Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް19 ޕެންޑެމިކް

ކޮވިޑް19 ގެޔަކަށް ވަދެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

އެންމެ މުހިންމީ ބައްޔާމެދު ފުރިހަމައަށް މައުލޫމާތު އެނގި ތިބުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 20 އެޕްރީލު 2022 | ބުދަ 09:46
އިންޑިޔާގެ ހޮސްޕިޓަލެއްގައި ކޮވިޑް19 ޖެހިފައިތިބި ބަލި މީހުންތަކެއް

އިންޑިޔާގެ ހޮސްޕިޓަލެއްގައި ކޮވިޑް19 ޖެހިފައިތިބި ބަލި މީހުންތަކެއް

ކޮވިޑް 19 ޕެންޑަމިކް ދުނިޔެއަށް ކުރިމަތިވެގެން ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިކަމާބެހޭ ޚަބަރުތައް ލިޔަން ހަމަ ކޮންމެ ދުވަހަކުވެސް ނޫސްވެރިނަށް ޖެހެއެވެ.

އެކަމުގެ ތެރޭގައި އުޅެން ޖެހެއެވެ. ބައެއްފަހަރު ގޭގައި ލޮކްޑައުން ވެގެން ތިބެއެވެ. އަދި އަނެއްބައި ފަހަރު އޮފީހުގައި ލޮކްޑައުން ވެގެން ތިބެއެވެ. ރަށު ބަންދުވެފައި އޮތްނަމަވެސް  ޗެނަލް ހިންގަން ޖެހެއެވެ. ލޮކްޑައުންވާން ޖެހެނީ ޕޮޒިޓިވް މީހުން ސަލާމަތުން ތިބޭ މީހުންނަށް ބައްދަލުވިޔަ ނުދިނުމަށްޓަކައެވެ. އޮފީހުގައި ލޮކްޑައުންވެގެން ތިބޭއިރު ރޯދަ ވީއްލަން ގެއިން ފޮނުވާ ތަކެތި އަޅާފަ ހުންނަ ކޮންޓެއިނަރުގައި ވެސް، ގެއިން ގެންނަ ކޮތަޅުގަވެސް އަތްލުން މަނަލެވެ. ތަކެތި ގެނެސް ވަކި ތަނެއްގައި ބަހައްޓާފަ ދުރަށް ޖެހިލުމުން އަމިއްލަ ކޮންޓެއިނަރު ހިފައިގެން ގޮސް ތަކެތި އެއަށް ބަދަލުކޮށްލަން ޖެހެއެވެ. އުޅުނީ އެހާވެސް ރައްކާތެރިކޮންނެވެ.

ނޫސްވެރިންވެސް ހަމައެންމެންވެސް އުޅުނީ ވަރަށް ބޮޑަށް ކޮވިޑްގެ ތެރޭގައެވެ. ރެއާ ދުވާލު 24 ގަޑިއިރުއެވެ. އެކަމާއި ބެހޭ ޚަބަރުތައް ލިޔުމުގައެވެ. ރިވިއު ކުރުމުގައެވެ. ޕަބްލިޝް ކުރުމުގައެވެ. އަދި ރީތިވެލައިގެން އަރާ ޚަބަރުތައް ކިޔުމުގައެވެ.

މިހާވަރަށް މިކަމުގެ ތެރޭގައި އުޅެނިކޮންވެސް އަމިއްލަ ދަރިފުޅު ޕޮޒިޓިވް ވެގެން އެއަންނަ ފޯން ކޯލް ލިބުމުން އެވާ ދެރަޔާ ގަންނަ ބިރު ބުނެދޭންވެސް ނޭނގެއެވެ. ދެންހަދާނީ ކިހިނެއް ބާއެވެ. ދެން ކަންތައް ކުރާނެ ގޮތުގެ ސާފު ޕްލޭނެއް އެކަކަށްވެސް ލިބިފަ ނޯވެއެވެ. ބިރުން ތެޅިގަނެވެނީ އެވެ.

ދަ ނިއުޔޯކް ޓައިމްސްގެ ލިއުންތެރިޔާ ޝެރަން އޮޓަރމަން އަށް ވެސް ދިމާވީ މިހެންނެވެ.

ނިއުޔޯކް ސިޓީގެ ކުޑަ އެޕާޓްމަންޓެއްގައި ދެމަފިރިން ކުޑަ ދެކުދިން ގޮވައިގެން އުޅެމުން ދިޔައިރު ޕޮޒިޓީވްވި ދަރިފުޅު ވަކިކޮށްގެން އުޅެވޭތޯ އެމީހުން ބެލިއެވެ. އެންމެން ތިބީ ވެކްސިން ޖަހާފައެވެ. އަދި ބޮޑު ދެމީހުން ތިބީ ބޫސްޓަރ ޑޯޒްވެސް ޖަހާފައެވެ. އެހެން ނަމަވެސް މުޅި އާއިލާއަށް ކޮވިޑް ޖެހުނެވެ.

މިކަމުގައި ތަފާތު ގޮތަކަށް ކަންތައް ކުރެވުނު ނަމަ އެންމެނަށް ނުޖެހި ސަލާމަތް ވީސްބާވައެވެ؟ މިސުވާލުގެ ޖަވާބު ހޯދުމަށް އޭނާ ވަނީ ތަފާތު ގައުމުތަކުގެ މާހިރުންނާ ސުވާލު ކޮށްފައެވެ.

ބަލިފެތުރުން މަތަކުރުމަށް އަވަހަށް ބަލި ދެނެގަތުން މުހިންމެވެ. ޚާއްސަކޮށް މިހާރު އޮމިކްރޯންގެ ސަބް ވޭރިއަންޓް ފެތުރެން ފަށާފައިވާއިރު އަވަހަށް ބަލި ދެނެގަތުމަށް އިތުރަށް ސަމާލުވުން ވަރަށް މުހިންމެވެ. މިގޮތުން ކަރުބުޑުންނާ ނޭފަތުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓުތައް ސީދާވާލެއް ބޮޑުކަމަށް ކެނެޑާ އަދި އިނގިރޭސި މާހިރުންވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޚިޔާލު މިކަމުގައި ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ކަރުބުޑުން ނަގާ ސާމްޕަލް "ފޯލްސް ޕޮޒިޓިވް" ވުމުގެ ފުރުސަތު އޮންނާނެއެވެ. ސަބަބަކީ ބޭނުން ކުރެވޭ ކާބޯތަކެތިން އުފެދޭ އެސިޑިޓީގެ އަސަރު ކަރުބުޑުގައި ހުންނާނެތީ ކަމަށް ވެއެވެ.

ރެޕިޑް ޓެސްޓަކުން އެކަނި ޕޮޒިޓިވް ވިއަސް އެހެރީ ބަލި ޖެހިފަކަމަށް ބެލުމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހާހަމައިން އެމީހަކު ވަކިކުރެވި އެމީހެއްގެ ހުރިހާކަމެއްވެސް އެހެން މީހުންނާ ވަކިން ބެހެއްޓުން މުހިންމެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ނެގަޓިވް ނަތީޖާއެއް ލިބުނު ނަމަވެސް އަދިވެސް އަލާމާތްތައް ފެންނަން ފަށައިފިނަމަ އަލުން ވެސް ޓެސްޓް ކުރަމުން ދިއުން މުހިންމު ކަމަށް މާހިރުން ވިދާޅުވެއެވެ.

މީގަ ކަންބޮޑުވާން ޖެހޭ ކަމަކީ ބައެއް މީހުންނަށް ބަލި ޖެހި ފުރަތަމަ ތިން ދުވަހުވެސް ހަދާ ޓެސްޓަކުން ޕޮޒިޓިވް ނަތީޖާ ނުދައްކާތީ ކަމަށް މާހިރުން ވިދާޅުވެއެވެ.

ރެޕިޑް ޓެސްޓަކާ އެކު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ކަމާމެދު މާހިރުންގެ ޚިޔާލު ތަފާތެވެ. ނަމަވެސް ގެއިން ފުރަތަމަ ޕޮޒިޓިވްވާ މީހާގެ ދެޓެސްޓްވެސް ހަދަން ޖެހޭ ކަމަށް ގިނަ މާހިރުން ވިދާޅުވެފައިވެއެވެ.

މީގަ މުހިންމު ކަމަކީ ޕީސީއާރު ޓެސްޓްގެ ނަތީޖާ އަންނަންދެން ބަލިމީހާ އެކަހެރި ކުރުން ފަސްނުކުރުމެވެ.

ޕޮޒިޓީވްވާ ހަމަ ކޮންމެ މީހަކުވެސް މަދުވެގެން ފަސް ދުވަހަށް އެކަހެރިވާން ޖެހޭނެ ކަމަށް މާހިރުން ވިދާޅުވެއެވެ. އަދި ދެންވެސް ހުން އަންނަ ނަމަ ނުވަތަ ބަލި ރަނގަޅުވާކަމުގެ އިހުސާސް ނުކުރެވޭނަމަ، އެކަހެރިވެގެން މަޑު ކުރަން ޖެހެއެވެ.

އެކަހެރިވާ ދުވަސް ގުނާއިރު ފުރަތަމަ ދުވަހަކީ ޕޮޒިޓިވް ޓެސްޓް ލިބުނު ދުވަހުގެ ފަހު ދުވަހެވެ. ގިނަ މީހުން ބަލި ޖެހޭތާ ދިހަ ދުވަހުން ޓެސްޓް ނެގަޓިވް ވެއެވެ. ނަމަވެސް ބައެއް މީހުން ސާދަ ދުވަސްވެސް ވެއެވެ. މާނަޔަކީ މިދުވަސްތަކުގަ އޭނަގެ ފުށުން އެހެން މީހުންނަށް ބަލި އެރުމުގެ ފުރުސަތު އޮންނާނެއެވެ.

އާއެކެވެ. ގެއިން މީހަކަށް ކޮވިޑް ޖެހިއްޖެނަމަ އެގެއެއްގެ އެންމެން، ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންނާއި ނެގަޓިވް ވެފަ ތިބި މީހުން ހިމެނޭ ގޮތަށް ހަމަ އެންމެންވެސް ގޭތެރޭގައި އުޅޭއިރުއާއި އަދި ބޭރުގައި އުޅޭއިރުވެސް މާސްކު އަޅަން ޖެހޭނެ ކަމަށް މާހިރުން ވިދާޅުވެފައިވެއެވެ.

އާއިލާއިން ކޮވިޑް ޖެހި ނެގަޓިވް ޓެސްޓް ލިބިފައިވާ މީހުންވެސް އާއިލާގައި ހިމެނޭ ހައިރިސްކު މީހުންނާ ދުރުވާން ޖެހޭނެއެވެ.

ކޮވިޑްގެ ކަންތައް މިހާހަމަޔަށް އައި އިރު "ކްލޯސް ކޮންޓެކްޓް" މިއީ އަޅުގަޑުމެންނަށް ވަރަށް ފަރިތަ ބަހެކެވެ. އޭގެ މާނަކީ ބަލި ޖެހުނު މީހަކާ ގާތުން ބައްދަލުވެފައިވާ މީހުންނެވެ. ކުޑަކުދިންނަށް ބަލި ޖެހެމުންދާއިރު "ކްލޯސް ކޮންޓެކްޓް" ވިމީހުން ކަޑައަޅަން ވަރަށް އުނދަގޫ ވެއެވެ. ސަބަބަކީ ކުދިންނަށް އެޅޭ ކިބިހިންވެސް އެހެން މީހުން ސަލާމަތްކުރަން އެކުދިންނަށް ނޭންގޭތީ އެވެ. އެހެން ނަމަވެސް ވީ އެންމެ ރަގަޅަކަށް ބަލި މީހުންނާ ކުދިން ވަކިން ގެންގުޅެ އަދި އުޅުން މުހިންމު ކަމަށް މާހިރުން ވިދާޅުވެއެވެ.

ރަނގަޅު ޚަބަރަކީ ޕޮޒިޓްވާ މީހާ، ގޭތެރޭން ކުރިން ޕޮޒިޓިވްވި އެހެން މީހުންގެ ސަބަބުން އިތުރަށް ބަލި ނުވާކަމެވެ. އަދި ފުރަތަމަ ރަގަޅުވާ މީހާއަށް، އާއިލާއިން ކޮވިޑް އަދި ރަގަޅުނުވާ މީހުންގެ ފުށުން އަލުން ބަލި ނުޖެހެއެވެ.

އެހެންކަމުން އާއިލާގެ އެންމެ ފަހު މީހާގެ ޓެސްޓް ނެގަޓިވް ވާތާ ފަސް ދުވަސް ފަހުން އެއާއިލާ އެއް އެތިބީ ޔަގީނާ ގާތަށް ބަލިން ސަލާމަތްވެފައެވެ.

ކޮވިޑްއަކީ އެބަލި ޖެހި އަލާމާތްތައް ފެށުމުގެ ކުރިންވެސް އެމީހާގެ ފުށުން ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. އެހެންކަމުން ގެޔަށް ބަލި ވަދެއްޖެނަމަ ގޭގަތިބޭ ދޮށީ އުމުރުގެ މީހުންގެ ރައްކާތެރިކަމަށްޓަކާ އެމީހުންވެސް ވަކިން ބޭތިއްބުން މުހިންމެވެ. އަދި އަބަދުވެސް މާސްކު އަޅައިގެން އުޅުމާއި އަތް ދޮވުމާއި އަދި އަތްލާ ތަންތަން ސާފުތާހިރު ކުރަމުން ދިއުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

ގޭތެރޭން މީހަކަށް ކޮވިޑް ޖެހިއްޖެނަމަ ކަންތައް ކުރަންވީ ގޮތުގެ ޗެކް ލިސްޓެއް އެމެރިކާގެ މާހިރުން ނެރެފައިވެއެވެ. މިގޮތުން،

- އެންމެނަށް ރައްކާތެރި މާސްކު ގަނެފައި ބެހެއްޓުން

- ވައިސާފުކުރާ ފިލްޓަރސް ލިބޭނަމަ ބަލިމީހާ އޮންނަ ކޮޓަރީގައި އެފަދަ ފިލްޓަރސް ބޭނުންކުރުން  

- ބައެއް އެއްޗެތި ގަނެ ތައްޔާރަށް ބެހެއްޓުން. މިގޮތުން ހުންބެލުމަށް ތަރމޯމީޓަރެއް، ހިއުމިޑިފަޔަރެއް، ޕަލްސް ބެލުމަށް އޮކްސީ މީޓަރެއް ގަތުން، ސެނިޓައިޒަރު، އަމިއްލަޔަށް ބޭނުން ކުރެވޭ ރެޕިޑް ޓެސްޓު ކިޓު، ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ވައިޕުގެ އިތުރުން ހަށިގަނޑުގެ އިމުޔުނިޓީ ގަދަކުރުމަށް ޑަކްޓަރުންގެ ލަފަޔާއެކު އިލެކްޓްރޮލައިޓް ބުއިންތައް ބޭނުން ކުރުމަށްވެސް ލަފާދީފައިވެއެވެ.

- އާއިލާގެ އެންމެންވެސް ވެކްސިން ފުރިހަމަ ކުރިކަން ޔަގީން ކުރުން   

- ޑޮކްޓަރުންގެ ނަމްބަރުތަކާ އިމަޖެންސީއެއްގައި ގުޅަންޖެހޭ ތަންތަނުގެ ނަމްބަރުތައް ހޯދާ ތައްޔާރަށް ބެހެއްޓުން.

އުފާވެރި ޚަބަރަކީ އަޅުގަޑުމެންގެ މިދިވެހިރާއްޖޭގައި ޓެސްޓް ކުރުމާއި ފަރުމާކުރުމުގެ ކަންތައް އަމިއްލަޔަށް ކުރަން ނުޖެހި ހަމަޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރޭން ސަރުކާރުން އެކަންތައް ހަމަޖައްސަވާ ދެއްވާކަމެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު