Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ 2 މީހުން ބޭސްފަރުވާއަށް ދޫކޮށްލައިފި

6 އެޕްރީލު 2022 | ބުދަ 09:03

އަހުމަދު މޫސާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައި ވަނީ ކުރިއަށް ގެންދަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2022 | ބުދަ 09:03
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް އެތެެރެކުރިކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ.

Advertisement - newsAdvertisement

އެމީހުން ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލެއްވުމަށް ނިންމެވީ ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ. އެހެންނަމަވެސް، ޝަހީބުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅުއްވާ ވަކީލު ހާޒިރުވެވަޑައިގެންފައި ނުވާތީ އެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި އަޑުއެހުމުގައި ދައުވާ ލިބޭ އަހުމަދު މޫސާގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައި ވަނީ ކުރިއަށް ގެންދަވާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އެދެމީހުންގެ ބަންދު މުރާޖައާ އަޑުއެހުން ކުރިއަށް ގެންދެވިއެވެ.

މި އަޑުއެހުމުގައި ޝަހީބުގެ ފަރާތުން ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވާކަމަށް ބަޔާންކޮށްފައެވެ. އެގޮތުން އޭނާގެ ނަފްސާނީ މައްސަލަތަކާއި، ކަށީގެ މައްސަލަތައް ހުރިއިރު، އެ ކަންކަމުގައި އެކަށީގެންވާ ފަރުވާ ދެވިފައިނުވާކަން ދިފާއުން ފާހަގަ ކުރެއެވެ. އޭނާގެ މައިބަދައިގެ 2 ޑިސްކް ގުޑާފައިވާއިރު، އެކަމާއި ގުޅިގެން ދޭންޖެހޭ ފަރުވާވެސް ދެވިފައިނުވާކަމަށް ދިފާއުން ބުނެއެވެ.

މީގެއިތުރުން، އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން އޭނާއަށް ކައުންސެލިން ދޭންޖެހޭނެކަމަށް ބުނެފައިވީ ނަމަވެސް އެކަންވެސް ކުރިއަށް ނުދާކަން ދިފާއުން ފާހަގަކުރެއެވެ.

އަހުމަދު މޫސާގެ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުރިއިރު، އެކަމާ ގުޅިގެން ހަދަންޖެހޭ ޓެސްޓުތައް ހެދިފައި ނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުންވެސް ވަނީ އެ ޓެސްޓުތައް ހެއްދިފައި ނެތްކަމަށް ބުނެފައެވެ.

ޖުމުލަ ގޮތެއްގައި އެ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ދެމީހުން ފުރުން މަނާކޮށް، ބޭސްފަރުވާއަށް 2 މަހަށް ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް