Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫތު މިނިސްޓަރު މަހުލޫފުގެ މައްސަލަ

މަހުލޫފުއަށް ކުރި ދައުވާ ބާތިލުކޮށްފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2022 | އަންގާރަ 09:43
މަހްލޫފް ކޯޓަށް ވަދެވަޑައިގަންނަވަނީ

މަހްލޫފް ކޯޓަށް ވަދެވަޑައިގަންނަވަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އުފުލާފައިވާ ދައުވާ ބާތިލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ 10 ފެބްރުއަރީ 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ ސާފުކޮށް، ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ. މަހުލޫފު ދައުވާއަށް އިންކާރު ކުރެއްވުމާއި ގުޅިގެން ދެފަރާތުގެވެސް އެދުމުގެ މަތިން ހެކި ހާމަކުރުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދައުލަތުން ޝަފަހީ 6 ހެއްކަކާއި ކިތާބީ 24 ހެއްކެއް ވަނީ ހުށައަޅާފައެވެ. އަދި ދިފާއުން ޝަފަހީ 1 ހެއްކަކާއި، ކިތާބީ 4 ހެއްކެއް ވަނީ ހުށައަޅާފައެވެ.

ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި އެސްއޯއެފްގެ ރިސިޓަކާއި ގުޅިގެން ހުށައަޅާފައިވާ ސްރީލަންކާގެ ރައްޔިތަކާއި، މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފުލުސް އޮފިސަރަކާއި، އެ ރިޕޯޓު އެނަލައިޒް ކުރި ބޭރުގެ ފަރާތަކާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ), އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ހިމެނެއެވެ.

ދިފާއުން ޝަފަހީ ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ މަހުލޫފުގެ އާއިލާ މެމްބަރެއްކަމަށްވާ އަލީ މުބީނެވެ.

އެ ދުވަހު ދެފަރާތުން ހެކި ހާމަކުރުމަށްފަހު ތަފްސީލީ ގޮތެއްގައި ހެއްކާއި ގުޅޭގޮތުން ވާހަކަދައްކާފަައިވެސް ވެއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައި ދައުވާ ބާތިލު ކުރައްވާފައެވެ.

ޝަރީއަތުން ފާހަގަކުރި ކަންކަން:

1- އަދީބުގެ ބަޔާނުގައި އަޙްމަދު މަހުލޫފްއަށް ރިޝްވަތު ދިންކަމަށް ބުނެފައިވާކަން

2- އަދީބުގެ ބަޔާނުގައި ރިޝްވަތު ދިންކަމަށް ބުނަނީ މުޙައްމަދު އައްލާމް ލަތީފްއާ ޙަވާލާދީ މުޙައްމަދު ޢައްލާމް ލަޠީފް ބުނި ބުނުމެއްގެ މައްޗަށްކަން.

3- މުޙައްމަދު ޢައްލާމް ލަޠީފް މެދުވެރިކޮށް އެއްވެސް ފައިސާއެއް އަދި ޗެކެއްވިޔަސް އަޙްމަދު މަހުލޫފްއަށް ދީފައިވާކަމަށާއި އަދީބު ބުނާ ބުނުމަށް މުޙައްމަދު ޢައްލާމް ލަޠީފް އިންކާރުކޮށް އެކަން ދޮގުކޮށްފައިވާކަން.

4- އަދީބު ރިޝްވަތު ދިނުމަށް ފައިސާ ހަމަޖެއްސީ މުޙައްމަދު ޢައްލާމް ލަޠީފްކަމަށް ބުނި ނަމަވެސް، ފައިސާ ދައުރުކުރިގޮތާއި އެމުޢާމަލާތު ހިނގި ގޮތުގެ އެއްވެސް ތަފްޞީލެއް އަދީބު ކިޔައިދީފައި ނުވާކަން.

5- އަދީބުއަކީ ލާބައެއް ލިބިދާނެކަމުގެ އުންމީދެއްނެތި އަދި ގެއްލުމެއް ލިބިދާނެކަމުގެ ބިރެއްނެތި މި މައްސަލާގައި ހެކިބަސް ދޭން ހުރި މީހެއްކަމަށް ބެލެވެން ނެތްކަން.

6- ބާރުލިބިދޭ ހަރުދަނާ އިތުރު ހެކިޤަރީނާ ނެތި އަދީބުގެ ހެކިބަހަށް އެއްވެސް ބުރަދަނެއް ދެވެން ނެތް އިރު، އެފަދަ އިތުރު ހެކިޤަރީނާއެއް ނެތްކަން.

7- އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށް ޝަރުތުކޮށް ވޯޓު ދިނުމުގެ ކުރިން އަޙްމަދު މަހުލޫފްއަށް ފައިސާ ދިންކަމަށް ބުނި ނަމަވެސް، އަދީބުއާއި އަޙްމަދު މަހުލޫފްއާ މެސެޖް ބަދަލުކޮށްފައިވަނީ އަދި ކަމަކަށް އެދިފައިވަނީ އެސްއީޒެޑް ބިލަށް ވޯޓު ނަގައި ނިމުނު ފަހުންކަން.

8- މި ދަޢުވާގައި ބުނާ ތެއްތިރީސްހާސް އެމެރިކާ ޑޮލަރުގެ ޗެކު ލިބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައިކަން، މި ވާޤީޢާ ވުޖޫދުވެފައި އޮތްކަމަށް ބުރަވެވޭފަދަ ހެކިތަކެއް ހުށަހެޅިފައި ނެތްކަން.

9- މި މައްސަލައިގެ ޝަރީޢަތެއްކޮށް ހެކީންގެ ހެކިބަސް ނެގިކަމުގައި ވިނަމަވެސް، އަދީބު، އެސްއޯއެފްގެ ޗެކު ބޭނުންކޮށްގެން ރިޝްވަތު ދިނުމުން، އަޙްމަދު މަހުލޫފް ރިޝްވަތު ހިފީކަން ސާބިތުކޮށްދެވިދާނެ ފުރުޞަތު އޮތް ހެކިތަކެއް ކަމަށް ބެލެވޭނެ ހެކިތަކެއް ހުށަހެޅިފައި ނެތްކަން.

10- މައްސަލައިގެ ތަހުޤީޤްކޮށްފައިވަނީ ހެކި ހޯދުމަށްވުރެ ބޮޑަށް ދިފާޢީ ހެކި ނަފީކުރުމަށް އިސްކަން ދީގެންކަން.

އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާ ކޮށްފައިވާ ފައިސާ ކަމަށް, އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޓްވީޓަކާއެކު ނެރުއްވި ބަޔާނެއްގައި މަހުލޫފު ވިދާޅުވީ, އެމުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

"ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރިއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް މަހުލޫފުގެ ފަރާތުން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ސައްހަ, ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބިފައިވާ ފައިސާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު