Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ ޖޫނިއަރ ކޮލެޖް

ދިއްދޫ ޖޫނިއަރ ކޮލެޖަށް 6 ފަރާތަކުން ބީލަން ހުށަހަޅައިފި

ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގއާއި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 މާރިޗު 2022 | ބުރާސްފަތި 13:44
ހއ. ދިއްދޫ ޖޫނިއަރ ކޮލެޖުގެ ޑިޒައިން

ހއ. ދިއްދޫ ޖޫނިއަރ ކޮލެޖުގެ ޑިޒައިން

ހއ. ދިއްދޫގައި ސަރުކާރުން ގާއިމްކުރާ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމަށް 6 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ, މި މަޝްރޫއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް, މަތީތައަލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކް ކަމަށެވެ. މި ޕްރޮޖެކްޓްގެ ކޮންސްޓަރަކްޝަން މަސައްކަތަށް ހުޅުވާލި ޓެންޑަރގެ ބީލަން ހުޅުވުން ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ފިނޭންސްގައި އޮތްއިރު, 6 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓުގެ ދަށުން، ޖޫނިއަރ ކޮލެޖް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ޓެންޑަރ ކޮށްފައިވާ މަޝްރޫއުގެ ބީލަމާ ގުޅިގެން ދޫކޮށްފައިވާ އެޑެންޑަމާއެކު އިޝޫކޮށްފައިވާ ބީ.އޯ.ކިއުއާއި, ކުރެހުމުގައި އޮޅުންއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، ކުރިން ހުށަހަޅައިފައިވާ ބިޑުތައް ބާތިލްކޮށް، އަލުން އިއުލާނުކުރުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމަވާފައިވާތީ، މި މަސައްކަތް ރީ-ޓެންޑަރކޮށްފައިވަނީ 06 މާރޗް 2022ގައެވެ.

ހއ. ދިއްދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕަރޕަސް ވޯކްޝޮޕެއްގެ އިތުރުން 8 ކްލާސްރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ޖޫނިއަރ ކޮލެޖުގެ މަސައްކަތް ލަސްވާ މައްސަލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ, ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް 2022ގެ ފަހުކޮޅަށް ނިމި ކޯސްތަކަށް އިއުލާން ކުރެވޭވަރުވާނެ ކަމަށެވެ. އަދި 2023ވަނަ އަހަރު އެތަނުގައި ކޯސްތައް ފެށި, ކިޔަވައިދޭން ފަށާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ, ކޮލެޖްގެ މަސައްކަތް ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންގޮސް ނިންމާލުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. ފަހަރަކު ތަންކޮޅެއްގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެއްކޮށް މަސައްކަތް ގެންދިޔުމަށްޓަކައި, ޕީޕީއައިގެ ދަށުން އިންވެސްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި, މިގޮތަށް ނިންމީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

ޖޫނިއަރ ކޮލެޖްގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލާވެސް މަޝްވަރާ ކުރުމާއެކުގައި ކަމަށާއި, ޖޫނިއަރ ކޮލެޖް ވަކި ދާއިރާއަކަށް ޚާއްސަ ކުރުުމަށް މަސައްކަތްތަކެއްވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ. ކޮލެޖް އެޅުމަށް ބޭނުންވާ ބިން ހޯދުމަށްވެސް ކައުންސިލާއެކު މަޝްވަރާކުރެވި, ބިން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިންވެސްޓަރެއް ހަމަޖެހުމާއެކު އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަ ގޮތުގައި ގެނެސް ދިނުމަށް މަސައްކަތް ކުރިން 11 އޮކްޓޯބަރގައި ރައީސާއެކު މަޝްވަރާ ކުރެއްވިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދިއްދޫގައި ޖޫނިއަރ ކޮލެޖް އެޅުމުގެ މަސައްކަތަށް 2019 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި 3 ލައްކަ ރުފިޔާ ކަނޑައެޅިއެވެ. މި ބަޖެޓުގެ ތެރެއިން ޑިޒައިންގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް މުޅިން އަލަށް ތައާރަފްވާ މޮޑެލްއެކެވެ. މި މޮޑެލްގެ ކޮލެޖުތައް ޚާއްސަކުރާނީ އޯލެވެލް ނިންމާފައި ނުކުންނަ އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. މި ކޮލެޖްތަކުގައި ހިންގާނީ 2 އަހަރުގެ މުއްދަތުން ހިންގާ ކޯސްތަކާއި ތަމްރީންތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

22 ޖުލައި 2017
ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި

ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި

04 ޖުލައި 2017
ދިއްދޫ ދާއިރާގެ މެމްބަރު ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލައިފި

ދިއްދޫ ދާއިރާގެ މެމްބަރު ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލައިފި

30 ޖޫން 2017
ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ނަން ހުށައަޅައިފި

ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ނަން ހުށައަޅައިފި

16 ޖޫން 2017
އެއްވެސް ފަރާތަކުން ޤާނޫން އަސާސީއާ ޚިލާފަށް ނިންމާ ނިންމުންމަކީ ބާތިލް ނިންމުމެއް:ރައީސް މައުމޫން

އެއްވެސް ފަރާތަކުން ޤާނޫން އަސާސީއާ ޚިލާފަށް ނިންމާ ނިންމުންމަކީ ބާތިލް ނިންމުމެއް:ރައީސް މައުމޫން

22 މެއި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު