Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސިއްހީ ފަރުވާގެ އާލާތްތައް

ގޭތެރޭގައި ދެވޭ ސިއްހީ ފަރުވާގެ އާލާތްތަކަށް ޚާއްސަ ޝޯރޫމެއް

28 މާރިޗު 2022 | ހޯމަ 13:15

ޝޯރޫމް ހުޅުވާފައިވަނީ މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މާރިޗު 2022 | ހޯމަ 13:15
ގޭތެރޭގައި ދެވޭ ސިއްޙީފަރުވާގެ އާލާތްތަކަށް ޚާއްސަކޮށްގެން ހުޅުވި ޝޯރޫމް

ގޭތެރޭގައި ދެވޭ ސިއްޙީފަރުވާގެ އާލާތްތަކަށް ޚާއްސަކޮށްގެން ހުޅުވި ޝޯރޫމް

ގޭތެރޭގައި ދެވޭ ސިއްހީފަރުވާގެ އާލާތްތަކަށް ޚާއްސަ ޝޯރޫމެއް, އެސިސްޓެޑް ލިވިންގގެ ފަރާތުން ހުޅުވައިފިއެވެ.

މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި (އައި.ޖީ.އެމް.އެޗްގެ ކުރިމަތިން) ހުންނަ މި ޝޯރޫމް ރަސްމީކޮށް ހުޅުވައިދެއްވީ، ސެނަހިޔަގެ ޕަލްމޮނޮލޮޖިސްޓް ޑޮކްޓަރު ފާލިހުއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާއި، ޖަމްއިއްޔާތަކާއި، އެފް.އޭ.އެމްގެ ޑޮކްޓަރ އަދި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޕަލްމޮނޮލޮޖިސްޓް އަދި އޯރތޮޕެޑިކް ފަދަ ސްޕެޝިއަލިސްޓް ޑޮކްޓަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޝޯރޫމް ހުޅުމުގެ ހަފްލާގައި އެސިސްޓެޑް ލިވިންގގެ ފަރާތުން ވަނީ، މި ހަފްލާއަށް ވަޑައިގަތް ފަރާތްތަކަށް ޝޯރޫމް ދައްކާލައި, އެތަނުން ވިއްކާ ސާމާނުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މިޝޯރޫމުން ވިއްކާ ބައެއް ބްރޭންޑުތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ބްރޭންޑްތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ބްރޭންޑްތަކުގެތެރޭގައި, ޓެނާ، ޗާރޗް އެންޑް ޑްވައިޓް، ބީ.އެމް.ސީ ލ، ސޮފްޓް ޓަޗް، ތުއަސްނޭ، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެއެވެ.

އެސިސްޓެޑް ލިވިންގއިން ވިއްކާ ޚާއްސަ ތަކެތީގެ ތެރޭގައި, ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝަދުދޭ ގާރޑް ނުވަތަ ބްރޭސަސްގެ ބްރޭންޑް ހިމެނެއެވެ. މިތަނުން ވިއްކާ ސާމާނަކީ އާންމުކޮށް ބޭނުންނުކުރާ އަދި ލިބެން ނުހުންނަ ތަކެއްޗަށް ވާތީ، މި ފަދަ ސާމާނު އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް އެތުރޭނެ ގޮތް، މިތަނަށް އަންނަ މީހުނަށް ދައްކާލުމަށް ބެހެއްޓިފައި ހުންނާނެކަމަށް އެސިސްސްޓެޑް ލިވިންގއިން ވަނީ ބުނެފައެވެ.

އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެއާއި ފާޚާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލައަށް އެނދަށް އަރާ ފައިބަން އެހީތެރިވާ ސާމާނާއި, ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާގެ އަދި ވޯކަރ ފްރޭމްސް ފަދަ ވަރަށް ގިނަ ވައްތަރު މިތަނުން ލިބެން ހުންނާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެސިސްޓެޑް ލިވިންގ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

28 ޖޫން 2021

ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުން

28 ޖޫން 2021
ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުން
23 ޖޫން 2021

ކާބޯތަކެއްޗާއި މުދާ ވިއްކާ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލުތަކެއް

23 ޖޫން 2021
ކާބޯތަކެއްޗާއި މުދާ ވިއްކާ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލުތަކެއް
09 ޑިސެމްބަރު 2020

ބީއެމްއެލް މެދުވެރިކޮށް އީއައިބީގެ ކޮވިޑް ރިލީފް ލޯނަށް މިހާރު އެދެވޭނެ

09 ޑިސެމްބަރު 2020
ބީއެމްއެލް މެދުވެރިކޮށް އީއައިބީގެ ކޮވިޑް ރިލީފް ލޯނަށް މިހާރު އެދެވޭނެ
24 ނޮވެމްބަރު 2020

ދިރާގުގެ ނައުއެމްވީ އެޕް: މިހާރު ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

24 ނޮވެމްބަރު 2020
ދިރާގުގެ ނައުއެމްވީ އެޕް: މިހާރު ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ
15 ޖުލައި 2020

މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނީ ދަރަންޏަށް ފައިސާ ނެގިގެން: މިފްކޯ

15 ޖުލައި 2020
މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭނީ ދަރަންޏަށް ފައިސާ ނެގިގެން: މިފްކޯ
23 މެއި 2020

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެންމެ ގިނަ އިން އެތެރެކުރީ ސިއްހީ ސާމާނާއި ފޭސް މާސްކް

23 މެއި 2020
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އެންމެ ގިނަ އިން އެތެރެކުރީ ސިއްހީ ސާމާނާއި ފޭސް މާސްކް
26 އެޕްރީލު 2020

އެއްފަހަރާ ވިޔަފާރިކުރަން ވަދެވޭނީ ތިން މީހުންނަށް: ވީބީ މާޓް

26 އެޕްރީލު 2020
އެއްފަހަރާ ވިޔަފާރިކުރަން ވަދެވޭނީ ތިން މީހުންނަށް: ވީބީ މާޓް
24 ސެޕްޓެމްބަރު 2019

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން

24 ސެޕްޓެމްބަރު 2019
ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން
21 ފެބުރުއަރީ 2018

ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނުވި 100 ލީޑަރުންގެ ތެރޭގައި ދިވެއްސެއް !

21 ފެބުރުއަރީ 2018
ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނުވި 100 ލީޑަރުންގެ ތެރޭގައި ދިވެއްސެއް !
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް