Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުން

ޖިންސީ ގޯނާގެ މައްސަލާގައި ހިތަދޫ ކޯޓުންކުރި އަމުރު ދަމަހައްޓަން ހައިކޯޓުންވެސް ނިންމައިފި

އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މާރޗް 25 ވަނަ ދުވަހު

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 20 އެޕްރީލު 2022 | ބުދަ 08:59
ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިން

ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އައްޑޫ ސިޓީގައި ހައްޔަރުކޮށްފައިވާ އަންހެންމީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ހިތަދޫ ކޯޓުން ކުރި ޙުކުމް ހައިކޯޓުންވެސް ދަމަހައްޓައިފިއެވެ.

2022 މާރޗް މަހުގެ 25 ގައި ފުލުހުން ހައްޔަރުކޮށްފައިވާ އެއަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރު ނެރެފައެވެ. އުމުރުން 59 އަހަރުގެ އާމިންދިޔެ (އާމިންދައްތަ) ބަންދުގައި ބަހައްޓަން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެއަމުރު ދަމަހައްޓާފައިވަނީ ހިތަދޫ ކޯޓުގެ އަމުރުގައި ގޯހެއް ނެތްކަމަށް ނިންމުމަށްފަހުއެވެ.

Advertisement - newsAdvertisement

އެއަންހެން މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއިދު ކުރިއިރު އޭނާ ބަންދުކުރުމާއި ދެކޮޅަށް އައްޑޫގައި ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.

އެމީހާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި އައްޑޫގެ ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންތަކެއް ކަމާގުޅޭ އިދާރާތަކަށް ވެސް ވަނީ ހުށަހަޅާފައެވެ.  

މިމައްސަލާގައި ހައްޔަރުކޮށްފައިވާ އެއަންހެން މީހާއަކީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ވަޒީފާ އަދާ ކުރަމުން އައި މީހެކެވެ. ސްކޫލުގައި މަސައްކަތް ކުރާތާ ތިރީހަކަށް އަހަރުވެފައިވާ އެއަންހެން މީހާ ބަންދުކުރަންޖެހުނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ ކުއްޖާއަށް އެމައްސަލަ ދިމާވިކަން އެނގުނު ދުވަހު އެކުއްޖާ ފާޚާނާއަށް ގެންދިޔައީ އޭނާގެ ބެލުމުގެ ދަށުން ކަމަށް ވާތީއެވެ.

އެ މައްސަލާގައި އިތުރު މީހެއްގެ ޝާމިލުވުމެއް އޮތްތޯ ބެލުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިން ވެސް އަންނަނީ ބަލަމުންނެވެ.

އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމަކުންވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި އެއަންހެން މީހާގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

ހައި ކޯޓުހިތަދޫ ޕޮލިސް ސްޓޭޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު