Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީގެ މައްސަލައެއްގެ ޙުކުމް

"ތަހުގީގަށް ބަޔާން ދީފައި، ޝަރީއަތުގައި ހަނދާން ނެތްކަމަށް ބުނުމަކީ ބަޔާނުގައިވާ ކަންކަން ތެދު ނުކުރުން"

27 އެޕްރީލު 2022 | ބުދަ 08:21

މުޙައްމަދުު ފާރިޙުއާ މާރާމާރީ ހިންގައި، އޭނާގެ ބުރަކަށީގެ 11 ތަނަކަށް ވަޅިން ޙަމަލާ ދީފައިވާކަމަށް ދައުވާގައި ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2022 | ބުދަ 08:21
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ތަހުގީގަށް ބަޔާން ދީފައި، ޝަރީއަތުގައި އެ ޙާދިސާއެއް ހަނދާން ނެތްކަމަށް ބުނުމަކީ ބަޔާނުގައިވާ ކަންކަން ތެދު ނުކުރުންކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވެއްޖެއެވެ.

ގާޒީ ސޮފްވަތު އެހެން ވިދާޅުވީ ދައުލަތުގެ ފަރާތުން ސ ފޭދޫ ހަވީރީނާޒް އިއުތިސާމް މުޙައްމަދުގެ މައްޗަށް އުފުލާފައިވާ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ކުށުގެ ދައުވާގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

މި ދައުވާގައި ބުނެފައިވަނީ އިއުތިސާމް ސ.ހިތަދޫ އިތާމުތްގެ މުޙައްމަދުު ފާރިޙުއާ މާރާމާރީ ހިންގައި، އޭނާގެ ބުރަކަށީގެ 11 ތަނަކަށް ވަޅިން ޙަމަލާ ދީފައިވާ ކަމަށެވެ. އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން 9 ޝަފަހީ ހެއްކަކާއި، 2 ކިތާބީ ހެއްކެއް ހުށައެޅިއެވެ.

މި ދައުވާއާ ގުޅިގެން މައިގަނޑު ގޮތެއްގައި އިއުތިސާމުގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށް، ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނަގާފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިން ތަހުގީގަށް ބަޔާން ދީފައިވީނަމަވެސް، ހެކިބަސް ދިނުމަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ގިނަ ހެކިން ވަނީ ޙާދިސާއާ ގުޅުންހުރި ކަންކަން މިހާރު ހަނދާނުގައި ނެތްކަަމަށް ބުނެފައެވެ. ބައެއް ހެކިންވަނީ އިއުތިސާމަކީ ކާކުކަންވެސް ހަނދާން ނެތްކަމަށާއި، ފުލުހުންނަށް ބަޔާނެއް ދެވުނުކަންވެސް ހަނދާނުގައި ނެތްކަމަށް ބުނެފައެވެ.

ބައެއް އެހެން ހެކިންވަނީ، ތަހުގީގަށް ބަޔާން ދީފައިވީނަމަވެސް، މިހާރު ޙާދިސާ ހަނދާނުގައި ނެތުމުން، ޝަރީއަތުގައި އެކަމާ ގުޅޭ ވާހަކައެއް ދެއްކެން ނެތްކަމަށް ބުނެފައެވެ.

މި މައްސަލައިގެ ޙުކުމް ކުރައްވަމުން ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ތަހުގީގަށް ބަޔާން ދީފައި، ޝަރީއަތުގައި ހެކިބަސް ދެމުން ޙާދިސާ ހަނދާނުގައި ނެތްކަމަށް ބުނުމަކީ ބަޔާނުގައިވާ ކަންކަން ތެދު ނުކުރުންކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.

ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވި ގޮތުގައި، ހެކިބަހަކީ އެއާމެދު ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރެވި، ސާފުކޮށް ޝަރީއަތަަށް ކަންވެފައިވާ ގޮތް ހާމަ ކުރެވެންޖެހޭ، އަދި ޝަރީއަތުގައި ދެވޭ ހެކިބަހަކަށް ވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އަބްދުﷲ ލައިސް ނޫރީ ވ. ޕްރޮސެކިއުޓަރ ޖެނެރަލް ގަޒިއްޔާގައިވެސް ބަޔާން ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށައެޅި ހެކި ޤަރީނާތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ދައުވާ ސާބިތު ނުކުރެވޭކަމަށް ގާޒީ ވަނީ ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްމާރާމާރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް