Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއައްސަސާތަކުން ޚިދުމަތް ހޯދުން

މުއައްސަސާތަކުން ޚިދުމަތް ހޯދުމަށް ލަސްވަނީ ކިއްވެ؟

12 އެޕްރީލު 2022 | އަންގާރަ 13:58

އެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ހިތްހަމަ ނުޖެހޭތަން ވެސް އެބައާދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އެޕްރީލު 2022 | އަންގާރަ 13:58
ވެލާނާގެ

ވެލާނާގެ

ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކަ އަކީ ރައްޔިތުންނަށް އަވަސް މިނެއްގައި ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރާ ވާހަކައެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ކިދުމަތްތައް އަވަސްކޮށްދިނުމަށް ކަމަށް ބުނެ އެކި އޮންލައިން ޕްލެޓްފޯމްތައް ތައާރަފު ކުރެއެވެ. އަދި އެ ޕްލެޓްފޯމްތައް މެދުވެރިކޮށް އެކި ޚިދުމަތްތަކަށް ފެސޭހަކަމާއެކު އެދުމުގެ ފުރުސަތު ހުޅުވާލައެވެ.

އެހެންނަމަވެސް ހަޤީޤަތަކީ މިފަދަ އޮންލައިން ޕްލެޓްފޯމްތަކުގެ ސަބަބުން ވެސް ޚިދުމަތްތައް އަވަސްވެގެން ނުދާކަމެވެ. ޙިދުމަތަށް މާބޮޑު ބަދަލުތަކެއް އަންނަތަނެއް ނުފެންނަ ކަމެވެ. އޮންލައިންކޮށް ޚިދުމަތަށް އެދިގެން ވެސް އެތައް ދުވަހެއް ފާއިތުވާއިރު ވެސް ޖަވާބެއް ނުލިބެއެވެ. ވާނުވާއެއް ނޭނގެއެވެ. މައުލޫމާތެއް ސާފުކުރުމަށް ރައްޔިތު މީހާ ގުޅާ ވަރުބަލިވާ ފަހުން ވެސް ފޯނަށް ޖަވާބެއް ނުލިބެއެވެ. ފޯނަށް ޖަވާބު ލިބޭ ފަހަރު ވެސް އެތައް އިރަކު ހޯލްޑްގައި މަޑުކުރަން ޖެހޭ ފަހަރު ވެސް އާދެއެވެ. މިހެން މިކަންތައްތައް ދިމާވުމުން ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް އިތުރުވެގެންދެއެވެ. އެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ހިތްހަމަ ނުޖެހޭތަން ވެސް އެބައާދެއެވެ.

އަނެއްބައި ފަހަރު ބައެއް މުއައްސަސާތަކުގައި އެ ޑިޕާޓްމަންޓްއަކަށް ބޭނުންވާ މިންވަރަކަށް މުވައްޒަފުން ނުތިބެއެވެ. މިހެންވުމުން ވެސް ރައްޔިތުންނަށް ކަމެއް ސާފުކުރަން ނުވަތަ މައުލޫމާތެއް އޮޅުން ފިލުވުން ވަނީ އުނދަގޫކަމަކަށްވެފައެވެ. އެ ޑިޕާޓްމަންޓެއްގައި އުޅޭ މީހަކު ސަލާމް ބުނުމުން ދެން އެތަނެއްގައި އެ މައުލޫމާތު ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. އެމީހަކު ސަލާމުން ނިކުންނަން ދެން ރައްޔިތު މީހާ އެބަ އިންތިޒާރު ކުރަން ޖެހެއެވެ. ސަރުކާރުގެ މުއައްސަސާތަކުން އެތައް ގިނަ ރައްޔިތުންނެއް ޚިދުމަތް ހޯދާއިރު މިހާލަތަށް އެތަނެއްގެ ހާލަތު ދިޔުމުން މިއީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް ވެސް އުފެދޭނެ ކަމެކެވެ.

މުއައްސަސާތަކުގެ އިސްވެރިން ވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެކަމަކީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ މުއައްސަސާއަކުން ރައްޔިތުން އެބޭނުންވާ އަވަސް މިނުގައި އެންމެ އެދެވިގެންވާ މިންވަރަށް ޚިދުމަތްތައް ފޯރުކޮށްދެވޭތޯއެވެ. ޚާއްސަކޮށް ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި މައުލޫމާތު ފޯރުކޮށްދޭން ތިބޭ ޑިޕާޓްމަންޓްތަކަށް ދަތިވާ ކަންތައްތައް ބަލާ، އެ ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

އެހެންނޫންނަމަ ކިތަންމެ އޮންލައިން ޙިދުމަތެއް ތައާރަފު ކުރިޔަސް، މި ނިޒާމު މިގޮތަށް ބައްޓަން ނުވާހާ ހިނދަކު އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ކިތަންމެ ނަމެއްގައި ވެސް އެކި ޚިދުމަތްތައް ތައާރަފު ވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް މި ޙިދުމަތްތައް ދޭނެ ބަޔަކު އެތަނުގައި ނެތްނަމަ ކައުންޓަރުން ފޯރުކޮށްދޭ ޚިދުމަތެކޭ އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތެކޭ ވަކި ތަފާތެއް ނޯންނާނެއެވެ. ރައްޔިތުން ބޭނުންވާ ހަލުވި މިނުގައި އެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ މުއައްސަސާއެއްގެ ޒިންމާއެކެވެ.  

މުއައްސަސާތަކުން ޚިދުމަތް ހޯދުން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2019

މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ

16 މާރިޗު 2019
މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ
22 ފެބުރުއަރީ 2019

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

22 ފެބުރުއަރީ 2019
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
22 ފެބުރުއަރީ 2019

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

22 ފެބުރުއަރީ 2019
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!
22 ފެބުރުއަރީ 2019

ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުން: ފަޔާޒް

22 ފެބުރުއަރީ 2019
ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުން: ފަޔާޒް
03 ޑިސެމްބަރު 2018

ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް

03 ޑިސެމްބަރު 2018
ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް
04 އޮކްޓޯބަރު 2018

ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

04 އޮކްޓޯބަރު 2018
ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ
02 ޖެނުއަރީ 2018

ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

02 ޖެނުއަރީ 2018
ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް