Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ފްލައިޓެއް ވެއްޓުން

ޗައިނާގެ އީސްޓާރން އެއާރލައިންގެ ދެވަނަ ކަޅުފޮށި ފެނިއްޖެ

ފްލައިޓު ވެއްޓުނުއިރު ބޯޓުގައި 123 ޕަސިންޖަރުންނާއި، 9 ކްރޫއިން ތިބި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 މާރިޗު 2022 | އާދީއްތަ 06:22
ޗައިނާގެ އީސްޓާރން އެއާރލައިން ވެއްޓުނު ސަރަހައްދު

ޗައިނާގެ އީސްޓާރން އެއާރލައިން ވެއްޓުނު ސަރަހައްދު

މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ އީސްޓާރން އެއާރލައިން ވެއްޓި ހިނގި ހާދިސާގައި ހޯދަމުންދިޔަ ދެވަނަ ކަޅުފޮށި ފެނިއްޖެއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަނާއި ހަވާލާދީ ރޮއިޓާރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެފްލައިޓް ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކުންމިން ސިޓީން ގުއަންޒޯ ސިޓީއަށެވެ. ފްލައިޓް ވެއްޓުނީ، ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއަށެވެ. ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، ފްލައިޓާއި ގުޅުން ކެނޑުނީ ވޫޒޯ ސިޓީއާއި ހިސާބުން ކަމަށެވެ. ފްލައިޓް ވެއްޓުނު އިރު އޭގައި ތިބީ 123 ޕަސިންޖަރުންނާއި، 9 ކްރޫއިން ކަމުގައި ޗައިނާގެ ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިތަކާއި، ފްލައިޓުގެ ބައެއް ބައިތައް ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ފްލައިޓުގެ ކަޅުފޮއްޓެއް އަދި ކޮކްޕިކް ވޮއިސް ރެކޯޑަރު ފެނިފައިވާކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މި ފްލައިޓުގެ ދެވަނަ ކަޅުފޮށި ފެނުމާއެކު މިހާރު ފްލައިޓުގެ ދެކަޅުފޮށިވެސް ވަނީ ބެއިޖިންގް އަށް ފޮނުވާފައެވެ.

މިފްލައިޓުން ދަތުރުކުރި ޕަސިންޖަރުންނާއި، ކްރޫއިން ހިމެނޭ ގޮތަށް އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު