Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތަކުގެ އަގުތައް

ސަރުކާރުން ގޮތެއް ކަނޑަނޭޅިޔަސް އަގުތައް މެންދުރު އެކެއްގެ ފަހުން ބޮޑުވާނެ: ޓެކްސީ ޑްރައިވަރުން

10 މާރިޗު 2022 | ބުރާސްފަތި 07:22

އެއްވެސް ފުލުހަކު ޑްރައިވަރަކާމެދު ޤާނޫނާއި ޚިލާފަށް އަމަލުކޮށްފިނަމަ އެ ފުލުހުންގެ މައްސަލަ ވަކި ވަކިން ނެޝެނަލް އިންޓަރގްރެޓީ ކޮމިޝަނަށް ހުށަހަޅާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މާރިޗު 2022 | ބުރާސްފަތި 07:22
ސިނަމާލެ ބްރިޖްމަތިން ވެހިކަލްތަކެއް ދަތުރުކުރާ މަންޒަރު

ސިނަމާލެ ބްރިޖްމަތިން ވެހިކަލްތަކެއް ދަތުރުކުރާ މަންޒަރު

ސަރުކާރުން ގޮތެއް ކަނޑަނޭޅިޔަސް މިއަދު މެންދުރު އެކެއްގެ ފަހުން އަގުތައް ބޮޑުވެގެންދާނެ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމެން ބައެއް ޓެކްސީ ޑްރައިވަރުން ބުނީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ކުރިން ނިންމާފައިވާ ގޮތަށް ބޮޑުވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނަގާނެ ކަމަށެވެ.

އަދި ސެންޓަރުތަކުގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ކުރިއަށްދާނެ ކަމަށާއި އެބައްދަލުވުމުން މިކަމާއި ގުޅިގެން އިހުތިޖާޖު ކުރަން ނިންމާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މި އަގުތައް ނަގަމުންދާއިރު ނުވަތަ އިހުތިޖާޖު ކުރަމުންދާއިރު އެއްވެސް ފުލުހަކު ޑްރައިވަރަކާމެދު ޤާނޫނާއި ޚިލާފަށް އަމަލުކޮށްފިނަމަ އެ ފުލުހުންގެ މައްސަލަ ވަކިވަކިން ނެޝެނަލް އިންޓަރގްރެޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޑްރައިވަރުން ވަނީ ބުނެފައެވެ.

އިހުތިޖާޖު ކުރިއަށްދާނަމަ ފަށާނީ ހުޅުމާލެ ރުއްގަނޑު ދެއަކުން ކަމަށް ވެސް އެމީހުން ބުންޏެވެ. މި އިހުތިޖާޖަކީ ގެއްލިފައިވާ ބައިވަރު ޑްރައިވަރުން ހައްޤުތައް ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އެ ހައްޤުތައް ލިބިގެންދެން އިހުތިޖާޖު ފަށައިފިނަމަ، ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

ސެންޓަރުތަކުގެ އިސްވެރިން ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލުކޮށްފައިވާއިރު އަގުތަކާއި ގުޅިގެން އޮތް ހައްލަކީ މީޓަރު ހަރުކުރުން ކަމަށް ގިނަ ސެންޓަރުންތަކުގެ އިސްވެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މީޓަރު ހަރުކުރެވެންދެން ވެސް އަގުތަށް ބޮޑުކުރުމަށް ވަނީ ޑިމާންކޮށްފައެވެ.

ޓެކްސީ ޑްރައިވަރުން މިހެން ބުނެފައިވާއިރު ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކެއް ޓެކްސީތަކުން ނަގާނަމަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ ޓެކްސީ ޚިދުމަތްތަކަށް ނެގޭ އަގުތައް ބަޔާންކޮށް، އެއަގުތަކުގެ އިތުރަށް ކަސްޓަމަރުންގެ އަތުންނާއި ޓެކްސީތަކަށް އަރުވާ ދާގީނާއަށް އަގު ނެގުން ފަދަ ކަންކަމަކީ މަނާ ކަމެއްކަމަށް ހަނދާންކޮށްދީފައެވެ. އަދި އިތުރަށް އަގު ނަގާނަމަ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އެޅޭނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވެސް ބުނެފައިވަނީ މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓެކްސީ ޚިދުމަތް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
14 އެޕްރީލު 2025

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް
28 ފެބުރުއަރީ 2025

ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް

28 ފެބުރުއަރީ 2025
ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް
02 ފެބުރުއަރީ 2025

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

02 ފެބުރުއަރީ 2025
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
17 ޑިސެމްބަރު 2024

މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ

17 ޑިސެމްބަރު 2024
މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ
17 ޑިސެމްބަރު 2024

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

17 ޑިސެމްބަރު 2024
ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި
14 ޑިސެމްބަރު 2024

ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ

14 ޑިސެމްބަރު 2024
ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް