Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާ

ރޯދަ މަހު މީރާއިން ޚިދުމަތް ފޯރުކޮށްދޭ ގަޑި އާންމުކޮށްފި

ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00ން މެންދުރުފަހު 12:00ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 މާރިޗު 2022 | ހޯމަ 13:49
ނިއު ނޯމަލްގައި މީރާއިން ޚިދުމަތް ފޯރުކޮށްދެނީ

ނިއު ނޯމަލްގައި މީރާއިން ޚިދުމަތް ފޯރުކޮށްދެނީ

މި އަހަރުގެ ރަމަޟާން މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ޚިދުމަތް ފޯރުކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

މި އަހަރުގެ ރަމަޟާންމަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް, ހެނދުނު 9:00ން މެންދުރުފަހު 12:00ށް ކަމަށް މީރާއިން ވަނީ ބުނެފައެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސަރވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެކަމަށް ވަނީ ބުނެފައެވެ.

މީރާއަށް ބަލައިގަންނަ ހުރިހާ ޓެކްސްތަކާއި ގިނަ ފީތައް އޮންލައިންކޮށްވެސް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވުމާއެކު، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރަމަޟާންމަހު މީރާއިން ޚިދުމަތް ފޯރުކޮށްދޭ ގަޑިތައް އާންމުކޮށްފައިވާއިރު, ޓެކްސް ދެއްކުމުގައި ޒިންމާތައް އަދާނުކުރާ ފަރާތްތަކާމެދު އަންނަ މަހުގެ 1ން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ވަނީ ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް ދެވުނު ލުޔެއްގެ ގޮތުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން މެދުކަނޑާލާފައެވެ.

އެހެންނަމަވެސް އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން, ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅުއަޅަން ފަށާނެކަމަށް މީރާއިން ބުނެފައިވެއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކުން އެ ފަރާތްތަކުގެ ޓެކުހުގެ ހުރިހާ ކަމެއް ފުރިހަމައަށް އަދާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން, ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލުކުރާނެ ގޮތް ބަޔާންކުރާ 5 (ފަސް) އުސޫލެއް މިހާރު ވަނީ އާންމުކޮށްފައެވެ.

މި އުސޫލުތަކަށް އަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެކަމަށް މީރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު