Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ފުޓްބޯޅައިގެ ހާލަތު

އެއީ ވެލެންސިޔާގެ ހާލަތެއްނޫން, ދިވެހި ފުޓްބޯޅައިގެ ހާލަތު!

ވެލެންސިޔާއިން ސީޒަން ފެށީ ރަނގަޅަށް، މިހާރު ހާލަތު ބަދަލުވެއްޖެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 18 އެޕްރީލު 2022 | ހޯމަ 20:02
13 ގޯލް ވަނީ މިޓީމް ކޮޅަށް

13 ގޯލް ވަނީ މިޓީމް ކޮޅަށް

އެއީ މިސީޒަންގެ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ޓީމެވެ. އެއީ ޕްރެޒިޑެންޓްކަޕްގައި ދެފަހަރު މާޒިޔާ ބަލިކުރި ޓީމެވެ. އެއީ މާޒިޔާ ނެގުމަށްފަހު އެންމެ ރަނގަޅު ސްކޮޑެއް އޮތް ޓީމެވެ. އެއީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަސްލަހަތު އޮތް ޓީމެވެ. އެއީ މިވަގުތު ދިވެހި ފުޓްބޯޅައިގައި ދެމިއޮތް އެންމެ ވަރުގަދަ ނަމެވެ. އެންމެ ހިތްގައިމު ތާރީޚެއް އޮތް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. ދިވެހި ކުޅިވަރުގެ ޚާއްޞަކޮށް ފުޓްބޯޅައިގެ ބޮޑު ބްރޭންޑެކެވެ. އެއީ ރީނދުލާއި, ނުލުގެ ކްލަބް ވެލެންސިޔާއެވެ.

އެޓީމްގެ ކޮޅަށް މާޒިޔާއިން 13 ލަނޑު ޖެހުމުން އެބުނެދެނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރެވެ. ކްލަބްތަކުގެ ހާލަތެވެ. އަތޮޅު ތެރެއިން އަންނަ ޓީމެއް ކޮޅަށްވެސް އެއަދަދަށް އަދި އެއާ ކައިރި ކުރާ ވަރަށްވެސް ލަނޑު ޖެހިފައިވަނީ މަދުފަހަރެއްގައެވެ. އަމުދުން މިސީޒަން ރަނގަޅަށް ފެށި, ނިސްބަތުން ރަނގަޅު ސްކޮޑަކާ އެކު ސީޒަން ފެށި ބްރޭންޑެއް ކޮޅަށް އެވަރަށް ލަނޑު ޖެހުމުން އެޓީމެއްގެ ކޯޗަށްވެސް އެކަން ބަލައިގަންނަން ފަސޭހައެއް ނުވާނެއެވެ.

ކޯޗު އަހުމަދު މުޖުތަބާ ފެސްކޯ ޤަބޫލުކުރާ ގޮތުގައި ވެލެންސިޔާއިން މާޒިޔާއާ ދެކޮޅަށް ނިކުއިން ސްކޮޑަށްވެސް ހިތުހުރި ގޮތެއް ހަދާލެވިގެން ނުވާނެއެވެ. ޕްރެޒިޑެންޓްކަޕްގައި މާޒިޔާ ދެފަހަރު ބަލިކޮށް, ޗެމްޕިއަންކަން ހޯދި ޓީމަށް ހަތް ވަރަކަށް ބަދަލު އައިސްފިއެވެ. ޤައުމީ ކީޕަރެއް ނެތެވެ. ސްރީލަންކާގެ ޑިފެންޑަރ ޑަކްސަން ނެތުމުގެ އުނިކަން ބޮޑެވެ. ސުފިޔާނެއް ނެތެވެ. މިދުހަތު ފަހުމީ (ބިޗަޑް) އެއް ނެތެވެ. ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލްއެއް ނެތެވެ. އަސްއަދު އަލީ (އަޑުބަރޭ) ވެސް ކިރިޔާ އެނބުރި އައީއެވެ. ކެޕްޓަން ސެންޓޭވެސް ނެތެވެ. އެކަމަކުވެސް ކޯޗު ފެސްކޯ ބުނީ ލީގުގެ ފުރަތަމަ ބުރުވެސް ކުޅުނީ އެކުޅުންތެރިން ނުލައިކަމަށެވެ. ހާލަތު 13 ގޯލް ވަންނަ ހިސާބަށް ނުދާކަމަށެވެ.

ކުޅުންތެރިން ހިތްވަރު ނެތީ ކީއްވެ ހެއްޔެވެ؟ ރޫހު ނެތީ ކީއްވެހެއްޔެވެ؟ ވެލެންސިޔާއަށް ނުކުޅެ ކީޕަރު ފައިސަލް ޤައުމީ ޓީމަށް ކުޅެނީ ކީއްވެ ހެއްޔެވެ؟ ފައިސަލް ޓީމާ ދުރުގައި ހުރީ މުސާރައިގެ މައްސަލައިގައެވެ. ނުވަތަ މުސާރައާ ގުޅުންހުރި ހިޔާލުތަފާތުމުވެއްގައެވެ. ބިދޭސީ ކުޅުންތެރިންގެ ތެރޭގައި މުސާރަ ނުދޭތީ އެނބުރިދާން ބޭނުންވާ ކުޅުންތެރިން ތިބިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ދިވެހި ކުޅުންތެރިންނަށްވެސް މުސާރަ ނުދެވި, ޕްރެކްޓިސް މެދުކަނޑާލާ ހާލަތަށްދިޔަ ވާހަކަ ކްލަބުން ޔަޤީންކޮށް ނުދިނަސް އެހެން ދިމަދިމާއިން ކަށަވަރުވަނީ އެއީ ތެދެއްކަމެވެ.

ސޮބާ ބުނީ މާޒިޔާއިން 13 ގޯލް ޖެހުމުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވެލެންސިޔާގެ ފަރާތުން ފެނިއްޖެކަމަށެވެ. އޭއެފްސީކަޕް ގްރޫޕް ސްޓޭޖްގެ ޖާގައެއް ހޯދަން ކުރާ މަސައްކަތުގައި ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެކްލަބުން ނުދިއުމަކީ ނުވަތަ ނުދެވުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ސާފްކޮށް ފެންނަން އޮތްކަމެއް ކަމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

ވެލެންސިޔާ އެމެޗަށް ނުދިޔައީ އެއަރލައިން ޓިކެޓް ލިބުނު ނަމަވެސް, ބަނގްލަދޭޝްގައި ތިބުމާއި, ކެއުމާއި ދަތުރުފަތުރަށް ބޭނުންވާ ފައިސާ ނެތިގެންނެވެ. ނުވަތަ އެފައިސާ ނުލިބިގެންނެވެ. އެކަމުގައި ކްލަބާއި މިނިސްޓްރީއާއިވެސް އޮތީ ދެބަސްވުމެވެ. އެނގެން އޮތްކަމަކީ މިނިސްޓްރީން އެފައިސާ ނުދީފިނަމަ ނުވަތަ އެފްއޭއެމްއިން ނުދީފިނަމަ ދެން ހެދޭނެ ގޮތެއް ކްލަބްގައި ނެތްކަމެވެ. އެންމެ ކުޑަމިނުން ކްލަބްގެ ސްޕޮންސަރެއްވެސް ނެތެވެ. ޖަރޒީގައި ޖަހާލާނެ އިޝްތިހާރެއް ނެތެވެ.

ކްލަބަށް ލިބެން އޮތް ފައިސާ ނުލިބޭ ވާހަކަތައްވެސް އަޑުއަހަން ޖެހެއެވެ. ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ޓީމަކީ ވެލެންސިޔާއެވެ. އޭގެ އިނާމް ފައިސާއެއް ނުލިބެއެވެ. އެފައިސާ ދޭން ޖެހެނީ އެފްއޭއެމްއިންތޯ ނުވަތަ މިނިސްޓްރީންތޯ އެއީ އެހެން ސުވާލެކެވެ. ކޮންމެ ބަޔަކު ދޭން ޖެހުނަސް އެފައިސާ ނުދީ އޮތުމަކީވެސް ދިވެހި ފުޓްބޯޅައިގެ ހާލަތެވެ. އެފައިސާ ދޭން ނުޖެހޭ ފައިސާއެއްގެ ގޮތުގައި ނުވަތަ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ޓީމަށް ފައިސާ ނުދޭގޮތަށް އޮތްނަމަ އެއީވެސް ހަމަޖެހޭ އުޞޫލެއް ނޫނެވެ.

ހަމައެކަނި ޕްރެޒިޑެންޓްކަޕެއް ނޫނެވެ. ޗެރިޓީ ޝީލްޑް މެޗުގެ ފައިސާވެސް ނުލިބެއެވެ. ހަމަޔަޤީނުންވެސް އެމެޗުން ލިބޭ ފައިސާ ހަދިޔާކުރަން ކަނޑައަޅާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ދެ ޖަމްއިއްޔާއަކަށް ނުލިބެއެވެ. އެއީ ލޯފަން ކުދިންގެ ޖަމްއިއްޔާއާއި, ޓައިނީ ހާޓްސްއެވެ. އެއީ ސީޒަން ހުޅުވަން ކުޅުނު ފުރަތަމަ މެޗެވެ. އޭގެ ފަހުން ޕްރެޒިޑެންޓްކަޕް ނިމި, ދިވެހި ލީގުގެ ފުރަތަމަ ބުރުވެސް ނިމި ދެވަނަ ބުރުވެސް ފަށައިފިއެވެ.

މިދިޔަ ތިން އަހަރުވެސް އެފްއޭއެމްއިން އައީކްލަބްތަކަށް މާލީ ބޮޑު އެހީތެރިކަމެއް ދެމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ތިން އަހަރު އެފްއޭއެމްއިން ފައިސާ ދިނެވެ. އެއީ އެވްރެޖް ސްކޮޑެއް މުސާރަދީގެން ގެންގުޅެވޭނެ ފައިސާއެވެ. އެއީވެސް ޝަރުތުތަކަކާއެކު ދޭ ފައިސާއެވެ. ފުލްޓައިމް ޖެނެރަލް ސެކެޓްރީއެއް ހުރުމާއި, އޮފީހެއް ހުރުމާއި, އެކަޑަމީ ހިންގުމާއި, މިހެންގޮސް ދިވެހި ކްލަބްތައް ހަރުދަނާވާނެ މުހިއްމު ކަންކަން ވަނީ ޝަރުތުކޮށްފައެވެ. އެކަމަކު އެޝަރުތުތަކަށް ބޯލަނބަނީ ނުވަތަ އެއްބަސްވުމުގައި ބުނާ ކަންކަން ފުރިހަމައަށް ތަންފީޒުކުރާ ކްލަބަކީ ކޮބައިހެއްޔެވެ؟ މިއީވެސް ދިވެހި ފުޓްބޯޅައިގެ ހާލަތެވެ.

ހަރުދަނާ އުޞޫލަކުން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަދީގެން ހިނގާ ހަމައެކަނި ކްލަބަކީ މާޒިޔާއެވެ. އެންމެ ކްލަބެއްގެ ހާލަތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތެއް ނޫނެވެ. މާޒިޔާގެ މޫނަށް ބަލައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޖަޖެއް ނުކުރެވޭނެއެވެ. އެކަމަކު ވެލެންސިޔާގެ މޫނަށް ބަލައިގެން މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޖަޖު ކުރެވިދާނެއެވެ. 13 ގޯލް ކޮޅަށް ނުވަނަސް އެހެން ކްލަބްތަކުގެ ހާލަތުވެސް އެފަދައެވެ.

މިހާލަތުން ރާއްޖޭގެ ފުޓްބޯޅަ ނަގަން ބުރަ, ބޮޑު މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހެއެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން އިދާރާތަކުން ފޯރުކޮށްދޭން ޖެހެއެވެ. ފޯރުކޮށްދޭ އެހީތެރިކަން ހެޔޮގޮތުގައި ބޭނުންކުރަންވެސް ޖެހެއެވެ. ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ދޭން ޖެހެއެވެ. އެފްއޭއެމްއިން ކްލަބްތަކަށް ދޭން ވައުދުވި އެއްޗެއް ވައުދުވި މުއްދަތަކަށް ދޭން ޖެހެއެވެ. ހަމައެހެންމެ ދިވެހި ފުޓްބޯޅަ އިދާރާ ހިންގަން ތިބި މުވައްޒަފުންނަށް ޤަވާއިދުން މުސާރަ ދޭންޖެހެއެވެ. އެމުވައްޒަފުންނަށް މުސާރަ ނުދޭކަމަށް ދެކެވޭ ކޮންމެ ވާހަކައަކީވެސް ދިވެހި ފުޓްބޯޅައިގެ ހާލަތު ބުނެދޭ ވާހަކައެކެވެ. މުސާރަ ނުދޭނަމަ އެންމެނަށްވެސް ފިޔަވަޅު އަޅަން ޖެހެއެވެ. އެއީ ކްލަބަކަށްވިޔަސް އިދާރާއަކަށްވިއަސްމެއެވެ. އެންމެ އަސާސީ ހައްޤުކަމަށްވާ މުސާރައިގެ މައްސަލައަށް ހައްލެއް ނުގެނެސް ހާލަތު ބަދަލެއް ނުކުރެވޭނެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުލަބު ވެލެންސިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު