Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ ތަފާސްހިސާބު

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި

16 މާރިޗު 2022 | ބުދަ 11:53

ފެބްރުއަރީ މަހު އެކި މައްސަލަތަކުގައި 80 މީހަކު ޖަލަށް ގެންގޮސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2022 | ބުދަ 11:53
ގައިދީއަކު ޖަލަށް ގެންދަނީ

ގައިދީއަކު ޖަލަށް ގެންދަނީ

މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކަރެކްޝަންސުން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން, ފެބްރުއަރީ މަހު އެކި މައްސަލަތަކުގައި 80 މީހަކު ޖަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 16 މީހެއްގެ ޝަރީއަތް މިހާރު ކުރިއަށްދާއިރު، 64 މީހަކަށް ހުކުމް އިއްވާފައިވެއެވެ.

Advertisement - newsAdvertisement

އަލަށް ޖަލަށް ލާފައިވާ މީހުންގެ ތެރެއިންވެސް 51.6 އިންސައްތަ މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. ފޭރުމާއި ވައްކަމުގެ 21.9 އިންސައްތަ, ކުޑަކުދިންނާއި ޖިންސީ ގޯނާކުރި 6.3 އިންސައްތަ، ކޯޓުގެ ގާނޫނަށް ހުރަސްއެޅުމާއި ގުޅިގެން 1.6 އިންސައްތަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ 1.6 އިންސައްތަ، އެހެން މީހެއްގެ މުދަލަށް އަރައިގަތުމުގެ 7.8 އިންސައްތަ، އިންޒާރު ދިނުމުގެ 1.6 އިންސައްތަ، އާއްމުންގެ ތެރޭގައި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 3.1 އިންސައްތަ، ޓެރަރިޒަމްގެ 1.6 އިންސައްތަ އަދި އެހެނިހެން 3.1 އިންސައްތަ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ ތެރޭގައި 52 މީހުން ޖަލުން ދޫކޮށްލާފައިވެއެވެ. އޭގެ ތެރެއިން 17 މައްސަލަ ކުރިއަށްދާއިރު، 35 މީހަކު މިނިވަންކޮށްފައިވަނީ ހުކުމް ތަންފީޒު ކުރުމުންނެވެ.

ކަރެކްޝަންސުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި އަތުލައިގަތް ތަކެއްޗަށް ބަލާއިރު، މާފުށީ ޖަލުން 11 ފޯނު، އައްސޭރި ޖަލުން 13 ފޯނު އަތުލާފައިވެއެވެ. މީގެ ތެރޭގައި ސިމް ކާޑާއި، ޗާޖަރާއި، ބޭނުން ކުރުން މަނާ ބޭސް، ހެޑްސެޓް، އަދި ފޯނުގެ ބެޓަރީތައް ހޯދާފައިވެއެވެ.

ކަރެކްޝަންސުން ދަނީ ގައިދީންނަށް ފޯނުން ގުޅުމުގެ ފުރުސަތު ވެސް ދެމުންނެވެ.

އެގޮތުން މިދިޔަ މަހު މާފުށީ ޖަލުން 682 ގައިދީންނަށް ފޯނުން ގުޅުމުގެ ފުރުސަތު ދީފައިވާއިރު، 241 ގައިދީންނަށް ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދީފައިވެއެވެ. މާލެ ޖަލުން 394 ގައިދީންނަށް ފޯނުން ގުޅުމުގެ ފުރުސަތު ދީފައިވެއެވެ. އަދި 137 ގައިދީންނަށް ވީޑީއޯ ކޯލު ކުރުމުގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުން އައްސޭރި ޖަލުން 169 ގައިދީންނަށް ފޯނު ކޯލު ކުރުމުގެ ފުރުސަތު ދީފައިވާއިރު، 30 ގައިދީންނަށް ވީޑިއޯ ކޯލު ކުރުމުގެ ފުރުސަތު ދީފައިވެއެވެ. އަދި ހުޅުމާލެ ޖަލުން 151 ގައިދީންނަށް ފޯނު ކޯލު ކުރުމުގެ ފުރުސަތު ދީފައިވާއިރު، ވީޑީއޯ ކޯލު ކުރުމުގެ ފުރުސަތު 2 ގައިދީއަކަށް ދީފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް