Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޫގަސް ތަރައްގީކުރުން

ދޫގަސް ހުރި އިމާރާތުގައި ހޮޓަލެއް އެޅުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިނުމަށް ރައީސް ނިންމަވައިފި

120 ކޮޓަރީގެ ގެސްޓްް ހައުސްއެއްގެގޮތަށް އަލުން އެތަން ތަރައްގީކުރުމަށް ރަސްމީކޮށް އެމްޕީއެލްއާ ހަވާލުކުރީ 2018 ޖޫން 14ގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 މާރިޗު 2022 | އާދީއްތަ 18:11
ދޫގަސް ތަރައްގީކުރުމަށް އެމްޕީއެލްއާ ހަވާލުކުރީ ރައީސް ޔާމިންގެ ވެރިކަމުގައި

ދޫގަސް ތަރައްގީކުރުމަށް އެމްޕީއެލްއާ ހަވާލުކުރީ ރައީސް ޔާމިންގެ ވެރިކަމުގައި

އައްޑޫސިޓީ ގަމުގައި ދޫގަސް ހުރި އިމާރާތުގައި ހޮޓަލެއް ތަރައްގީކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުން ފައްޓަވައިދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް އަންނަ އަހަރު މެއި ނުވަތަ ޖޫން ހިސާބުގައި ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ވަރަސް ފުރިހަމަ ހޮޓަލަކަށް ވެގެންދާނެ ކަމަށާއި، އެތަން ތަަރައްގީކުރާނީ ކޮންވެންޝަންތައް ބޭއްވޭފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ތަފާތު ވަސީލަތްތަކާއެކު ތަރައްގީވެގެންދާނެ އެ ހޮޓަލަކީ، އައްޑޫ ސިޓީގެ ޒުވާނުންނަށް އިތުރުވަޒީފާތަކެއް އުފެދިގެންދާނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްވެހި ފަތިސް ކެމްފެއިން ބައްދަލުވުމުގައި 2021 ވަނަ އަހަރު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ, ގަމު ދޫގަސް ގެސްޓް ހައުސް ދެން ތަރައްގީކުރާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުުވެފައިވަނީ، އެމްޕީއެލްއިން ދައްކަންޖެހޭ ލޯނެއް އޮތުމާއެކު މިއަހަރު ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސް މިންވަރެއް ދީގެން އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ދޫގަސް، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި، 2009ގައި އޮތީ އެމްވީކޭއާ ހަވާލު ކޮށްފައެވެ. އެއީ ދެކުނު ދަތުރުފަތުރުގެ ޚިދުމަތްދޭން ހަވާލުކުރުމާއެކު، ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރަށެވެ.

އެމްވީކޭއާ ދޫގަސް ހަވާލު ކުރުމުން އެ ކުންފުނިން ވަނީ އެތަނުގެ ނަން "ގޭން ރިޓްރީޓް އައިލެންޑް"އަށް ބަދަލުކޮށް، ތަނުގެ ޑިޒައިނަށް ވެސް ބައެއް ބަދަލުތައް ގެނެސްފައި ވެއެވެ. އަދި ފަހުން އެމްވީކޭއިން 2014ގައި އެތަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސްއަށް ވެސް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނިން އެތަން ހިންގީ "ޖޭ ޕެލަސް"ގެ ނަމުގައެވެ.

ނަމަވެސް އެމްވީކޭއާ ހަވާލުކޮށްގެން ދޫގަސް ހިންގޭ ގޮތް ނުވުމުން ރައީސް ޔާމީންގެ ސަރުކާރުން އެމްވީކޭ އަތުން ދޫގަސް ނެގީ 2015ގައެވެ. 120 ކޮޓަރީގެ ގެސްޓްް ހައުސްއެއްގެގޮތަށް އަލުން އެތަން ތަރައްގީކުރުމަށް ރަސްމީކޮށް އެމްޕީއެލްއާ ހަވާލުކުރީ 2018 ޖޫން 14ގައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު