Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސާބިޔާގައި ރާއްޖެ ޕްރޮމޯޓްކުރުން

ސާބިޔާގެ ވެރިރަށް ބެލްގްރޭޑް ގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ގައި ރާއްޖެއިން ބައިވެރިވެއްޖެ

ބެލްގްރޭޑް ފެއަރ ގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ސްޓޯލަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 08:46
"43 އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ސަޔަމް ޓޫރިޒްމާ 2022'' ގެ ތެރެއިން

"43 އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ސަޔަމް ޓޫރިޒްމާ 2022'' ގެ ތެރެއިން

ސާބިޔާގެ ވެރިރަށް ބެލްގްރޭޑް ގައި "43 އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ސަޔަމް ޓޫރިޒްމާ 2022" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މިއީ ސާބިޔާގައި ބޭއްވޭ އެންމެ ބޮޑު ޓޫރިޒަމް ފެއަރ އެވެ. އަދި މިއީ މީގެ 43 ވަނަ ފެއަރއެވެ.

މި ފެއަރ ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ. މީގެ އިތުރުން ރާއްޖޭގެ ޑެލިގޭޝަންގައި އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއް ސަމަދު، އެމް.އެމް.ޕީ.އާރު.ސީ ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ނީޝާ މުޙައްމަދު ޝާހިދު، ގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާރޗް 24 ން 27 އަށް ބާއްވާ ސާބިޔާގެ ފެއަރ ގައި ރާއްޖޭ ތަމްޞީލު ކުރައްވަނީ ސްލޮވޭނިޔާގައި ދިރިއުޅެމުންދާ އައިޝަތު ނުޒުހާއެވެ. ނުޒުހާ ދަނީ ސްލޮވޭނިޔާގައި ރާއްޖެ މާކެޓްކޮށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ''މޮއި މަލްދިވީ" (މައި މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ރާއްޖޭގެ އިޝްތިހާރުކުރުމަށް މަޖައްލާ ވެސް ނެރެމުން ގެންދެއެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން މޮއި މަލްދިވީ ގެ މެނޭޖިން ޑިރެކްޓަރ ނުޒުހާ ވިދާޅުވީ މަގުސަދަކީ އަދި އުއްމީދަކީ، މުޅި ދެކުނު އިރުމަތީ ޔޫރަޕްގައި (ބޯލްކަންސް ސަރަހައްދު) ރާއްޖެ މާކެޓްކޮށް، އެސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކޮށް، އިގްތިސާދީ އެކިއެކި ހަރަކާތްތައް ރާއްޖެ އާއި އެ ސަރަހައްދުގެ ގައުމުތަކާއިއެކު ކުރިއަށް ގެންދިޔުން ކަމަށެވެ.

އެމްއެމްޕީއާރުސީ އާއި އެމް.އައި.ޓީ.ޑީސީގެ އެހީތެރިކަން ލިބިގެން، ބެލްގްރޭޑް ފެއަރ ގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ސްޓޯލަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވައި ނުޒުހާ ވިދާޅުވީ ސާބިޔާއިން އެންމެ ފަސޭހައިން ރާއްޖެއަށް ދެވޭނެ ގޮތުގެ ސުވާލު ވަރަށް ގިނަ މީހުން ކުރާ ކަމަށެވެ. މި ފެއަރއަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެންމެ ފަސޭހަ މަގުތަކާއި އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެމުންދާކަން ނުޒުހާ ފާހަގަކުރެއްވިއެވެ.

ރާއްޖެ މާކެޓްކުރުމަށް ކުރާ ބުރަ މަސައްކަތުގައި، އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީ ގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކޮށްފައިވެއެވެ.

މި ފެއަރ ގައި ބައިވެރިވި އެކިއެކި ގައުމުތަކުގެ މަންދޫބުންނާއެކު، ފެއަރ ގެ ހަވާސާގައި، ތަފާތު ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.

ފަތުރުވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
އަނެއްކާވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އަނެއްކާވެސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

14 މާރިޗު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު