Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލާސްޓިކް މަދުކުރުން

ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔުން ހުއްޓުވުމަށް ޕާލޭ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަނީ

28 އެޕްރީލު 2022 | ބުރާސްފަތި 05:51

މިނިސްޓްރީގެ ބެލެހެއްޓުމުގައިވާ މިސްކިތްތަކާއި ބިނާތަކާއި އިދާރާތަކުގައި ޕާލޭ އެއާރ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރެވިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އެޕްރީލު 2022 | ބުރާސްފަތި 05:51
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޕާލޭއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޕާލޭއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު

ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔުން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޕާލޭ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔަނުދީ ހުޓުވުމަށްޓަކައި މިނިސްޓްރީގެ ބެލެހެއްޓުމުގައިވާ މިސްކިތްތަކާއި ބިނާތަކާއި އިދާރާތަކުގައި ޕާލޭ އެއާރ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރެވިގެންދާނެއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔުން ހުއްޓުވުމަށް މިނިސްޓްރީން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިފަދަ ކަމެއްގައި އިސްނެންގެވީތީ ޕާލޭ މޯލްޑިވްސްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޕާލޭ މޯލްޑިވްސްގެ ފައުންޑަރ ހަމްދޫން ޙަމީދު ވަނީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމަކީ ވަރަށް ގިނަ ޤައުމުތަކުން ކުރާ ނޭދެވޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. ކަނޑުފަޅު ޙިމާޔަތްކުރުމާ ގުޅޭ މިފަދަ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރުމުން އެކަމަށް ޝުކުރުއަދާކުރައްވާ، މިފަދަ ކަންކަމުގައި ދީނީ އަދި އިޖުތިމާޢީ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން މަސައްކަތްކުރެއްވުމުން ރައްޔިތުންނަށް ރަނގަޅު ނަމޫނާއަކަށް ވާނެކަމަށް ވިދާޅުވިއެވެ. އަދި ކަނޑުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ މަރުކަޒު އަދި މަސްޖިދުލް މަލިކި ސަލްމާންގައި ޕާލޭ އެއަރ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރާނެއެވެ.

އަދި މިނިސްޓްރީގެ ފަރާތުން ޚާއްސަ ދުވަސް ދުވަހު އިންތިޒާމުކުރާ ބޮޑު ޖަމާޢަތް ނަމާދުތަކާއި އާންމު ދަރުސްތައް ބާއްވާ ސަރަހައްދުތަކުގައި ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމާއި ބޭނުންކުރާ ޕްލާސްޓިކް ނުއުކައި، އެއްކުރުމަށްޓަކައި ނެޓުވަށިތައް ބެހެއްޓުމާއި،  މޫސުމީ ބަދަލުތަކާއި، މާކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމާއި، ޕްލާސްޓިކްގެ ނުރައްކާތަކާބެހޭ މަޢުލޫމާތު އަންގައިދީ ހެޔޮ މިސްރާބަށް ފަރުދީ ޖަމާއަތީ އާދަތައް ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ ޝިޢާރުތަކާއި ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ދަރުސްތަކާއި ޚުތުބާތަކުގައި ހިމެނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕާލޭ މޯލްޑިވްސްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ބިނާތަކާއި މިސްކިތްތަކުން، ވެށްޓާއި ކަނޑަށް ދިޔަ ނުދީ އޮބަހައްޓައި ޙަވާލުކުރާ ޕްލާސްޓިކްގެ ހިސާބު ބަލަހައްޓައި، އައު ބޭނުންތަކާއި ރައްކާތެރި ނެއްތުމަށް ދުވަހުން ދުވަހަށް ގެންދިއުމާއި ޕާލޭ އެއަރ ސްޓްރެޓަޖީ އަންގައިދޭ މެސެޖް ބޯޑުތައް ބެހެއްޓުމާއި ވަސީލަތްތައް ފޯރުކޮށްދިނުން އަދި ހޭލުންތެރިކުރުމުގެ މެސެޖްތަކާއި ޚުތުބާތަކުގައި ހިމެނުމަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީޕަރލޭ ފޮރ ދަ އޯޝަންސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
10 އޮކްޓޯބަރު 2024

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ
18 ސެޕްޓެމްބަރު 2024

އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ

18 ސެޕްޓެމްބަރު 2024
އިމާމުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވަން ސަރުކާރުން އެއްވެސް ހަރަދެއް ނުކުރޭ
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
09 ޖޫން 2024

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް