Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޓީސީސީގެ އޯޕަންޑޭ

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

ރަށްރަށުގައި ހިންގާ އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އުޅޭއިރު ކުޑަކުދިން ފެނުމުން ދަރިފުޅު މަތިން ހަނދާންވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2022 | ހޮނިހިރު 10:51
ހަފްލާގެ ތެރެއިން ފުރަތަމަ ފަހަރަށް ދަރިފުޅާ ބައްދަލުވީ

ހަފްލާގެ ތެރެއިން ފުރަތަމަ ފަހަރަށް ދަރިފުޅާ ބައްދަލުވީ

މަސްތުވާތަކެއްޗަކީ މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި ވަބާގައި އެތަކެއް ޒުވާނުން ޖެހުމުންދާއިރު މިކަމުގެ ތެރޭގައި މީހާގެ މުޅި ދިރިއުޅުން ހަލާކުކޮށްލައެވެ. ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ގިނަ އާއިލާތަކުގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކޮންމެވެސް މީހަކު ހުންނާނެއެވެ. މިކަމުން އަރައިގަތުމަށްޓަކައި އެމީހުން އަމިއްލައަށް ވެސް ބައެއް ފަހަރު މަސައްކަތް ކުރެއެވެ. އަނެއްބައި ފަހަރު އާއިލާއިން ވެސް މަސައްކަތްކުރާއިރު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މުޖުތަމައުގައި މީހާގެ ގެއްލިފައިވާ އަބުރާ އިއްޒަތް އަނބުރާ ހޯދުމުގެ ފުރުސަތު ލިބެނީވެސް މަދު މީހަކަށެވެ.

އެމްޓީސީސީން ވަނީ ރޯދަ މަހުގެ ތަހުނިޔާ ފޮނުވާ މިފަދަ ޒުވާނެއްގެ ވާހަކަ އާންމުންނާއި ހަމައަށް ގެނެސްދީފައެވެ. ހަޤީޤީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ މި ވީޑިއޯއިން މަސްތުވާތަކެތީގެ ސަބަބުން އެ ޒުވާނާގެ މުޅި ދިރިއުޅުން ހަލާކުވެދިޔަ ގޮތް ދައްކުވައިދެއެވެ. އަދި އަލުން އަނބުރާ މުޖުތަމައުގައި އޭނާގެ ފައިތިލަ ސާބިތު ކުރުމަށް ކުރި މަސައްކަތް ވެސް ދައްކުވައިދެއެވެ.

މަސްތުގެ ވަބާއިން އޭނާ ސަލާމަތްނުވެ އުޅެނިކޮށް، އެކަމުގެ ހިތާމައިގައި އޭނާގެ ބައްޕަ މި ދުނިޔެ ދޫކުރެއެވެ. އަދި ބަލިވެ އިން އަނބިމީހާ ދޫކޮށް އޭނާ ޖަލުގޮޅިއަށް ވެސް ދާން ޖެހުނީ މަސްތުވާތަކެތީގެ އަނދިރި ހިޔަނީގައި ޖެހުމުންނެވެ. ޖަލުގައި ހުރި ދުވަސްވަރު އޭނާ ވެލްޑިންގ ކުރުމާއި ވަޑާން ކުރުން ފަދަ ހުނަރުތައް ދަސްކުރިއެވެ. އެހެންނަމަވެސް ހަތަރު އަހަރު ފަހުން ޖަލުން މިނިވަންވުމަށްފަހު ވެސް ހަމަޖެހުމެއް ނުލިބުނެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި ވަނީ ދުނިޔެމަތިންވެސް ފޫހިވެފައެވެ. ދާނެ ނުދާނެ ދިމާލެއްނޭގި މަގުމަތިވިއެވެ. ސިނގިރޭޓު ބުއިމާއި މަސްތުވާތަކެއްޗާއި ދުރުވިޔަސް އޭނާއަށް އަލުން އަނބުރާ ދިރިއުޅުން ހޯދުމަށް މަސައްކަތް ކުރުންވީ ބޮޑު ވޭނަކަށެވެ.

މިދުވަސްތަކުގައި އޭނާ ކައިބޮއެ އުޅުނީ މީހުންގެ ސައިކަލު ފޮހެދީގެން ލިބުނު މަދު ފައިސާއިންނެވެ. ނިދާ އުޅުނީ ތަނެއްގެ ތަޅުންގަނޑުމަތީގައެވެ. އޭނާ ޖަލުން މިނިވަންވުމަށް ދަރިފުޅު ދެކިލާހިތުން، ގޭދޮށަށް ވެސް ގޮސް ހަދައެވެ. އެހެންނަމަވެސް ދަރިފުޅުގެ މަންމަ އޭނާ އަނބުރާ ފޮނުވާލައެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވިކަން އެއްކޮށް ޤަބޫލު ނުކުރެވޭތީއެވެ. މީގެކުރިން ވެސް ރަނގަޅުވާނެ ކަމަށް ބުނެ އެތައް ދޮގުތަކެއް ހަދާފައިވާތީއެވެ. އޭނާ އާދޭސް ކުރަމުން ދިޔައީ ދަރިފުޅުގެ ފޮޓޯގަނޑެއް ނަމަވެސް ދައްކައި ދިނުމަށެވެ. އެހެންނަމަވެސް މި ފުރުސަތު ވެސް އޭނާގެ އަތުން ފޭރިގަތީ އޭނާގެ ނުރަގަޅުމާޒީ އެވެ.

ސައިކަލު ފޮހެދިނުމުގެ ތެރޭގައި އޭނާއަށް އެމްޓީސީސީގެ މުވައްޒަފަކާ ބައްދަލުވެއެވެ. އެމީހާގެ ސައިލަކު ސްޓާޓް ނުވުމުން އެކަން ރަނގަޅުކޮށްދިނީ އޭނާއެވެ. ދެމީހުން ދޭތެރޭގައި ދެކެވުނު ވާހަކަތަކެއްގައި އެމްޓީސީސީގެ އޯޕަންޑޭގައި އެމްޓީސީސީގެ އިންޖިނިއަރިން ޑިޕާޓްމަންޓަށް މީހުން ނަގާނެތީ، އެތަނަށް އައުމަށް އޭނާއަށް ދައުވަތު ދިނެވެ.

އެތަނަށް ދިޔުމަށްފަހު އޭނާގެ ކުށުގެ ރިކޯޑް އޮތުމުގެ ސަބަބުން ވަޒީފާ ހޯދަން އުނދަގޫވި ކަމަށް އެ ޒުވާނާ ބުންޏެވެ. ކުށުގެ ރިކޯޑަށް ބެލުމެއް ނެތި، އެމްޓީސީސީން އެ ޒުވާނާއަށް މުޖުތަމައުގައި ފައިތިލަ ސާބިތުކޮށް، އޭނާ އަކީ ވެސް މީހުންގެ އިހްތިރާމާއި ލޯބި ލިބިގެންވާ މީހަކަށް ހެދުމަށްޓަކައި އެ ފުރުސަތު އޭނާއަށް ފަހިކޮށްދިނެވެ. އޭނާއަށް އިތުބާރު ކުރިއެވެ.

އެ އިތުބާރު ދަމަހައްޓާ، އޭނާ މަސައްކަތް ކުރަން ފެށީ ބޯޓު ޔާޑުގައެވެ. އެއަށްފަހު އެކި ޕްރޮޖެކްޓުތަކުގައި ރަށްރަށަށް ދަތުރުކުރެއެވެ. ހަލުވި ސްޕީޑް ލޯންޗުތަކުގެ އިންޖީނުތަކުގެ މަރާމާތުކޮށް, ބަލަހައްޓަމުން ދިޔާއިވެސް އޭނާއެެވެ. މަސައްކަތުގައި މާހައުލުގައި އުޅުނަސް އޭނާ ދެރަވާ އެއްކަމެއް އޮވެއެވެ. ދުވަހަކުވެސް ދަރިފުޅު ލޮލަށް ފެނިފައިނުވާތީއެވެ. ބައްޕައަކަށްވެހުރެ ދަރިފުޅު ގައިގައި ބައްދާލުމުގެ ނަސީބު ވެސް ނުލިބުމުންނެވެ. ރަށްތަކުގައި އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އުޅޭއިރު ކުޑަކުދިން ފެނުމުން އޭނާގެ ދަރިފުޅު މަތިން ހަނދާންވެއެވެ. ބައްޕައެއްގެ ގޮތުގައި އޭނާ ފެއިލްވެއްޖެ ކަމުގެ އިހުސާސް ކުރެވުނެއެވެ. އެހެންނަމަވެސް މި ވިސްނުންތަކާއި ދުރަށްދާން ވެސް އޭނާއަށް އެހީވެދިނީ އެމްޓީސީސީގެ އެ މުވައްޒަފެވެ. ކައުންސިލިންގ ސެޝަންތަކެއް އޭނާ ނަގަން ފެށިއެވެ.

މަސައްކަތުގައި ދުވަސްތައް ހޭދަކުރަމުން ގޮސް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މެރިން އިންޖިނިއަރިންގެ ދާއިރާއިން ސްކޮލަޝިޕްވެސް އޭނާ އަށް ލިބުނެވެ. އެ ހަފްލާގެ ތެރެއިން ފުރަތަމަ ފަހަރަށް އޭނާއަށް ދަރިފުޅާ ބައްދަލުވެއެވެ. ދަރިފުޅު ފެނުމުން އޭނާއަށް އުފަލުން ގޮސް ރޮވުނެވެ. ދަރިފުޅު ގައިގައި އޮޅުލައިގަނެވުނެވެ. އަދި ފަޚުރުވެރިކަމާއެކު ކުންފުނީގެ އެހެން މުވައްޒަފުންނަށް އޭނާގެ ދަރިފުޅު ތައާރަފުކޮށްދިނެވެ.

އެމްޓީސީސީ އިން އޭނާއަށް ހޯދައިދިން ފުރުސަތުގެ ސަބަބުން ގެއްލުނު ދިރިއުޅުން އަނބުރާ ލިބުނީއެވެ. ދަރިފުޅާވެސް ބައްދަލުވީއެވެ. މުޖުތަމައުގައި އޭނާއަކީ ވެސް އިހްތިރާމް ލިބިފައިވާ މީހަކަށް ވީއެވެ. ޑްރަގް ބޭނުންކޮށްފައި ހުރި މީހެކޭ ބުނެ އެމްޓީސީސީން އޭނާ ބާކީކޮށް ނުލައެވެ. ޒުވާނުންނަށް ބޭނުންވަނީ މިފަދަ ދެވަނަ ފުރުސަތެކެވެ. މުޖުތަމައު އިން ވެސް އެމީހުން ބަލައިގަނެ އެމީހުންނަށް ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށެވެ. އެމީހާ ރަނގަޅުވާން އަޒުމް ކަނޑައަޅައިގެން ކުރިއަށްދާން ބޭނުންނަމަ، އެ ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. މިފަދަ ވާހަކައިން އިބްރަތް ހާސިލްކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެހެން މީހުން ވެސް އެ މަގު ދޫކޮށް، އިސްލާހު ވާން މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންވީއެވެ. މުޖުތަމައުގައި އެމީހުންނަށް ވެސް ދެވަނަ ފުރުސަތު އެބައޮތެވެ. ބޭނުންވަނީ އެކަން ބަލައިގަތުމެވެ. އަދި އިސްލާހްވާން އަވަހަށް މަސައްކަތް ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު