Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލްގެ އަހަރީ ދުވަސް

އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

12 އެޕްރީލު 2022 | އަންގާރަ 14:23

އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 އެޕްރީލު 2022 | އަންގާރަ 14:23
އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު

އެމްއޭސީއެލްގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 56 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އެމްއޭސީއެލްގެ އަހަރީ ދުވަހާއި ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ. އަދި އެމްއޭސީއެލްގެ މެނޭޖްމަންޓުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯހާ ވަނީ އެމްއޭސީއެލްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19 ގެ ހާލަތުގައި އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.

ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ތޯހާ ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދުނިޔޭގައި މިހާތަނަށް ގާއިމުކޮށްފައިވާ އެންމެ ބޮޑު ސީޕްލޭން ޓާރމިނަލް އޮޕަރޭޝަންއަށް ގެނެވޭނެ ކަމަށެވެ. އަދި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އައު ރަންވޭއާއި ފަޔަރ ސްޓޭޝަން ޚިދުމަތަށް ގެނެވޭނެ ކަމަށް ތޯހާ ވިދާޅުވިއެވެ. އެއަރޕޯޓުގެ ވީއައިޕީ ބިލްޑިންގގެ ފުރަތަމަ ފިޔަވަހީގެ މަސަައްކަތް ނިންމައި މިހާރު ޚިދުމަތް ދެމުންދާ ކަމަށާއި، ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ތޯހާ ވިދާޅުވިއެވެ.

މީގެ އިތުރުން އައު ރަންވޭ ވަގުތީގޮތުން ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވައި ތޯހާ ވިދާޅުވީ މި މަސައްކަތް ފެށުމާއެކު އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އިތުރު ފަސޭހައެއް ވެގެންގޮސްފައިވާކަމަށެވެ.

އެއަރޕޯޓުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުންނަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ވަރުގެ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތޯހާ ވިދާޅުވިއެވެ. މީގެ ތެރެއިން އިތުރަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ މި ހުރިހާ މަސައްކަތަކުންވެސް އެއަރޕޯޓުން ދެމުންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މިއަށްވުރެ ފެންވަރުރަގަޅު ޚިދުމަތްތަކެއް ދެވިގެންދާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
27 އޮކްޓޯބަރު 2025

ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ބުނާ އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭސް ފޭރުނު މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި

27 އޮކްޓޯބަރު 2025
ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ބުނާ އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭސް ފޭރުނު މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި
27 އޮކްޓޯބަރު 2025

އެއަރޕޯޓަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފި

27 އޮކްޓޯބަރު 2025
އެއަރޕޯޓަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް