Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތަކުގެ އަގުތައް

މުޒާހަރާ ނުކުރުމަށް ނިންމާ، ޓެކްސީ ޑްރައިވަރުން ކަނޑައެޅި އަގަށް ދަތުރުތައް ކުރަން ފަށައިފި

11 މާރިޗު 2022 | ހުކުރު 17:04

ދެން ދަތުރުތައް ކުރާނީ ޑްރައިވަރާއި ޚިދުމަތް ހޯދާ މީހާއާއި ދެމެދު ރުހޭ އަގެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 މާރިޗު 2022 | ހުކުރު 17:04
ހުޅުމާލެ

ހުޅުމާލެ

މުޒާހަރާ ނުކުރުމަށް ނިންމާ، ޓެކްސީ ޑްރައިވަރުން އަމިއްލައަށް ކަނޑައެޅި އަގަށް ދަތުރުތައް ކުރަން ނިންމައިފިއެވެ.

ޓެކްސީ ޑްރައިވަރުން ބުނީ ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތެއް ނާންގާތީ އެމީހުން އަމިއްލައަށް ކަނޑައެެޅި އަގަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެމީހުން ބުނީ ދެން ދަތުރުތައް ކުރާނީ ޑްރައިވަރާއި ޚިދުމަތް ހޯދާ މީހާއާއި ދެމެދު ރުހޭ އަގެއްގައި ކަމަށެވެ. އަދި އެއީ އެމީހުން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަ އަގަކަށް ނުވާނެ ކަމަށާއި އެ އަގަށްވުރެ އަގުތައް ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ހުރިހާ ޓެކްސީތަކުގައި ވެސް ދެން އައު އަގުތައް ފެންނަން ހުންނާނެ ކަމަށާއި، އެހެންކަމުން ޚިދުމަތް ހޯދާ ކަސްޓަމަރުން އެ ޚިދުމަތް ހޯދާނީ އެ އަގުތަކަށް ރުހި ގަބޫލުވާކަމުގައިވާނަމަ ކަމަށް ވެސް ޑްރައިވަރުން ބުނެއެވެ.

ޓެކްސީ ޑްރައިވަރުން ވަނީ ބުރާސްފަތި ދުވަހު މުޒާހާރާކޮށް، ސެންޓަރުތައް ވެސް ބަންދުކޮށް ބައެއް ޓެކްސީ އެޕްލިކޭޝަންތައް ވެސް ޑައުންކޮށްފައެވެ. އެހެންނަމަވެސް މިހާރު ވަނީ ޚިދުމަތްދޭން ފަށާފައެވެ.

ޓެކްސީ ޑްރައިވަރުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ސެންޓަރުތަކުގެ އިސްވެރިން ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލުކޮށްފައިވާއިރު އަގުތަކާއި ގުޅިގެން އޮތް ހައްލަކީ މީޓަރު ހަރުކުރުން ކަމުގައި ގިނަ ސެންޓަރުންތަކުގެ އިސްވެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މީޓަރު ހަރުކުރެވެންދެން ވެސް އަގުތަށް ބޮޑުކުރުމަށް ވަނީ ޑިމާންކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އާދީއްތަ ދުވަހަށް ޖަވާބެއް ދެވޭތޯ ބަލާނެކަމަށެވެ.

ޓެކްސީ ޑްރައިވަރުން މިހެން ބުނެފައިވާއިރު ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކެއް ޓެކްސީތަކުން ނަގާނަމަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ ޓެކްސީ ޚިދުމަތްތަކަށް ނެގޭ އަގުތައް ބަޔާންކޮށް، އެއަގުތަކުގެ އިތުރަށް ކަސްޓަމަރުންގެ އަތުންނާއި ޓެކްސީތަކަށް އަރުވާ ދާގީނާއަށް އަގު ނެގުން ފަދަ ކަންކަމަކީ މަނާ ކަމެއްކަމަށް ހަނދާންކޮށްދީފައެވެ.

ޓެކްސީ ޚިދުމަތް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
14 އެޕްރީލު 2025

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް
28 ފެބުރުއަރީ 2025

ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް

28 ފެބުރުއަރީ 2025
ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް
02 ފެބުރުއަރީ 2025

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

02 ފެބުރުއަރީ 2025
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
17 ޑިސެމްބަރު 2024

މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ

17 ޑިސެމްބަރު 2024
މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ
17 ޑިސެމްބަރު 2024

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

17 ޑިސެމްބަރު 2024
ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި
14 ޑިސެމްބަރު 2024

ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ

14 ޑިސެމްބަރު 2024
ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް