންކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ރާއްޖެއާ އިންޑިއާއަށްވެސް ފައިދާ ކުރާނެ ގުޅުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ގިނަ ކަންތައްތަކެއް ޗައިނާގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އޮތީ ވަރަށް ބޮޑަށް ޗައިނާއަށް ދަރަނިވެރިވެފައިކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ރައީސް ސާލިހު ނެރުއްވި ގަރާރަކީ އެފަދަ ހަރަކާތަކަށް ރާއްޖޭގައި ފުރުސަތު ނެތްކަން ހާމަވާކަމެއް ކަމަށާއި، މިފަދަ ހަރަކާތް ހުއްޓުވުމަށް ޚާއްސަ ގާނޫނެއް އެކުލަވާލުމަށް އެމްޑިޕީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހުވެސް ވަނީ ގައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން ރާއްޖޭގެ ކަންކަމަށް ބާރު ފޯރުވޭ ގޮތަށް ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ގާނޫނުތައް މިހާރުގެ ސަރުކާރުން އުވާލާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، 2013އިން 2018އާ ހަމައަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ޗައިނާގެ ކުންފުނިތަކަށް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެރަށްތައް ތަަރައްގީނުވެ ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފައިވަނީ އިންޑިޔާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައިސިނާ ޑައިލޮގްއަކީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު