Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ބޯޓެއް ވެއްޓުން

ހޯމަދުވަހު ޗައިނާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި އެކަކުވެސް ސަލާމަތެއްނުވޭ

22 މާރިޗު 2022 | އަންގާރަ 13:13

ބޯޓު 2 މިނެޓެއްހާއިރު ތެރޭގައި 25،000 ފޫޓުގެ ރާސްތާއެއް ކަޑައްތުކުރި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 މާރިޗު 2022 | އަންގާރަ 13:13
ޗައިނާގެ ތަހުގީގު ޓީމްތައް، ބޯޓުވެއްޓުނު ތަނަށް ދަތުރުކުރަނީ

ޗައިނާގެ ތަހުގީގު ޓީމްތައް، ބޯޓުވެއްޓުނު ތަނަށް ދަތުރުކުރަނީ

ޗައިނާއަށް ހޯމަދުވަހު ވެއްޓުނު "ޗައިނާ އީސްޓަރން އެއަރލައިން"ގެ ބޯޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތްނުވާކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެފިއެވެ. 132 މީހުންނާއެކު ކުންމިންގއިން ފުރައިގެން ގުއަންގޒޫއަށް ދަތުރު ކުރި ބޮއިންގ737 މަރުކާގެ ބޯޓު ވެއްޓިފައިވަނީ ބޯ ޖަންގަލި ހިމެނޭ ފަރުބަދަމަތީގެ ހިސާބަކަށް, އިއްޔެ މެންދުރުފަހުގެ މަގުތެއްގައެވެ. މަރުވި މީހުންނާބެހޭ އިތުރު ތަފްސީލެއް ޗައިނާ ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

ސަރުކާރުން ހިންގާ ޗައިނާ ޔޫތު ޑެއިލީއާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި, މޫސުން ގޯސްވުމާއި އަދި ފަރުބަދަމަތީގެ ސަރަހައްދަކަށްވާތީ, ތަހުގީގު ޓީމްތަކަށްވެސް ބޯޓުވެއްޓުނު ތަނަށް ދިއުމަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ބޯޓު ވެއްޓުނު ސަބަބެއް އަދިވެސް ހާމަވެފައި ނުވާއިރު, ބޯޓުގެ ކަޅު ފޮއްޓާއި ކޮކްޕިޓް ވޮއިސް ރެކޯޑަރވެސް އަދި ނުފެންކަމަށް ޚަބަރުތައް ބުނެއެވެ.

ހޯމަ ދުވަހުގެ ހާދިސާއަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭ ޗައިނާގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ. ފަސިންޖަރުންނާބެހޭ އެއްވެސް ޚަބަރެއް ލިބޭތޯ ހޯމަދުވަހުގެ ހަވީރުން ފެށިގެން, ފަސިންޖަރުންނާއި ފަޅުވެރިންގެ އާއިލާގެ މީހުން ގުއަންގޒޫ އެއާޕޯޓަށް ވަނީ އެއްވާން ފަށާފައެވެ.

އެމެރިކާގެ ފެޑަރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ސޭފްޓީ އިންސްޕެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ އޮފިޝަލަކު ބުނެފައިވާ ގޮތުގައި, ބޯޓުވެއްޓުނު ބާރު ސްޕީޑްއަށް ބަލާއިރު އެކަކުވެސް ދިރިހުންނާނެ ކަމަކަށް ނުބެލެވެއެވެ. ބޯޓު ބިމާ ގުޅުން ކެނޑި, ކުއްލިއަކަށް ސީދާ ތިރިއަށް ވެއްޓުމުގައި ދެމިނެޓެއް ހާއިރު ތެރޭ 25,000 ފޫޓުގެ ރާސްތާއެއް ކަޑައްތުކުރިކަމަށް ވެއެވެ.

ހާދިސާ ހިނގިތާ ދެތިންގަޑިއިރުތެރޭގައި ޗައިނާގެ ރައީސް ޝީޖިން ޕިންގ ވަނީ ބަޔާނެއް ނެރުއްވައި، އަވަހަށް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށުމަށާއި, ކަން ހިނގިގޮތް ދެނެގަތުމަށް އިމަރޖެންސީ ސަރވިސަސްއަށް އަމުރު ކުރައްވާފައެވެ.

ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް