Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރެސްޓޯރެންޓް އެސޯސިއޭޝަން

ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުވުން

28 ޖޫން 2021 | ހޯމަ 14:34

ފިޔަވަޅުތައް އަޅާއިރު ސަރުކާރުގެ ފަރާތުން މަޝްވަރާ ނުކުރާ ކަމަށް ވަނީ ބުނެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖޫން 2021 | ހޯމަ 14:34
ރެސްޓޯރެންޓް އެސޯސިއޭޝަން އިން ކުރިއަށް ގެންދިޔަ އިހުތިޖާޖު

ރެސްޓޯރެންޓް އެސޯސިއޭޝަން އިން ކުރިއަށް ގެންދިޔަ އިހުތިޖާޖު

ޑައިން އިން ގެ ހިދުމަތް ނުދެވޭތީ ރެސްޓޯރެންޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ހޯމަ ދުވަހުގެ ހަވީރު ކާނިވާ ސަރަހައްދުގައި ވަނީ ސުލްހަވެރި އިހުތިޖާޖެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި އިހުތިޖާޖުގެ ތެރެއިން ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން އެ މީހުންގެ ޝުއޫރުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި އެމީހުން ފާހަގަކޮށްފައިވަނީ ފިޔަވަޅުތައް އަޅާއިރު ސަރުކާރުގެ ފަރާތުން އެމީހުންނާއި މަޝްވަރާ ނުކުރާ މައްސަލައެވެ. އަދި ފިޔަވަޅުތައް ހަރުކަށި ކޮށް ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިން ގެ ހިދުމަތް ފޯރުކޮށްނުދެވޭތީ އެމީހުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފިޔަވަޅުތައް އަޅަމުންދަނީ ކޮވިޑުގެ ހާލަތަށް ބެލުމަށްފަހު ކަމާއި ގުޅޭ ފަރާތްތަކާއި އަދި ޑޮކްޓަރުންނާއި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ރެސްޓޯރެންޓުތަކުން ފާޅުކުރާ ކަންބޮޑުވުންތައް ވެސް އެނގިވަޑައިގަންނަވާ ކަަމަށެވެ.

މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓް ފަދަ، ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިން ހުއްޓާލާފައިވާއިރު މިހާރު ހަމައެކަނި ފޯރުކޮށްދެވެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 23 ޖޫން 2021ން 30 ޖޫން 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތެވެ. ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެނދުނު 6:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ. ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ތަނުގައި މުވައްޒަފުން ތިބެންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފަހުއެވެ.

ކޮވިޑްގެ ނަންބަރުތައް މާލެ ސަރަހައްދުގައި އިތުރުވާން ފެށުމުގެ ސަބަބުން ސަރުކާރުން އެޅި ޚާއްސަ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓް، ޖިމް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އެ ވިޔަފާރިތަަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. 

އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ

11 ޖެނުއަރީ 2018
އެސްޓީއޯ ސުޕަރމާޓުން އަނެއްކާ ވެސް ހުކުރު ދުވަހު ހިދުމަތް ދޭން ފަށަނީ
29 ނޮވެމްބަރު 2017

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !

29 ނޮވެމްބަރު 2017
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !
04 ސެޕްޓެމްބަރު 2017

"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި

04 ސެޕްޓެމްބަރު 2017
"ސްމައިލްޓު ޕޭ" ހިދުމަތް ކޭއެފްސީން ތައާރަފުކޮށްފި
17 ޖުލައި 2017

އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި

17 ޖުލައި 2017
އޮންބޯޑް.އެމްވީން ޗާޓަރ ހިދުމަތް ފަށައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް