Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލައިސަންސް ނެގުން

ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހުކަމަށް ބުނާ މާއްދާ އުވާލައިފި

މީގެ ކުރިން އެކި ގިންތީގެ އުޅަނދުތަކަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައި އޮވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2022 | އަންގާރަ 07:39
ވަކި މުއްދަތެއް ވަންދެން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނު ފުރިހަމަ ކުރާކަށް ނުޖެހޭނެ

ވަކި މުއްދަތެއް ވަންދެން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނު ފުރިހަމަ ކުރާކަށް ނުޖެހޭނެ

އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް، ޑްރައިވިންގ ސްކޫލެއްގައި ވަކި މުއްދަތެއް ވަންދެން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނު ފުރިހަމަކުރުމަށްފަހު ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ގޮތަށް "ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް" އިތުރުކުރި މާއްްދާ އުވާލައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން 11 ޖެނުއަރީ 2022 ގައި އާންމުކުރި ޤަވާއިދުގައި ވަނީ އެކި ގިންތީގެ އުޅަނދުތަކަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެންމެ ގިނަ ގަޑިއިރު ކަނޑައަޅާފައިވަނީ ސައިކަލަށެވެ. އެއީ 40 ގަޑިއިރެވެ.

Advertisement - newsAdvertisement

ގަވާއިދުގައި ބުނެފައިވަނީ މިމުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރު ބަލަހައްޓަންވާނެ ކަމަށެވެ.

އެހެންނަމަވެސް، އެ މާއްދާ އުވާލައި 10 އޭޕްރީލް 2022 ގައި ވަނީ ސަރުކާރުގެ ގެޒެޓުގައި އެ އިސްލާޙު ޝާއިއުކޮށްފައެވެ. އެގޮތުން ޑްރައިވިންގ ސްކޫލެއްގައި ވަކި މުއްދަތެއް ވަންދެން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނު ފުރިހަމަ ކުރުމަށްފަހު ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ގޮތަށް އޮންނަ މާއްދާ ވަނީ އުވާލާފައެވެ.

މިގަވާއިދުގައި ޑްރައިވިންގ ސްކޫލާއި ޑްރައިވިންގ އިންސްޓްރަކްޓަރުންނާއި ގުޅޭ ގޮތުންވެސް ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅާފައެވެ. ޑްރައިވިންގ އިންސްޓްރަކްޝަނުންނަށް ބަލާއިރު ޑްރައިވިންގ އިންސްޓަރަކްޓަރަކަށް ވެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށެވެ.

އަދި ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި ދުއްވުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވާންވާނެކަމަށް ކުރިން ބަޔާންކޮށްފައި އޮތް ނަމަވެސް،މިހާރު އެ މުއްދަތުވަނީ 2 އަހަރަށް ކުޑަކޮށްފައެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާއި ޚިލާފުވެގެން ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މީހެއް ކަމުގައި ނުވުން މީގެ ކުރިން ޝަރުތު ކޮށްފައިވާއިރު،އެ މުއްދަތުވެސް މިހާރުވަނީ 1 އަހަރަށް ކުޑަކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު