Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮނައްޑޫ ޚިދުމަތަށް ގެނައުން

8 ނުވަތަ 9 މަސް ތެރޭގައި ފޮނައްޑޫ އޮޕަރޭޝަނަށް ގެނެވޭނެ: ފައުޒީ

9 އެޕްރީލު 2022 | ހޮނިހިރު 14:26

މިއީ ތ. އަތޮޅުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 އެޕްރީލު 2022 | ހޮނިހިރު 14:26
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އިސްމާއިލް ފައުޒީ

އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އިސްމާއިލް ފައުޒީ

މައްސަލައެއް ދިމާނުވާނަމަ ފޮނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް 8 ނުވަތަ 9 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭންކަށް ދައްކަން ޖެހޭ ފައިސާ މާޗް މަހުގެ 6 ވަނަ ދުވަހު ސަރުކާރުން ބޭންކަށް ދެއްކުމަށްފަހު އެރަށް މިހާރު ވަނީ މިފްކޯއާ ހަވާލުކޮށްފައެވެ. ފޮނައްޑޫ އޮޕަރޭޝަނަސް ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ ފޮނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ހަދަންޖެހޭ އެސެސްމެންޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެތަން ސާފުކޮށް އެތަނުގައި ހުރި މެޝިނަރީތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް މިފްކޯގެ ޓެކްނިކަލް މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައުޒީ ވިދާޅުވީ އެތަން ރަނގަޅު ހާލަތަކަށް ގެނެސް އެތަނުގެ ޚިދުމަތް އަވަހަށް ފެށުމަކީ އުންމީދެއް ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ބަޖެޓު އެއްވެސް މައްސަލައެއް ނުޖެހި ހަމަޖެހޭނަމަ މި މަސައްކަތް އަވަހަށް ނިންމާލެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ފައިސާ ލިބޭ ވަރަކުން ތަނުގައި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފޮނައްޑޫގައި މިހާރު އޮތް ބަނދަރަކީވެސް މަސްވެރިންނަށް ފަސޭހައިން ވަދެ، މަސް ކިރޭނެ ބަނދަރަކަށް ވާން ޖެހޭ ކަމަށާއި، އެހެންކަމުން ބަނދަރުގެ މަސައްކަތަށްވެސް ފުދޭވަރެއްގެ ޚަރަދުތަކެއް ދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މި މަސައްކަތްވެސް ފައިސާ ހަމަޖެހޭ ވަރަކުން ކުރިއަށްދާނެ ކަމަށާއި، މިހާރު ހުރި ޕްލޭންތަކާ އެއްގޮތަށް 8 ނުވަތަ 9 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތްދޭން ފެށޭނެ ކަމަށް އުންމީދުކުރައްވާކަމަށް ފައުޒީ ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން ތ. އަތޮޅުގައި މަސް ކިރުމަށް މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވެގެންދާނެ ކަމަށާއި،ކައިރި އަތޮޅުތަކުގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފޮނައްޑޫ ކުރިން ހަވާލުކޮށްފައި އޮތީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިއޯއެސް ކޯޕަރޭޝަނާއެވެ. އެކުންފުންޏަށް އެތަން ނުހިންގި ބޭންކުން އެތަން ބީލަމުގައި ވިއްކާލުމަށް ތައްޔާރުވެފައިވަނިކޮށް، ތ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވަނީ ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް