Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫކްރެއިންގައި ތިބި ދަރިވަރުން ގެނައުން

ހަންގޭރީއަށް ގެންދެވުނު 15 ދިވެހިން މާލެ އައުމަށް އާދިއްތަ ދުވަހު ދަތުރު ފަށާނެ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފި

50 ދަރިވަރުން ޔޫކްރެއިންގައި ކިޔަވަމުން ދިޔަ ކަމުގެ މައުލޫމާތު ލިބުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2022 | އާދީއްތަ 08:44
ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމެއިދް

ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމެއިދް

ހަންގޭރީގެ ބޯޑަރ ހުރަސްކޮށް އެގައުމުގެ ބުޑަޕެސްޓަށް ގެންދެވުނު 15 ދިވެހިން އާދިއްތަ ދުވަހުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމެއިދް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންސިއުލަރ ޑިޕާޓްމަންޓުގެ ހިންގެވުމާއި ވެސް ހަވާލުވެވަޑައިގެން ހުނެންވި ހުމެއިދް ވިދާޅުވީ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން ޔޫކްރެއިން އާއި ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ތިބުމަށްފަހު ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ގޮސްފައިވާ ކަމަށެވެ. އަދި އެތަނުން ފުރައިގެން މިއަދު މާލެ އަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

50 ދަރިވަރުން ޔޫކްރެއިންގައި ކިޔަވަމުން ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އޭގެ ތެރެއިން ޚަރްކީވްގައި 35 ދަރިވަރުން ކިޔަވަމުންދިޔަ ކަމަށް ހުމެއިދް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އިވަނޯ-ފްރެންކިވްސްކްގައި 15 ދަރިވަރުން ތިބި ކަމަށާއި ނިޕްރޯގައި އެއް ދަރިވަރަކު ކިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ހުމައިދު ވިދާޅުވިއެވެ. 

ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް އެއްކޮޅު ޓިކެޓްގެ ޚަރަދު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޚާރްކީވްގައި ތިބި 4 ދަރިވަރުން ފެބްރުއަރީ 18 ގައި ރާއްޖެއަށް ދަތުރުކޮށްފައިވާއިރު 23 ފެބްރުއަރީގައި 25 ދަރިވަރުން ޔޫކްރެއިނުން ރާއްޖެ އައުމަށް ދަތުރުކޮށްފައިވާ ކަމަށް ހުމައިދު ވިދާޅުވިއެވެ.

ހުމައިދު އިތުރަށް ވިދާޅުވީ ޔޫކްރެއިންގައި ފަސް ކުދިން މަޑުކުރީ ވިސާގެ ބައެއް ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.

ހުމެއިދް ވިދާޅުވީ ރަޝިޔާ އިން ހަމަލާ ދޭން ފެށި ފަހުން ޚާރްކީވްގައި ދިރިއުޅެމުންދާ އާއިލާއެއްގެ އިތުރުން ކީވްގައި ދިވެހި ފިރިހެނަކު ޔޫކްރެއިން އަންހެނަކާއި ކައިވެނިކޮށްގެން ލިބިފައިވާ ދެ ކުދިންގެ ތިބިކަމަށެވެ. އެގޮތުން މިވަގުތު ޔޫކްރެއިންގައި ޖުމްލަ 12 ދިވެހިން އެބަތިބި ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ހުމެއިދް ވިދާޅުވީ އެ 12 ދިވެހިން ހަންގޭރީ ބޯޑަރާއި ހަމައަށް ގެންދިޔުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ހަމަލާތައް ސީރިއަސްވުމާއި ގުޅިގެން އެ ދިވެހިންނަށް ދަތުރުކުރުމަށް ހުރަސްތަކާއި ކުރިމަތިވެފައިވާތީ ކަމަށާއި ބޯޑަރަށް ދިޔުމަށް 16 ގަޑިއިރު ދަތުރު ކުރަން ޖެހޭތީ ކަމަށެވެ.

ރައްކާތެރި ގޮތުގައި އެ ދިވެހިންނަށް ބޯޑަރަށް ދެވޭނެ ގޮތް މެދުވެރިވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ހުމައިދު ވިދާޅުވިއެވެ. އަދި އެ 12 ދިވެހިން ތިބީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ކަމަށްވުމުން ދަރިވަރުންނާއި އާއިލާތައް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެންދިޔުމަށް ވަރަށް ގިނަ ހުރަސްތަކެއް ހުރިކަމަށާއި ޚާރްކީވްގައި ތިބި ދަރިވަރުން ގެނައުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަށްޗަކީ ހަމަލާ ބަދަލުކުރާ ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާފިއު ހިންގާފައިވުމާއި ކާފިއު ހިންގާފައިވާތީ ސަރަހައްދު ދޫކޮށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ ކަމަށްވެސް ހުމައިދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ހަންގޭރީ ބޯޑަރަށް އެ ދަރިވަރުން ގެންދިޔުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަންގޭރީ ސަރުކާރާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. މިއުވާން ވިދާޅުވީ މިނިސްޓްރީން އެ ކުދިންގެ ހާލު ކައިރިން ބަލަމުންދާ ކަމަށާއި ހުރިހާ ކުދިންގެ އާންމު ހާލަތު ވެސް ރަނގަޅު ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ބައެއް ދަރިވަރުންނަށް މިނިސްޓްރީން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު