Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް

ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމުމަށް މިދަނީ މަސައްކަތް ކުރަމުން: ޝާހު

ކުރީ ސަރުކާރުން އެމަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހުނު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 08:53
ޅ.ނައިފަރު

ޅ.ނައިފަރު

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ގާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭ ގޮތުން ރާއްޖެޓީވީގައި ވާހަދައްކަވަމުން ޝާހު ވިދާޅުވީ ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި، ކުރީ ސަރުކާރުން އެމަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހުނު ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ މި މާޗް މަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މި މަޝްރޫއު ނިންމުމަށް މާބޮޑަށް ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ލަސްވުމުގައި ވެސް ގިނަ ސަބަބުތަކެއްވާކަން ޝާހު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލާއި ބައެއް ގޭބިސީތަކާއި ހިޔާލު ތަފާތުވުމާއި، ޓެސްޓިންގގެ މަރުހަލާ ކުރިއަށްދާއިރު ލީކްވުމުގެ ގިނަ މައްސަލަތައް ފާހަގާވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ނައިފަރުގެ މަގުތައް ހަނިވެފައި، ބައިވަރު ހޮޅިތަކާއި ކޭބަލްތައް މަގުތަކުގައި އޮންނަ ކަމަށެވެ. އެހެންވުމުން، މަގު ކޮނުމުގައި ބައެއް ފަހަރު ދަތިވާކަމަށެވެ. މިހެން ދިމާވުމުން، މަގު ކޮނުމުގެ ފަކީރާ ނުވަތަ އުދެލި ބޭނުން ނުކުރެވޭ ފަހަރުވެސް އަންނަ ކަމަށާއި، އަތުން މަގު ކޮންނަން ޖެހޭ ފަހަރުވެސް އަންނަ ކަމަށެވެ. މި މަސައްކަތަށް 19 މީހުން އެސައިންކޮށް ދެ ޓީމަކަށް ބަހައިގެން މަސައްކަތްކުރާއިރުވެސް، ދުވާލަކު ދެ މީޓަރުވެސް ނޭޅޭ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް މީގެ ކުރިން އިންޑިއާ ކުންފުންޏަކުން ކޮށްފައިވާކަމަށެވެ. އެކުންފުނިން މި މަސައްކަތްކޮށްފައިވަނީ ބޮޑެތި މަގުތަކުގައި އެކަނިކަމަށް ލިޔެކިޔުންތަކުން ފެންނަން އެބައޮތް ކަމަށާއި، އަދި އުނދަގޫ މަގުތައް ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް، އެކުންފުނިން މި ނެޓްވޯކް އަޅައި، މަސައްކަތް ނިންމިކަމަށް ސޮއިކޮށްފައިވާ މަގުތަކަށް ބަލާއިރު، އެ މަސައްކަތް އެގޮތަށް ނުކުރެވި ހުރިކަން ފާހަގަކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ ފެންހޮޅީގެ މައި ނެޓްވޯކްގެ ނުނިމިހުރި 3 ކިލޯ މީޓަރުގެ ފެންހޮޅި އެޅުމާއި އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުގެ ނުނިމިހުރި މަސައްކަތްތަކާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވާއިރު، މިމަޝްރޫއުގެ ދަށުން އެރަށުގެ ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެމްޑަބްލިޔުއެސްސީ ނައިފަރުޅ. ނައިފަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

28 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު