Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރ ޝައުނާ

މިނިސްޓަރ ޝައުނާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ ފަދަ އެޑްވާންސްޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ޤައުމަކުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 އެޕްރީލު 2022 | ބުދަ 17:57
މިނިސްޓަރ އޮފް  އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އިންޑިއާއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވްއާއި ބައްދަލުކުރައްވައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާ ފަދަ އެޑްވާންސްޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ޤައުމަކުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ވަނީ ކުރައްވާފައެވެ.

Advertisement - newsAdvertisement

އަދި މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔަޑަވްއާ ވެސް ބައްދަލުކުރައްވާފައިވެއެވެ.

މިމަހުގެ 25 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވާއި ބައްދަލުކުރައްވައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާ ފަދަ އެޑްވާންސްޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ޤައުމަކުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ކަމަށްވާ ބުޕެންދަރ ޔާދާވް އާއި ބައްދަލުކުރައްވާފައިވެއެވެ. މި މަޝްވަރާކުރެއްވުމުގައި " ކޮޕް 26" އަށްފަހު އައި ކުރިއެރުމާއި " ކޮޕް 27" އާއި ހަމައަށް ވާސިލުވާއިރު އެޑޮޕްޓޭޝަން އަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ރަސްމީ ދަތުރުކުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް ޕަވަރ އެންޑް ނިއު އެންޑް ރިނިއުވަބަލް އެނާރޖީ ކަމަށްވާ ރާޖް ކުމާރު ސިންގްއާއި މިނިސްޓަރ ޝައުނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރިނިއުވަބަލް އެނާރޖީ ނުވަތަ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރެކުރުމާއި އިންޑިއާއިން ޝައުގުވެރިކަން ފާހަގަކޮށް، ހިންގުމަށް ހުށައަޅާފައިވާ ވަން ގްރިޑް ޕްރޮޖެކްޓްއާއި ބެހޭގޮތުން މަޝްވަރާކުރައްވަވާފައިވެއެވެ.

މީގެ އިތުރުންވެސް މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ ޑރ. ހުސެން ނިޔާޒައާއި ބައްދަލުކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ފޮރިން ސެކެޓްރީ ކޮންފަރެންސް އޮތް ދުވަހު ތާޖް ޕެލެސްގެ ޝާހްޖަހާން ހޯލުގައި އިންތިޒާމުކުރި ޚާއްޞަ ފަރިއްކޮޅުގައިވެސް މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

އަދި "ނިއު ފިއުލްސް، އޯލްޑް އެސްޕިރޭޝަންސް: މޫވިންގް ދަ ނެކްސްޓް ފައިވް ބިލިއަން"ގެ ޕެނެލް ޑިސްކަޝަންގެ އިތުރުން ވޯލްޑް ބޭންކް ސްޕްރިންގް މީޓިންގް ސައިޑް އީވެންޓްގެ ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މި ދަތުރުފުޅުގައި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ" މިނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބަވެރިވެވަޑައިގެން ޒުވާނުންގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި، އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިކޮނޮމީ ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ވޯލްޑް ބޭންކްގެ ޑިރެކްޓަރ ފޮރ ރީޖަނަލް އިންޓަގްރޭޝަން އެންޑް އެންގޭޖްމަންޓް އިން ސައުތް އޭޝިއާ، ސެސީލް ފްރޫމަންއާއި ވެސް މިނިސްޓަރ ޝައުނާ ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރ އައިމިނަތު ޝައުނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު