Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީގެ އަގު

މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެން ބޮޑުކޮށް އަގު ނެގުމަށް ހިތްވަރެއް ނުދެން: އަވަސް ރައިޑް

8 އެޕްރީލު 2022 | ހުކުރު 18:53

އެޕްލިކޭޝަނުން ދައްކާ އަގު އެކަނި ދެއްކުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އެޕްރީލު 2022 | ހުކުރު 18:53
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ޓްރާންސްޕޯޓް މިނިސްޓްރީ ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ނެގުމަށް ޑްރައިވަރުންނަށް ހިތްވަރު ނުދޭ ކަމަށް އަވަސް ރައިޑުން ބުނެފިއެވެ.

އަވަސް ރައިޑުން ކުރި ޓުވީޓެއްގައި ވަނީ އެޕްލިކޭޝަނުން ދައްކާ އަގު އެކަނި ދެއްކުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވެފައިކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ކަނޑައަޅާފައިވާ އަގަށްވުރެން ބޮޑުކޮށް އަގު ނެގުމަށް ޑްރައިވަރުންނަށް ހިތްވަރު ނުދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ބައެއް ޓެކްސީ ޑްރައިވަރުން އަމިއްލަ އަގުތަކުގައި ދަތުރު ކުރަމުންދާއިރު ޓެކްސީ ޑްރައިވަރުންނާމެދު ލިބިފައި ހުރި ޝަކުވާތައް ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ބައެއް ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމިއްލަ އަގެއް ކަނޑައަޅައި އެއަގަށް ދަތުރުކުރަން ފެށި ފަހުން އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފިނި އިންޒާރެއް ދީފައެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން، ޓެކްސީ ސެންޓަރުތަކުންނާއި ޓެކްސީ ޑްރައިވަރުން ގުޅިގެން މަޝްވަރާކުރުމަށްފަހު އަމިއްލަ އަގެއް ކަނޑައަޅައި، އެ އަގުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރުމަށްފަހު އެކަމުގައި އެދެވޭ ޖަވާބެއް ނުލިބުމުން، ޓެކްސީ ސެންޓަރުތަކުން މުޒާހަރާ ކުރުމަށްފަހު އަމިއްލަ އަގުގައި ދަތުރުކުރަން ފެށިއެވެ. ނަމަވެސް މިނިސްޓްރީން އެކަމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓެކްސީ ދަތުރުތަކުގެ އަގުގެ މައްސަލައިގައި މީޑިއާތަކުން މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ސުވާލުކުރިތާ 3 ދުވަސް ފަހުން، މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ޚިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައި ވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ، ޓެކްސީ ރަޖިސްޓްރީ ކުރުމާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތެލުގެ އަގަށްއައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭ ގޮތަށް 17 މާރޗުގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން އަގު ނަގާނެ ގޮތާއި ގުޅޭގޮތުން އެ މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ކަންކަމާއި ގުޅިގެން އެމިނިސްޓްރީން ފާހަގަކޮށްފައިވަނީ ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅިލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އަދި އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށާއި އަދި ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ލިބިގެންވާ ބާރެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދިނުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަަމަށް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޓެކްސީ ޑްރައިވަރުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް