Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

މިއީ ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބު ކުރީ 14 ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2024 | ބުރާސްފަތި 06:48
ޔުވެންޓަސް އިން އިޓާލިއަން ކަޕްގެ ތަށި އުފުލާލަނީ

ޔުވެންޓަސް އިން އިޓާލިއަން ކަޕްގެ ތަށި އުފުލާލަނީ

އިޓާލިއަން ކަޕްގެ ފައިނަލްގައި އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު ފައިނަލް މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޔުވެންޓަސް އިން ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެންޑްރިއާ ކަމްބިއާސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދިނީ ޑޫސަން ވްލަހޮވިޗް އެވެ. މިއީ ސާބިއާގެ ފޯވާޑް މި ސީޒަންގައި ޔުވެންޓަސް އަށް ޖަހައިދިން 18 ވަނަ ލަނޑެވެ. މެޗުގެ ދެ ވަނަ ހާފުގައި ވްލަހޮވިޗް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މިއީ ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބު ކުރީ 14 ވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ ޔުވެންޓަސް އަށް އިރުޝާދު ދެމުން އަންނަ މާސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކާމިޔާބު ކުރި 12 ވަނަ ތައްޓެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގު ފަސް ފަހަރު، އިޓާލިއަން ކަޕް ފަސް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އިޓާލިއަން ކަޕްޔުވެންޓަސް

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
05 ފެބުރުއަރީ 2025

އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު