Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އިންޓަ އާއި މިލާންގެ ކުރިމަތިލުން އެއްވަރު

އިންޓަ އާއި އޭސީމިލާންގެ ކުރިމަތިލުން އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 މާރިޗު 2022 | ބުދަ 14:31
އިޓާލިއަން ކަޕުގެ ސެމީގައި އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ކަޕުގެ ސެމީގައި އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޭސީ މިލާން އާއި އިންޓަ މިލާނުން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އޭސީ މިލާންގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށުމުގެ ކުރިން ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދި މިލާންގެ ދެ ކުލަބުން އެކުގައި ޝުއޫރުފާޅުކޮށްފައިވެއެވެ.

މި މެޗު ފަށައިގެން އޭސީ މިލާނަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަލެކްސިސް ސަލަމާކާއަށެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޯވިޗް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން އެސީ މިލާންގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް އޭސީމިލާނުން އިންޓަގެ ގޯލަށް ނުރައްކާކުރިއިރު، އެ ޓީމުގެ ފޯޗުގަލް ފޯވާޑް ރަފައެލް ލެއާއޯ އޭރިއާ ރޮނގުކައިރިން ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ހަންޑަނޯވިޗް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން އިންޓަގެ ޑެންޒެލް ޑަމްފްރީސް ގޯލު ކުރިމައްޗަށް ނެގި ނުރައްކާތެރި ހުރަސް އިންޓަގެ ކުޅުންތެރިންނަށް ލިބުމުގެ ކުރިން މިލާނުގެ ކަލޫލޫ ވަނީ ދިފާއުކޮށްފައެވެ.

އިޓާލިއަން ކަޕުގެ ދެވަނަ ސެމީގައި ބުދަ ދުވަހު ކުޅޭނީ ޔުވެންޓަސް އާއި ފިއޮރެންޓީނާއެވެ.

އިޓާލިއަން ކަޕް

އިތުރަށް ކިޔާލަން

15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
05 ފެބުރުއަރީ 2025

އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
16 މެއި 2024

އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

16 މެއި 2024
އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
24 އެޕްރީލު 2024

ލާޒިއޯގެ މައްޗަށް ކުރި ހޯދައި، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް

24 އެޕްރީލު 2024
ލާޒިއޯގެ މައްޗަށް ކުރި ހޯދައި، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް
02 އެޕްރީލު 2024

ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ލާޒިއޯ ބަލިކޮށްފި

02 އެޕްރީލު 2024
ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ލާޒިއޯ ބަލިކޮށްފި
25 މެއި 2023

އިޓާލިއަން ކަޕް ދިފާއުކޮށް، އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފި

25 މެއި 2023
އިޓާލިއަން ކަޕް ދިފާއުކޮށް، އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފި
05 އެޕްރީލު 2023

އިންޓަ ސަލާމަތްކޮށްދިން ނަމަވެސް ލުކާކޫ އަށް ރަތެއް

05 އެޕްރީލު 2023
އިންޓަ ސަލާމަތްކޮށްދިން ނަމަވެސް ލުކާކޫ އަށް ރަތެއް
12 ޖެނުއަރީ 2023

އިތުރު ވަގުތުގައި ޓޮރިނޯ އަތުން ބަލިވެ، އޭސީ މިލާން ކަޓައިފި

12 ޖެނުއަރީ 2023
އިތުރު ވަގުތުގައި ޓޮރިނޯ އަތުން ބަލިވެ، އޭސީ މިލާން ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު