Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައީދު ހުށައެޅުއްވި ކުއްލި މައްސަލަ

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ ހައްލު ހޯދުމަށް ގޮވާލި މައްސަލަ ކޮމިޓީއަށް

އިދިކޮޅު ޕާޓީގެ މެންބަރަކުވެސް އަމިއްލަ ދާއިރާގެ ތަރައްގީ އާއި ބެހޭ މައްސަލައެއްގެ ކަންބޮޑުވުން ހުށަހެޅުއްވުމުން ބަލައިގަންނަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 މާރިޗު 2022 | އަންގާރަ 09:39
މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރު

މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރު

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅުއްވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 18 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ، 16 މެމްބަރުންނެވެ.

Advertisement - newsAdvertisement

މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ވާކަހަކަފުޅުދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ، މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީ ޕީޖީން ވިޕެއް ނެރުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. އީވާ ވިދާޅުވީ، މެމްބަރު ސައީދު ހުށަހެޅުއްވި މައްސަލައަކީ ރައްޔިތުންނަށް ޚިދުމަތްތަކެއް ނުލިބެގެން އެކަމުގެ ކަންބޮޑުވުމާއެކު ހުށައެޅުއްވި މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި ސަރުކާރުގެ ‘ނުލަފާކަމުން ގަސްތުގައި އެކަން ނުކުރަނީ’ ކަމަށް ބުނެފައި ނުވާކަމަށާއި، އެފަދަ އިބާރާތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނާއި ގުޅޭ އެފަދަ ކަމެއްގައި ބަހުސް ކުރަން އެމްޑީޕީގެ ޕީޖީން ފުރުސަތު ނުދޭން ޖެހޭ ސަބަބެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އިދިކޮޅު ޕާޓީގެ މެންބަރަކުވެސް އަމިއްލަ ދާއިރާގެ ތަރައްގީއާއި ބެހޭ މައްސަލައެއްގެ ކަންބޮޑުވުން ހުށަހެޅުއްވުމުން އެމްޑީޕީގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ބަހުސް ކުރަން ފުރުސަތު ނުދޭންވީ ސަބަބެއް ނުވިސްނޭ ކަމުގައެވެ.

މައްސަލައަށް ބަހުސް ކުރެއްވި މެމްބަރުންވަނީ ސިއްޙީ ޚިދުމަތް ރަނގަޅަށް ލިބުމަކީ އަސާސީ ހައްގަކަށް ވާއިރު ރައްޔިތުންނަށް އެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމް އަތޮޅުތެރޭގައި އަދިވެސް ހަމަޖެހިފައި ނެތް ކަަމަށެވެ. ސައީދު ހުށައެޅުއްވި މައްސަލައަށް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ވަނީ ތާއީދު ކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ސައީދު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ.މާވަށް، ކުނަހަންދޫ، ހިތަދޫއާއި ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް މިސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ތަނެއް ކަމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިއުލާން ކުރެވި މަސައްކަތްތައް ފެށިފައިވާ ހޮސްޕިޓަލެއް ކަަމަށެވެ. އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅައި އެބޯޑުގެ ދަށަށް ލ.އަތޮޅުގެ 10 ރަށުގައި ހުރި ސިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބަދަލުކޮށްފައިވާކަމަށެވެ.

ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ހޯދަމުންދާއިރު، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ، ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ދިމާވަމުން އައުމަކީ، ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ހާދިސާތަކެއް ކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ޚާއްސަ ޑޮކްޓަރުން ތިބެން ޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާތީ، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ، މިކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މި މައްސަލައިގައިވަނީ ގޮވާލާފައެވެ.

މުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރުރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު