Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިގެން ގައުމުތަކާއި އެކު މަސައްކަތް ކުރުން

ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީ ހުރިހާ ޤައުމުތަކާ ގުޅިގެން ޞުލްޙަވެރިކަމާއި އަމާންކަމާއި އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުން - މިނިސްޓަރ މާރިޔާ

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2022 | ހޯމަ 13:59
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެރީން ކޯރ އިން މުޅިން އަލަށް އެކުލަވާލައި، ހިންގި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯސް ނިންމުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ދިވެހިންގެ ގޮތަކީ، އަބަދުވެސް، އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލާ، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުން ކަމަށެވެ. މިވީހާ ތަނަށްވެސް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް، ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މިއީ ކަމަށެވެ. އަދި ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީވެސް މިއީ ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ދިފާޢީ ސިޔާސަތުގެ އަޞްލަކީވެސް މިއީ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފްއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާ، ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯއްދަވާދެއްވާ، ސިފައިންނަށް ބޭނުންވާ ކަންކަން ވީހާވެސް ރަނގަޅަށް ކޮށްދެއްވަން ކުރައްވާ މަސައްކަތްޕުޅަށްޓަކައި، މިނިސްޓަރ މާރިޔާ ވަނީ، އެންމެހާ ސިފައިންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ޤުރުބާނީއަކީ އެއްވެސް ތަރާދަކުން ކިރޭ ވަރަށްވުރެ މާ ބަރު، މާ އަގުބޮޑު ޤުރުބާނީއެއް ކަމާއި، އެބޭފުޅުންނަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ވަރަށް މުހިންމު ޙިއްސާއެއްކަމަށެވެ. މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ކޯސް ފުރިހަމަކުރި ސިފައިންގެ ކޮނޑުގައިވާ ޓެބާއި، މޭމަތީގައިވާ ބެޖާއި، ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ، އެމީހުންގެ ކޮނޑާއި، މެއާއި، ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން ކަމަށެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސީ.ޑީ.އެސް.އެސް އަދި މެރިން ކޯރގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ޖެނެރަލް އޮފިސަރުންނާއި، ހުރިހާ ރޭންކެއްގެ ސިފައިންނާއި، މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯހުގެ މުދައްރިބުންނާއި ޓްރެއިނަރުންނާއި ކޯސް ފުރިހަމަކުރި އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސް.އޯ.ޖީ) އަކީ، ސިފައިންގެ ހިންގުމުގެ އޮނިގަނޑަށް ގެންނަމުންދާ އިޞްލާޙީ ހެޔޮ ބަދަލުތަކުގެ ތެރެއިން، ކޮމްބެޓިންގ ޓެރަރިޒަމް އަދި ޑައިރެކްޓް އެކްޝަން އޮޕަރޭޝަންތަކަށް މެރިންކޯރގެ ދަށުން އުފައްދާފައިވާ ޚާއްޞަ ފައުޖެކެވެ. އެސް.އޯ.ޖީން މަސައްކަތްކުރަމުންދާނީ ސްޕެޝަލް ފޯރސަސްއާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު