Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުފަން ދުވަސް ފާހަގަކުރުން

އުފަން ދުވަސް ފާހަގަކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން: ސައޫދީއަރަބިއްޔާގެ އިލްމުވެރިއެއް

ކައުންސިލް އޮފް ސީނިއަރ ސްކޮލަރސްގެ ކުރީގެ މެމްބަރު ވިދާޅުވީ، އުފަން ދުވަސް ފާހަގަކުރުމުގައި މައްސަލައެއް ނެތްކަމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އެޕްރީލު 2022 | ހޮނިހިރު 15:00
ސައޫދީ އިލްމުވެރިއެއްކަމަށްވާ ޑރ. ގައިސް ބިން މުހައްމަދު އައްޝައިޚް މުބާރަކް

ސައޫދީ އިލްމުވެރިއެއްކަމަށްވާ ޑރ. ގައިސް ބިން މުހައްމަދު އައްޝައިޚް މުބާރަކް

މުސްލިމުން އަމިއްލަ އުފަންދުވަސް ނުވަތަ ގާތް މީހެއްގެ އުފަންދުވަސްފަދަ އުފާވެރި މުނާސަބަތުތައް ފާހަގަކުރުމުގައި ގޯހެއް ނެތްކަމަށް ސައޫދީގެ އިލްމުވެރިއަކު ވިދާޅުވެއްޖެއެވެ.

ސައޫދީއަރަބިއްޔާގެ ކައުންސިލް އޮފް ސީނިއަރ ސްކޮލަރސްގެ ކުރީގެ މެމްބަރެއްކަމަށްވާ ޑރ. ގައިސް ބިން މުހައްމަދު އައްޝައިޚް މުބާރަކް ވިދާޅުވިކަމަށް ސައޫދީ ގެޒެޓްގައި ރިޕޯޓް ކޮށްފައިވަނީ, އެނިވަރސަރީތަކާއި ގްރެޖުއޭޝަން ފަދަ ކާމިޔާބީތައް މުސްލިމުން ފާހަގަކުރުމަކީވެސް މައްސަލަ އެއް އޮތްކަމެއް ނޫންކަމަށެވެ. މިފަދަ ކަންކަމަކީ އެބައެއްގެ ސަގާފަތާ އާދަކާދަޔާ ގުޅިފައިވާ ކަންތައް ކަމަށާއި، އެފަދަ ކަންކަން، ކީރިތި ގުރުއާނުން ނުވަތަ ރަސޫލާ ﷺގެ ހަދީސްފުޅުތަކުން މަނާކުރެވިފައިވާ ކަންތަކުގެތެރޭގައި ނުހިމެނޭކަމަށެވެ.

ނަމަވެސް އޭނާވަނީ މިފަދަ މުނާސަބަތުތައް ފާހަގަ ކުރުމުގެ ތެރެއިން، ދީނީ ގޮތުން އަދާކުރަންޖެހޭ އަޅުކަމަކަށް ބަދަލުގެނެސް އެފަދަކަމެއް ކޮށްގެންނުވާނެކަމަށް ވިދާޅުވެފަައެވެ. މީގެތެރޭގައި ފަރުޟުކުރެއްވި އަޅުކަންތަކަށް ބަދަލު ގެނައުން (މިސާލަކަށް: ފަރުޟު 5 ނަމާދުގެ އިތުރަށް 6 ވަނަ ނަމާދެއް އުފައްދައިގެން ކުރުން) ފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެފަދަ ކަންކަން ރަސޫލާ ﷺ ވަނީ ނަހީކުރައްވާފައެވެ.

ނަމަވެސް ރަސޫލާ ﷺ ހިޖުރަކުރެއްވި މުނާސަބަތުފަދަ ކަންކަން ފާހަގަކުރުމަކީ, އެފަދަކަންކަމުގެ ހަނދާން އާކޮށްދީ އީމާންތެރިކަން ގަދަކޮށްދޭނެ ކަމެއް ކަމުގައި ވިދާޅުވާކަމަށް ސައޫދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވެއެވެ.

ސައުދީގެޒެޓްސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު