Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑްކަޕް ކޮލިފައިންގ ޕްލޭއޮފް ސެމީ

އިޓަލީއަށް ފުރުޞަތެއް ނެތް، ޕޯޗްގަލްއަށް އޮތީ ފަހު ފިޔަވަޅު!

ޕޯޗްގަލް ވަނީ 3-1 ން ތުރުކީ ބަލިކޮށްފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 މާރިޗު 2022 | ހުކުރު 06:09
އިޓަލީއާއި ނޯތު މެސެޑޯނިޔާ ވާދަކުރި މެޗުގެ ތެރެއިން

އިޓަލީއާއި ނޯތު މެސެޑޯނިޔާ ވާދަކުރި މެޗުގެ ތެރެއިން

މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑްކަޕުންވެސް އިޓަލީއަށް ފުރުޞަތު ގެއްލި, ޕޯޗްގަލް ފަހު ފިޔަވަޅާއި ހަމައަށް ދަތުރުކޮށްފިއެވެ. އިޓަލީއަށް ފުރުޞަތު ބަންދުވީ ފީފާ ވޯލްޑްކަޕް ކޮލިފައިންގ ޕްލޭއޮފް ސެމީގައި ނޯތު މެސެޑޯނިޔާ އަތުން ބަލިވެގެންނެވެ.

ޔޫރަޕްގެ ޗެމްޕިއަން އިޓަލީން މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ, ފުރުޞަތު ހޯދިޔަސް ނަތީޖާ ނެރުނީ މުޅި މެޗުގައި ދެ ފުރުޞަތު ލިބުނު ނޯތު މެސެޑޯނިޔާއިންނެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު އަދި އިޓަލީ ސަޕޯޓަރުން ރޮއްވާލި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ލަނޑު ޖެހީ އެލެކްސަންޑާ ޓްރަޖޯވްސްކީއެވެ. މިނަތީޖާއާއެކު ވިދިވިދިގެން ދެ ވޯލްޑްކަޕުން އިޓަލީއަށް ފުރުޞަތު ގެއްލުނީއެވެ. ކުރިއަށް އޮތް ވޯލްޑްކަޕުން އިޓަލީއަށް ފުރުޞަތު ގެއްލިފައި މިވަނީ މަންޗީނީއާއެކު ޓީމް އަލުން ބައްޓަންކޮށް, ނަތީޖާތައް ރަނގަޅުކުރުމުގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނިކޮށެވެ.

އިޓަލީ ކެޓިނަމަވެސް ރޮނަލްޑޯއަށް އަދި ވޯލްޑްކަޕް ކުޅުމުގެ އުއްމީދު ބޮޑެވެ. ޕޯޗްގަލް ވަނީ 3-1 ން ތުރުކީ ބަލިކޮށްފައެވެ. ވޯލްޑްކަޕްއަށް ކޮލިފައިވާން ޕޯޗްގަލްއަށް ދެން އޮތީ އެންމެ ހަރުފަތެކެވެ. އެއީ ރޭ އިޓަލީ ބަލިކުރި ނޯތު މެސެޑޯނިޔާ އަތުން މޮޅުވުމެވެ. ތުރުކީ އަތުން ޕޯޗްގަލް މޮޅުވީ އަނިޔާއާއި ސަސްޕެންޝަންގެ ސަބަބުން ޓީމްގެ މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅެއެވެ. މެޗުގައި ޕޯޗްގަލްގެ ފުރަތަމަ ލަނޑު ޖެހީ އޮޓާވިއޯއެވެ. ދެވަނަ ލަނޑު ޖެހީ ލިވަޕޫލަށް ކުޅެމުން އަންނަ ޖޮޓާއެވެ. ތިންވަނަ ލަނޑު ޖެހީ މަތިއު ނޫނިއޭޒްއެވެ. ތުރުކީގެ ލަނޑު ޖެހީ ޔިލްމާޒްއެވެ. ތުރުކީއަށް ލިބުނު ޕެނަލްޓީއެއް ޔިލްމާޒް އަތުން ބޭކާރުވެސް ވިއެވެ.

ވޯލްޑްކަޕް ޖާގަ ޔަޤީންކުރަން ނޯތް މެސެޑޯނިޔާއާއި ދެކޮޅަށް ޕޯޗްގަލް ނިކުންނަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ ރޭއެވެ.

އިޓަލީގެ ގައުމީ ޓީމުވޯލްޑް ކަޕް ކޮލިފައިން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
06 ސެޕްޓެމްބަރު 2025

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު