Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑުގެ ކަންކަން

ކޮވިޑުގެ ކަންކަން މެނޭޖްކުރި އެންމެ ރަނގަޅު އެއް ގައުމަށް ދިވެހިރާއްޖެ ވާނެ: ހެލްތު މިނިސްޓަރ

9 އެޕްރީލު 2022 | ހޮނިހިރު 08:10

ރައްޔިތުންގެ އިތުބާރު ސިއްހީ ދާއިރާއަށް ދަނީ ލިބެމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އެޕްރީލު 2022 | ހޮނިހިރު 08:10
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސާލިހުގެ ސީދާ ބެއްލެވުމުގެ ދަށުން, ދިވެހިރާއްޖެ ވާނީ ކޮވިޑްގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖްކުރި އެއް ގައުމަށް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ, މިއަދު ރައްޔިތުންގެ އިތުބާރު ސިއްހީ ދާއިރާއަށް ލިބެމުން ދަނީ، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން, ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެެވެ.

Advertisement - newsAdvertisement

ޚިދުމަތް ހޯދުމަށް ޒަމާނުއްސުރެވެސް ރައްޔިތުންނަށް އޮތް ބޮޑެތި ތަކުލީފުތަކާއި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު އިސްނަންގަވާފައިވާކަމަށާއި, ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާރޝަރީ ފަރުވާގެ ޚިދުމަތް ގާއިމުކޮށް، އަތޮޅާއި އަދި ސަރަހައްދީ ފެންވަރުގައި، ސްޕެޝަލިސްޓުންގެ ޚިދުމަތާއި، ތަފާތު ޓެސްޓްތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުންދާތީ ކަމަށްވެސް ވިދާޅުވިއެވެ.

އިމަރޖެންސީ ފަރުވާއާއި ރިފަރަލްގެ ކަންކަން އިންތިޒާމުކޮށް އިތުރަށް ހަރުދަނާކުރުމަށް މި ސަރުކާރުން ސަމާލުކަންދޭކަމަށާއި, ރައްޔިތުންނާ ގާތުން ދެމުންދާ ސިއްހީ ފަރުވާއާއި، ބޭހާއި ވެކްސިން, އަދި އާއްމު ސިއްހަތުގެ ޚިދުމަތްތައް ލިބިދިނުމަށްވެސް އިސްކަންދޭކަމަށް ވިދާޅުވިއެވެ. މި ކަންކަމުގެ ފޮނި ނަތީޖާ ހާސިލުކުރެވެން އަންނަނީ, ސިއްހީ ޚިދުމަތަކީ ދައުލަތާއި މުޅި މުޖުތަމައު ގުޅި ޝާމިލްވެގެން ދެވޭ ޚިދުމަތެއްކަމުގައި ދެނެގަނެ, ޕްރައިވެޓް ސެކްޓަރގެ ދައުރުވެސް ފުރިހަމައަށް ޝާމިލުކުރެވިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދެންނެވުނު ކާމިޔާބީތައް ހާސިލުކުރެވިފައި މިވަނީ، މިއިން ޒަމާނަކުވެސް ސިއްހީ ދާއިރާއަށް ކުރިމަތިވެފައި ނުވާފަދަ ބޮޑެތި ގޮންޖެހުންތަކާއެކުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ރައީސް ސާލިހު ވެރިކަމާ ހަވާލުވެވަޑައިގަތް އިރުވެސް ސިއްހީ ދާއިރާއަކީ، ގޮންޖެހުންތައް ގިނަ، ތަފާތު މައްސަލަތައް ފުނިޖެހިފައިވާ، ވަރަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެނެސްގެން ނޫނީ، ޚިދުމަތްތައް ރަނގަޅުނުކުރެވޭނެ ހާލަތުގައި އޮތް ދާއިރާއެއް ކަމަށެވެ. މި ހާލަތުގައި އޮއްވާ، ގައުމު ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ ކައުނީ ވަބާއަށް އިޖާބަދިނުމުގެ ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ސިއްހީ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ޚިދުމަތްތެރިން އެމީހުންގެ ގައުމުތަކަށް އެނބުރި ދާން ފެށުމާއި, ބޭރުން އިތުރަށް މީހުން ލިބުން ދަތިވެ, އަދި ޚިދުމަތުގައި ދެމިތިބި މީހުންވެސް ކޮވިޑް ބައްޔަށް ހުށަހެޅެމުންދިޔުމާއެކު, ރާއްޖޭގެ ކޭސްލޯޑް މައްޗަށްދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.

ޓެސްޓް ކުރުމާއި ސިއްހީ ފަރުވާއާއި، ރައްކާތެރިކަމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އިމްޕޯރޓްކުރާ ގައުމަކަށް ރާއްޖެ ވީހިނދު، އެތަކެތި ލިބުން އިންތިހާއަށް ދަތިވެ, ރާއްޖެ ގެނެވޭނެގޮތް ނެތުމުން ދިމާވާނެ ގޮންޖެހުން ތަކަކީވެސް ފަސޭހައިން އިހުސާސް ކުރެވެން އޮތް ހަގީގަތެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އިގުތިސާދެއްގައި، ފަތުރުވެރިކަން އެއްކޮށް ހުއްޓުމުން ކުރިމަތިވާނޭ މާލީ ދަތިތަކާއި އިޖްތިމާއީ ގޮންޖެހުން އަންގައި ދިނުމަކަށް މާގިނަ ތަފާސް ހިސާބު ބޭނުންނުވާ ކަމަށާއި, މި ނާޒުކު ހާލަތުގައިވެސް ދިވެހިރާއްޖެ ވަނީ ދުނިޔެއަށް ނަމޫނާ ދައްކަދީފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ އަވަހަށް ބޯރޑަރ ހުޅުވައި, އިގުތިސާދީ އަދި އިޖްތިމާއީ ހަރަކާތްތަކަށް ރުޖޫއަވި ގައުމަކީ ރާއްޖެކަމަށާއި, ކޮވިޑްގެ އެންމެ ނުރައްކާ ހާލަތުން އެންމެ އަވަހަށް އަރައިގަތް އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

މި ކަމިޔާބީ ހާސިލުކުރެވުނީ ސިއްހީ ދާއިރާގެ އިތުރުން، ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި، އާއްމު ފަރުދުން އެކުގައި އެއް މަގުސަދެއްގައި އެއް އަމާޒަކަށް ވާސިލުވާން މަސައްކަތްކުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދޭސީއެއް ބިދޭސީއެއް ތަފާތުނުކޮށް, ވެކްސިނާއި ބޭސްފަރުވާ, އަދި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިންކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19އިން ލިބުނު އެންމެ އިބްރަތްތެރި ފިލާވަޅަކީ، ސިއްހީ ރައްކާތެރިކަމަކީ ކޮންމެ އިންސާނަކަށްވެސް އެންމެ މުހިއްމު އަސާސީ ހައްގެއްކަން އެނގުންކަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ މުއައްސަސާއަކަށްވެސް، އަދި ފަރުދަކަށްވެސް އެކި ފެންވަރުގައި އަދާކުރެވޭނެ ދައުރު, އަދި އަދާކުރަންޖެހޭ ޒިންމާތަކެއް ވާކަމަށް ވިދާޅުވިއެވެ. ކޮވިޑްގައި ދިވެހި ރާއްޖެ ނަމޫނާއަކަށް ވެގެންދިޔައީ، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި, ރައްޔިތުން އެކުގައި މަސައްކަތްކުރުމުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް