Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފެޝަން ޑިޒައިނަރުގެ މަސައްކަތް

ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު: ވިޔަފާރިގެ ދާއިރާއަށް އަންހެނުން ނެރުމުގައި

ސަގާފީ ހެދުންތައް ފެހުމަށް އިސްކަންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 މާރިޗު 2022 | ބުރާސްފަތި 13:06
ފެހުމުގެ މަސައްކަތް ދަސްކޮށްދެނީ

ފެހުމުގެ މަސައްކަތް ދަސްކޮށްދެނީ

ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު ނާދްޔާ ހަޒްބައުންގެ މަސައްކަތްތައް ފުޅާކޮށް، އެދާއިރާއަށް އިތުރު އަންހެނުން ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ނާދްޔާއަކީ ފަލަސްތީނުގެ ބެތްލެހަމްއަށް ނިސްބަތްވާ ޒުވާން ޑިޒައިނަރެކެވެ. އޭނާ މިހާރު ދަނީ އެ ސިޓީގެ އަންހެނުންނަށް ފެހުމުގެ ހުނަރުތައް ދަސްކޮށްދެމުންނެވެ. ތަފާތު އެކިއެކި ވައްތަރުގެ ހެދުން ފެހުމަށް ދަސްކޮށްދެމުންދާއިރު، އެކިއެކި ގައުމުތަކުގެ ޓްރެޑީޝަނަލް ހެދުންތައް ފެހުމަށް އިސްކަން ދެއެވެ.

މި މަސައްކަތްކާއި ގުޅޭ ގޮތުން ނާދްޔާ ބުނީ މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ޕްރޯޓެރާ ސެންޓަރގެ ބެޓްވުމަން ޕްރޮޖެކްޓްގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ގިނަ އަންހެނުންނަށް ތަމްރީންތައް ފޯރުކޮށްދެމުންދަނީ އެޕްރޮޖެކްޓްގެ ފަރާތުން ލިބޭ އެހީތެރިކަމާއެކު ކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަށް ފެށުނު ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ނާދްޔާ ދަނީ ފަލަސްތީނުގެ އަންހެނުންނަށް އޭނާގެ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން ވިޔަފާރިގެ މާކެޓަށް އަންހެނުން ނެރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ތަމްރީން ޕްރޮގްރާމްގައި ބައިވެރިގެން އުޅޭ 4 ކުދިންގެ މަންމައެއް ގާދާ ހޭނާ ބުނީ ފެހުމަކީ ހަމައެކަނި ވިޔަފާރިއަށް ކުރާ ކަމެއް ނޫން ކަމަށާއި، ފެޝަންއާއި ޑިޒައިން ދަސްކުރުމަކީ އާއްމު ދިރިއުޅުމުގައި މުހިންމު ކަމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ މީހުން ބުނާ ގޮތުގައި މިއީ ކޮވިޑްގެ އުނދަގޫ ހާލަތުގައި ރައްކާތެރިކަމުގެ އައްސޭރިއަކަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އެއީ އަމިއްލަ މަސައްކަތުން ފައިސާ ހޯދާނެ ގޮތްތައް މަގުފަހިވެގެންދާތީއެވެ.

ފަލަސްތީން

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު