Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެންސަރު ހޮސްޕިޓަލް

ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ 50 އެނދުގެ ތަނެއް

ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ލިބި އެރިޕޯޓަށް ސަރުކާރުގެ ފަރާތުންވަނީ ކޮމިޓްމެންޓް ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 09:45
ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ތަނެއް

ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ތަނެއް

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ހާއްސަކުރެވިގެން އަޅާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ލިބި، އެރިޕޯޓަށް ސަރުކާރުގެ ފަރާތުން ވަނީ ކޮމިޓްމެންޓް ލިބިފައި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ފެށުމަށް ތައްޔާރީތައް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ލ. ގަން ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މަސައްކަތް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ދަނީ ކުރަމުން ކަމަށާއި، އެއީ ޑޮއިޗަރ ބޭންކުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 20 ނޮވެމްބަރ 2021 ގައި ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވާ، ރައީސް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ކެންސަރު ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކެންސަރު ހޮސްޕިޓަލް ފުރަތަމަ އެޅުމަށް ނިންމީ ހުޅުމާލޭގައެވެ. އެކަން ހާމަކޮށްފައިވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވެފައިވަނީ އެ ގައުމުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވިއެވެ.

މި ހޮސްޕިޓަލާއެކު ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވި، ބަލި ދެނެގަނެވި، ފަރުވާ ދެވި އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ވެސް ފޯރުކޮށްދެވޭނެއެވެ. އަދި ހޮސްޕިޓަލު ހުޅުވި ހިނގަން ފެށުމުން މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލެވިގެން ދާނެއެވެ.

މި މަޝްރޫގެ ދަށުން, ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ. އެގޮތުން ދިވެހި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 250 މުވައްޒަފުންނާއި ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީޝަނުންނާއި އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާތަކަށް ތަމްރީނުކުރެވޭނެއެވެ. މި ތަމްރީނު ދިނުމުގައި ހޮސްޕިޓަލަށް ބޭނުންވާ ކެންސަރު ބަލީގެ އެކިއެކި ދާއިރާތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2018ވަނަ އަހަރު އެކަނިވެސް ކެންސަރު ބައްޔަށް 1،029 މީހުން ފަރުވާ ހޯދާފައިވެއެވެ. ޖެހިގެން އައި 2019ވަނަ އަހަރު އެއަދަދު 1417ށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ދިޔަ މީހުންނެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކެންސަރ ހޮސްޕިޓަލްކެންސަރ ހޮސްޕިޓަލް ލ. ގަންމުލި ރީޖަނަލް ހޮސްޕިޓަލްހެލްތު މިނިސްޓްރީހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

23 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު