Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޓި ކޮރަޕްޝަން ކޮމިޝަން

މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެއްވެސް ގޮންޖެހުމެއް ނެތް: އޭސީސީގެ ރައީސް

މަސައްކަތް ކުރުމުގައި މިނިވަންކަން ގެއްލޭނެ އެއްވެސް މާހައުލެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2022 | އަންގާރަ 09:21
އޭސީސީގެ ރައީސް އާދަމް ޝާމިލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އޭސީސީގެ ރައީސް އާދަމް ޝާމިލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ވިދާޅުވުމާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކޮމިޝަންގެ މިހާރުގެ ރައީސް ޝާމިލް ވިދާޅުވީ މަސައްކަތް ކުރުމުގައި މިނިވަންކަން ގެއްލޭނެ އެއްވެސް މާހައުލެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޝާމިލް ވިދާޅުވީ ކޮމިޝަންގެ އަމާޒަކީ ދައުލަތުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ކަމަށާއި ވަކި ފަރާތަކަށް ނުޖެހި، ރައްޔިތުންގެ މަސްލަހަތުގައި ކޮމިޝަނުން ދެމި އޮންނާނެ ކަމަށެވެ.

އޭސީސީން ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރު ރާސްތާ އޮޕަރޭޝަނަލް ޕްލޭނެއް ވެސް ތައާރަފު ކޮށްފައެވެ. މި ޕްލޭންއާ ގުޅޭގޮތުން ޝާމިލް ވިދާޅުވީ މި ޕްލޭންގެ މަޤްސަދަކީ ކަންތައްތައް ދެނެގަނެ، ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެކުވެރިވެ މަސައްކަތް ކުރުން ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ ކޮރަޕްޝަން ނުހިންގާނެ ގޮތަކަށް އުސޫލުތައް އެކުލަވާލާ، ކޮޕަރްޝަން ހުއްޓުވުމަށް ކަމަށެވެ.

އޭސީސީން ތައާރަފުކޮށްފައިވާ މި ކުރު ރާސްތާ އޮޕަރޭޝަނަލް ޕްލޭންގައި ޖުމްލަ 6 ކަމެއް ވަނީ ހިމަނާފައެވެ. އޭސީސީން ބުނީ ދައުލަތަށް ލިބެންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ ކަމަށެވެ. އަދި ރާއްޖޭގައި އެސެޓް ރިކަވަރ ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ޤާނޫނަށް ނުވަތަ ޤަވާއިދަކަށް އިސްލާހު ގެންނަން ޖެހުނަސް އެ ކޮމިޝަނުން އެ މަސައްކަތް ކުރާނެ ކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއްސަލާމް ޢައްޔަންކުރައްވާފައިވަނީ މާރޗް މަހުގައެވެ. މިދެބޭފުޅުންނަށްވަނީ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާގައި، މެމްބަރުންގެ އިއްތިފާގުން ރުހުން ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު މެމްބަރުން ވެސް ޢައްޔަންކުރައްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި އިތުރު ބޭފުޅުންނަކީ ޠާހާ މުޙައްމަދާއި ޝަޒްނާ ހާޝިމުގެ އިތުރުން ޝިޔާމާ މުޙައްމަދުއެވެ.

އޭސީސީގެ ރައީސްކަމަށް އައްޔަން ކުރެއްވި އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

ނައިބުރައީސް ކަމަށް އައްޔަން ކުރެއްވި ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު