Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ އީސްޓަން އެއަރލައިންގެ ފްލައިޓް ވެއްޓުން

ވެއްޓުނު ޗައިނާ އީސްޓަން އެއަރލައިން ފްލައިޓްގެ ވޮއިސް ރިކޯޑިން ޑައުންލޯޑްކުރަން އެމެރިކާއިން އެހީ ވަނީ

2 އެޕްރީލު 2022 | ހޮނިހިރު 13:02

ވޮޝިންގޓަން ހުރި ލެބެއްގައި ޗައިނާ އީސްޓަން އެއަރލައިން ފްލައިޓްގެ ކޮކްޕިޓް ވޮއިސް ރިކޯޑިން ޑައިންލޯޑް ކުރުމަށް ދަނީ އެހީވަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 އެޕްރީލު 2022 | ހޮނިހިރު 13:02
ޗައިނާ އީސްޓަން އެއަރލައިންގެ ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހަރަކާތްތެރިވާ ޗައިނާގެ ތަހުގީގު ޓީމު

ޗައިނާ އީސްޓަން އެއަރލައިންގެ ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހަރަކާތްތެރިވާ ޗައިނާގެ ތަހުގީގު ޓީމު

ވެއްޓުނު ޗައިނާ އީސްޓަން އެއަރލައިންގެ ކޮކްޕިޓް ވޮއިސް ރިކޯޑިން ޑައުންލޯޑްކުރަން އެހީވުމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ނިންމާފައިވާކަމަށް އެއިދާރާއިން ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން އެންޓީއެސްބީ އިން ވަނީ ވޮޝިންގޓަން ހުރި ލެބެއްގައި ޗައިނާ އީސްޓަން އެއަރލައިން ފްލައިޓްގެ ކޮކްޕިޓް ވޮއިސް ރިކޯޑިން ޑައިންލޯޑް ކުރުމަށް ޗައިނާގެ އިންވެސްޓިގޭޓަރުންނަށް އެހީވެދިނުމަށް ނިންމާފައެވެ. އަދި ފްލައިޓް ވެއްޓުނު މައްސަލަ ބެލުމަށް އެހީވުމަށް އެންޓީއެސްބީގެ ޓީމެއް ވެސް ވަނީ ޗައިނާއަށް ފޮނުވާފައެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅުނޫން މިދަނޑިވަޅުގައި އެމެރިކާގެ އެހީއަށް ޗައިނާއިން އެދުމުން މި މައްސަލައިގެ ސީރިއަސްކަން ހާމަވާކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮކްޕިޓް ވޮއިސް ރިކޯޑިން ޑައުންލޯޑް ކުރެވިއްޖެ ނަމަ އެފްލައިޓް ވެއްޓުނު އިރު، ކޮކްޕިޓްގައި ތިބި ތިން ޕައިލެޓުންގެ ވާހަކަތައް ސާފުވާނެއެވެ. ވެއްޓުނު ބޮއިންގް މަރުކާގެ ފްލައިޓްގައި އާންމު ގޮތެއްގައި ހަރަކާތްތެރިވާނީ ދެ ޕައިލެޓުންނެވެ.

ޗައިނާއިން ވަނީ މި މައްސަލަ ބަލައި ހާދިސާ ހިނގާދިޔަ ގޮތް ވީހާވެސް އަވަހަކަށް ދެނެގަންނަން މަސައްކަތްކުރާ ކަމަށް ބުނެފައެވެ. އަދި ފްލައިޓް ވެއްޓެން މެދުވެރިވީ ބައެއްގެ އިހުމާލުން ކަމަށްވާ ނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދާނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

މި ފްލައިޓްގެ ދެ ވަނަ ކަޅުފޮށި ހޯދިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ޗައިނާގެ ކުންމިންގ އިން ގުއަންގްޒޯއަށް ދަތުރުކުރަމުންދިޔަ މި ފްލައިޓް ޗައިނާގެ ދެކުނުގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓިގައި ވަނީ މާޗު 21 ވަނަ ދުވަހުއެވެ. މި ހާދިސާގައި ފްލައިޓްގައި ދަތުރުކުރަމުން ދިޔަ 132 މީހުން މަރުވެފައިވާއިރު، މިއީ 28 އަހަރުގެ ތެރޭގައި ޗައިނާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ޗައިނާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް