Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް - ފަލަސްތީން

އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ދިޔަ މީހުންގެ ތެރެއަށް ޑްރޯން ބޭނުންކޮށްގެން ކަރުނަ ގޭސް ޖަހައިފި

ހުކުރު ނަމާދަށް އަލް-އަގްސާ މިސްކިތަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 18:25
ހުކުރު ނަމާދަށް އަލް-އަގްސާ މިސްކިތަށް އެތައްހާސް ރައްޔިތުން އެއްވެފައި

ހުކުރު ނަމާދަށް އަލް-އަގްސާ މިސްކިތަށް އެތައްހާސް ރައްޔިތުން އެއްވެފައި

އަލް-އަގްސާ މިސްކިތުގައި ނަމާދުކުރަން ތިބި މީހުންގެ ތެރެއަށް، ޑްރޯން ބޭނުން ކޮށްގެން އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖަހައިފިއެވެ.

އަލް އަރަބިއްޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްކިތުގައި އަޅުކަމުގައި ތިބި މީހުންގެ ތެރެއަށް އިސްރާއީލް ސިފައިން ޑްރޯން ބޭނުންކޮށްގެން ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އެތަނުގައި ތިބި އެތައް ހާސް ރައްޔިތުންނަށް ވަނި ނޭވާ ހާސްވުމުގެ މައްސަލަ ކުރިމަތި ވެފައެވެ.

ރަމްޟާން މަހުގެ ތިންވަނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އަލް-އަގްސާ މިސްކިތަށް އެތައް ހާސް ރައްޔިތުން އެއްވިއެވެ. އިސްރާއީލް ސިފައިންގެ މި ހަމާލާގެ ސަބަބުން އަޅުކަން ކުރުމަށް މިސްކިތަށް އެއްވި 150،000ހާ މީހުން ނުހުއްޓުވޭނެ ކަމަށް ޖެރޫސަލަމްގެ އިސްލާމިކް ވަގްްފްއާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ހުކުރު ދުވަހު އިސްރާއީލް ސިފައިންނާއި ފަލަސްތީންގެ ރައްޔިތުންނާ ދެމެދު ހިނގާ ދިޔަ ކުރިމަތިލުންތަކުގައި ފަލަސްތީންގެ 57 އާންމު ރައްޔިތަކަށްވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.

އިސްރާއީލް ސިފައިން ބުނީ ހަމަނުޖެހުން ފެށުނީ ފަލަސްތީންގެ އާންމު ރައްޔިތުން އެތަނުގައި ތިބި ޔަހޫދީން އަދި ސިފައިންނާ ދިމާއަށް ގައު އުކަން ފެށުމުން ކަމަށެވެ. ރޮއިޓާރސްގެ ނޫސްވެރިއަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިން ވަނީ ފަތިސް ނަމާދަށްފަހު އަގްސާ މިސްކިތުގެ ތެރެއަށް ވަދެ ރަބަރު ވަޒަނާއި ގްރެނޭޑުން ފަލަސްތީންގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދީފައެވެ.

މި ހަމަނުޖެހުމުގައި 3 ނޫސްވެރިއަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ.

ފާއިތުވި ހުކުރު ދުވަހު އަގްސާ މިސްކިތުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ފަލަސްތީނުގެ 158 މީހަކަށްވަނީ އަނިޔާވެފައެވެ. އަދި 400ށްވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. މާޗް މަހުން ފެށިގެން ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި 29 މީހަކު ވަނީ މަރުވެފައެވެ.

މި އަހަރު ޔަހޫދީންގެ "ޕާސްއޯވަރ" ބަންދު ފާހަގަކުރުމަށް އަލް-އަޤްސާ މިސްކިތް ސަރަހައްދަށް ގިނަ އަދަދެއްގެ ޔަހޫދީންވަނީ އެއްވެފައެވެ. ޔަހޫދީންގެ "ޕާސްއޯވާރ" ބަންދާއި "އީސްޓަރ" ބަންދުވެސް މި އަހަރު އަންނަނީ ރޯދަ މަހުގެ ތެރޭގައެވެ. މިއީ ހަމަނުޖެހުންތައް ހޫނުވުމުގެ އެއް ސަބަބެވެ. މި ދުވަސްތަކާ ދިމާކޮށް ޔަހޫދީން އަންނަނީ އެމީހުންގެ އަޅުކަން އަދާކުރުމަށް އަގްސާ މިސްކިތް ސަރަހައްދަށް ޖަމާވަމުންނެވެ.

އަލް-އަގްސާ މިސްކިތް ފަލަސްތީނުއިސްރާއީލް އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު