Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިދޭސީންގެ ހާލަތު

ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

ބިދޭސީން މުވައްޒަފުން އުފުލާފައިވަނީ ކަންނެލި ދޯންޏެއްގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 12:04
ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން އަރުވައިގެން ދަތުރު ކުރި ދޯނި

ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން އަރުވައިގެން ދަތުރު ކުރި ދޯނި

ބިދޭސީންގެ ވާހަކަ ދައްކާއިރު ރާއްޖޭގައި އެންމެ ހަރު އަޑުން އިވެމުންދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކައެވެ. ބިދޭސީން ވަޒީފާތަކުގައި އުޅޭ ވަހާކަ އާއި ބިދޭސީން ނުގަވައިދުން އުޅޭ ވާހަކަ އާއި ބިދޭސީން ކުށްކުރާ ވާހަކަތަކަކީ އެންމެން ވެސް ދައްކާ ވާހަކަތަކެވެ. އެހެންނަމަވެސް ބިދޭސީންގެ ހައްގުތަކަށް ވަޒީފާދޭ ފަރާތްތަކުން އަރައިގަންނަ ވާހަކަ އާއި ވަޒީފާގައި ގެންގުޅޭއިރު އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ނިންދެވުމާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ސަތަރި އާއި ޓިނު ޖަހައިގެން ހަދާފައި ހުންނަ ޖިފުޑިތަކުގައި ބޭތިއްބުމާއި، ބަހައްޓާނެ ތަނެއް ދިން ނަމަވެސް، ކޮޓަރިއެއްގައި ދިހަ ބާރަ މީހުން ނިދަންޖެހޭ ފަދަ ހާލަތެއްގައި ގެންގުޅޭ ވާހަކަތަކަކީ ގިނަ ބަޔަކަށް ހިނގާކަން އެނގޭ އެހެން ނަމަވެސް އެހާ ދައްކާ ހިއްވާ ވާހަކައަކަށް ވަނީ ނުވެފައެވެ.

އަނެއްކާވެސް އެފަދަ ކަންތައްތަކެއް މިވަނީ ފެންމަތިވެފައެވެ. އިތާފުށީ ފަޅުގައި ހަދަމުންދާ ރިސޯޓެއްގެ މަސައްކަތް ކުރުމަށް ބިދޭސީންތަކެއް ކަންނެލި ދޯންޏަކަށް އަހަރުވާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެދޯންޏަށް ފުރެންދެން މީހުން އަރާ ބަރުކޮށްގެން ދާ އިރު ދޯނީގައި ތިބި ބިދޭސީންނަށް ފަރާތަކަށް ޖެހިނުލެވޭ ވަރަށް މީހުން ވަނީ ތޮއްޖެހިފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ފާދުކީ ފަރާތުން ބުނެފައިވާ ގޮތުގައި ދޭސީ ނުވަތަ ބިދޭސީ ވިޔަސް މީ ބޮޑުވަރެވެ. ރާއްޖެގައި މިފަދަ ކަންތައް ހިނގާ އިރު ވެސް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތައް މިފަދަ ކަންކަން ނުބަލަނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އެހެން މީހަކު ބުނެފައި ވަނީ ދަތުރު ފަތުރު ކުރުމުގައި ފަސެންޖަރުން އުފުލޭނެ މިންވަރު އަންގައިދޭ ގަވައިދެއް އެކުލެވިފައިވާ ކަމަށާއި މިފަދަ ކަމެއް ހިނގާ ދިއުމުން ދައްކުވައިދެނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް މިކަންކަން ބެލުމުގައި ފެއިލްވެފައިވާ މިންވަރު ކަމަށެވެ.

މިއީ ރެފިއުޖީން އުފުލާ ވައްތަރަށް ކަންކުރާ ބައެއް ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވެސް މީހަކު ހިޔާލު ފާޅުކޮށްފައި ވެއެވެ.

އިތުރު މީހަކު ހިޔާލު ފާޅުކޮށްފައިވާ ގޮތުގައި މިއީ ވެސް އިންސާނުން ކަން ދެކޭ ނަމަ އެހެން ނުހަދާނެ އެވެ. ބިދޭސީންނާ މެދު ދެކޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިއީ ބައެއް ދިވެހި ރައްޔިތުން ސޯޝަލް މީޑީއާގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އިންސާނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހާލަތަށް ބަލާ އިރު ރާއްޖެއިން އަދިވެސް ހިއުމަން ޓްރެފިކިންގ ވޮޗް ލިސްޓުން އުނިކުރުމަށްޓަކައި ގިނަ ކަންތައްތަކެއް އިސްލާހު ކުރަންޖެހެއެވެ. ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން ފަރާތްތަކުން ހާއްސަކޮށް ބަންގްލަދޭޝް ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންނަށް ވަކި މަސައްކަތެއް ކުރުމަށް މަޖުބޫރު ކުރުމާއި އޮޅުވާލައިގެން ވަޒީފާތަކަށް މީހުން ނެގުމާއި އެއްބަސްވެވިފައިވާ ގޮތަށް މުސާރަ ނުދިނުން ފަދަ ކަންތައްތައް ގިނަ އަދަދަކަށް ކުރިމަތިވަމުންދާކަން އެނގިފައިވެއެވެ.

ބިދޭސީން ރާއްޖޭގައި ގެންގުޅޭ ހާލަތާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ މެދު މުޖުތަމައު ވެސް ހޭލުންތެރިކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން ކުރަންޖެހޭ ކަމަށެވެ. ބިދޭސީންގެ ހައްގުތަކަށް އަރައިގަތުމުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިއުންތައް މަސައްކަތްކުރުވާ ފަރާތުން ހިފެހެއްޓުމާއި، މުސާރަ ނުދިނުމުގެ މައްސަލަތަކާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުން ފަދަ މައްސަލަތައް ރާއްޖޭގައި އިތުރުވެފައިވާ ކަމަށެވެ.

އެކި އިދާރާތަކުން ބިދޭސީންގެ ހައްގުތައް ގެއްލިގެންދާ ފަދަ އަމަލުތައް ހިންގާ ކަމަށް ހާމަކުރާއިރު ބިދޭސީ މުވައްޒަފުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ކުންފުނިތަކާއި ވަކި ފަރުދުންނާ މެދުވެސް ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި މުޅި މުޖުތަމައު ވެސް ހޭލުންތެރިކޮށް އިންސާނީ ރީތި ސިފަތައް މުޅި މުޖުތަމައު ހޭލުންތެރިވާންޖެހެއެވެ. މިއީ ތަހުޒީމު މުޖުތަމައެއްގައި އެއްވެސް ވަރަކަށް ފެނިގެންވާނެ އަމަލުތަކެއް ނޫނެވެ. ބިދޭސީންގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންނެކޭ އެއް އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އިތުރުވެގެން ދިއުމުގައި ކަމާ ބެހޭ އިދާރާތަކުގެ އިހްމާލު އިންތިހާ އަށް އެބަ އޮތެވެ. މި މައްސަލަ ހައްލުކުރުމަށް ފާއިތުވި އެއްވެސް ސަރުކާރަކަށް ކާމިޔާބު ތިޔަރީއެއް ނެރެވިފައެއް ނުވެއެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގައި ސަރުކާރަށް ދަތިތަކެއް ކުރިމަތިވުމެވެ. މީގެ އިތުރުން އެ ފަރާތްތައް ރާއްޖެ ގެންނަ ފަރާތްތައް ޒިންމާކުރުވުމުގައި ވެސް ސަރުކާރުތައް ވަނީ ފެއިލްވެފައެވެ. އިންސާނީ ހައްގުތައް ގެއްލިގެން ގޮސް މި ފަދަ ކަންކަން ތަކުރާރުކޮށް ފެންނަ އިރު ވެސް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

28 މެއި 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު