Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމަށް ކުރާ ނެދެވޭ އަސަރު

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އިންސާނުންނާއި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެ

ކުދި ޖަޒީރާ ގައުމުތައް ހިމެނެނީ ޖައްވަށް ދޫކުރާ ވިހަގޭސް އެންމެ މަދުން ބޭރުކުރާ ގައުމުތަކުގެ ތެރޭގައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2022 | އަންގާރަ 18:12
ސުނާމީ ބިނާ ސަރަހައްދު

ސުނާމީ ބިނާ ސަރަހައްދު

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އިންސާނުންނަށާއި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެ ކަމަށް އދ.ގެ އިންޓަރ ގަވަރންމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖްގެ ހަވަނަ އެސެސްމަންޓް ރިޕޯޓުގައި ބުނެފިއެވެ.

އަންގާރަ ދުވަހު އދ.ގެ އިންޓަރ ގަވަރންމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ވަނީ، އެޕެނަލްގެ ހަވަނަ އެސެސްމަންޓް ރިޕޯޓް ރަސްމީކޮށް ނެރެފައެވެ. އެގޮތުން މިރިޕޯޓުގައި، މިހާތަނަށް ކުރިން ޝާއިއު ކުރެވިފައިވާ ހޯދުންތަކާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އަދި މިކަމުގެ ސަބަބުން އިންސާނުންނަށާއި އަދި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެކަމަށް އެސެސްމަންޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިރިޕޯޓުން އިތުރަށް ހާމަވާ ގޮތުގައި އިންސާނީ ޖަމާއަތްތަކާއި އަދި ގުދުރަތީ ނިޒާމުތަކުގެ ތެރެއިން ވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން ކުޑަ ފަރާތްތަކަށް، މިކަމުގެ ނުރައްކަލާއި ކުރިމަތިވެ ގެއްލުންލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

Advertisement - newsAdvertisement

މިފަހަރުގެ ރިޕޯޓުން ފާހަގަވާގޮތުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އޮތް ފުރުސަތު ދަނީ ހަނިވަމުންނެވެ. އެއީ ދުނިޔެ ހޫނުވުން މެދުނުކެނޑި ކުރިޔަށްގޮސް، ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އިން މައްޗަށް ޖެހުމުގެ ފުރުސަތު ފަހިވަމުން އަންނާތީއެވެ. އަދި ހޫނުމިން މަތިވެއްޖެނަމަ، ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުން އަރައިގަތުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިރިޕޯޓުގައި، ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައް ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ތޫފާނުތަކުގެ ބާރުގަދަވެ އިތުރުވުމުން ލިބޭނެ ގެއްލުންތަކާއި، ވާރޭ ވެހޭގޮތަށް އަތުވެދާނެ ބަދަލުތަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކަށް ލިބޭނެ ގެއްލުމާއި ގާ ހުދުވުމާއި، ފެން ބޮޑުވުމާއި، ކާބޯތަކެއްޗާއި ފެނުގެ ޔަގީންކަން ކަށަވަރު ކުރުމަށް ހުރި ގިނަ ގޮންޖެހުންތައް ހިމެނެއެވެ. އަދި ކުދި ޖަޒީރާ ގައުމުތައް ހިމެނެނީ ޖައްވަށް ދޫކުރާ ވިހަގޭސް އެންމެ މަދުން ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ކަމަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވަނީ މިފަދަ ގައުމުތައް ކަަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިރިޕޯޓާއި ގުޅޭގޮތުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލު ހޯދުމަށް ދުނިޔެ ދަނީ ފެއިލްވަމުން ކަމަށެވެ. މީގެ ސަބަބުން އިއާދަ ނުކުރެވޭ ގެއްލުންތަކާއި ކުރިމަތިލާ ހިސާބަށް ގޮސްދާނެ ކަމަށާއި، މިކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހޭނީ ރާއްޖެފަދަ ނާޒުކު ގައުމުތަކަށް އެކަނި ނޫން ކަމަށެވެ. އަދި ހުރިހާ އެންމެނަށް ވެސް މި ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރިޕޯޓާއި ގުޅިގެން، މިނިސްޓަރ ވަނީ އެންމެ ނާޒުކު ގައުމުތަކަށް އެހީތެރިވުމަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވެސް ގޮވާލައްވާފައެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ގެއްލުންތަކާއި ކުރިމަތިލަމުން އަންނަ އަދި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށެވެ.

މިރިޕޯޓުގެ އަލީގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ ޕްރޮގްރާމްތަކާއި، ފެންބޮޑުވުން ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ފެނާއި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ގޮތުގައި އިގްތިސާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ހިމާޔަތް ކުރުމާއި، ދިރޭތަކޭތީގެ ނަސުލުތައް ހިމާޔަތް ކުރުމާއި، މާހައުލީ ނިޒާމްތައް ރައްކާތެރިކުރުމާއި، މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކޮށް ކުލައިމެޓް ޕްރޫފުކުރުމާއި އަދި ސިއްހީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރެވި، މޫސުމަށް އަންނަ ބަދަލުތަކަށް ފަހި އިގްތިސާދެއް ބިނާ ކުރުމަށް މަސައްކުރެވިގެން ދާނެއެވެ.

މޫސުންމިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު